މިސްކިތަށް ހަމަލާ ދިން ބްރެންޓަން ޓަރަންޓް، 28، މިއަދު ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:ރޮއިޓާސް
16 މާޗް 2019 - 11:49
ކްރައިސްޗާޗް (މާޗް 16) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހުކުރު ދުވަހުގެ ހުކުރު ވަގުތު ހަމަލާ ދިން އޮސްޓްރޭލިއާގެ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ބްރެންޓަން ޓަރަންޓް ވަނީ ހަމަލާގެ ކުރިން މުސްލިމުންނާ ދެކޮޅު މެނިފެސްޓޯއެއް ޓްވިޓާގައި އާއްމުކޮށްފަ އެވެ.
ކްރައިސްޗާޗުގެ ނޫރް މިސްކިތަށް ހަމަލާ ދެމުން ދިޔަ އިރު އޭނާ ދިޔައީ އެ މަންޒަރުތައް ފޭސްބުކުން ލައިވްކުރަމުންނެވެ. ބެލެވޭ ގޮތުގައި އޭނާ އެކަން ކުރީ ހަށިގަނޑުގައި ހަރުކޮށްފައިވާ ކެމެރާއަކުންނެވެ. ފޭސްބުކުން މިހާރު ވަނީ އެ ވީޑިއޯ ނަގައި އޭނާގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓް ރިމޫވްކޮށްފަ އެވެ. އަދި މީހުން ގަޔަށް ބަޑިޖަހާ އެ ވީޑިއޯ ޝެއާކުރުން ނިއު ޒީލެންޑް ސަރުކާރުން ވެސް ކުރިން އޮތީ މަނާކޮށްފަ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި މިސްކިތުގެ ބޭރުގައި ކާރު ޕާކްކުރުމަށް ފަހު ރައިފަލެއް ހިފައިގެން ކާރުން ފޭބުމަށް ފަހު ކާރުގެ ޑިކީން އިތުރު ހަތިޔާރު ނަގަ އެވެ. މިސްކިތުގެ ހަރިއްމަ ތެރެއަށް ވަނުމަށް ފަހު ފުރަތަމަ ފެނުނު މީހާ ގަޔަށް ވެސް ބަޑިޖަހަ އެވެ. މިސްކިތްތެރެއަށް ވަންނަމުން ދިޔައީ ވެސް ހަމަލާ ދެމުންނެވެ. ހަމަލާ އިން ސަލާމަތްވުމަށް މިސްކިތުން ނުކުމެގެން ދިޔަ މީހުންގެ ގަޔަށް ވެސް ވަޑި ޖެހި އެވެ. ހަމަލާ އަރައިގެން ވެއްޓިފައި ތިބި މީހުން ގަޔަށް ވެސް ބަޑި ޖެހި އެވެ.
މިސްކިތަށް ހަމަލާ ދިން ބްރަންޓަން ޓަރަންޓް. --ފޮޓޯ:އޭއެފްޕީ
ހަމަލާގެ ކުރިން މެނިފެސްޓޯ އާއްމުކުރި ޓްވިޓާ އެކައުންޓާއި ހަމަލާ ދިން މަންޒަރުތައް ސްޓްރީމްކުރި ފޭސްބުކް އެކައުންޓުގެ ޕްރޮފައިލް ފޮޓޯ އެއްގޮތެވެ. "ދަ ގްރޭޓް ރިޕްލޭސްމަންޓް"ގެ ނަމުގައި ޝާއިއުކޮށްފައިވާ 74 ސަފުހާގެ މެނިފެސްޓޯގައި އޭނާ ވަނީ މިސްކިތަށް ހަމަލާ ދޭން ރޭވި ސަބަބު ބުނެފަ އެވެ. އުމުރުން 28 އަހަރުގެ އެ މީހާގެ މެނިފެސްޓޯގައި ބުނެފައި ވަނީ ހަރުކަށި ވިސްނުމަށް އޭނާ ގޮސް މުސްލިމުންނަށް ހަމަލާ ދޭން ނިންމީ 2017 ވަނަ އަހަރު ޔޫރަޕަށް ކުރި ދަތުރުގައި ފާހަގަވި ކަންކަމަށް ފަހު ކަމަށެވެ. އޭގެ ތެރޭގައި ފްރާންސްގައި 2017 ވަނަ އަހަރު ބޭއްވި އިންތިޚާބުން ކަނާތު ފިޔައިގެ ލީޑަރު މެރީން ލެ ޕެން ބަލިވުމުން ހިމެނެ އެވެ. އަދި އިސްލީމް ސްޓޭޓް (އައިއެސް) އިން ސްވިޑަންގައި ދިން ލޮރީ ހަމަލާ ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ނޫރް މިސްކިތަށް ހަމަލާ ދޭން ނިންމީ ތިން މަސްކުރިންނެވެ. އޭނާ ވަނީ ލިންވުޑް މިސްކިތަށް ވެސް ހަމަލާދީ އަށް މީހުން މަރާލައިފަ އެވެ.
މެނިފެސްޓޯ ޝާއިއުކުރި ޓްވިޓާ އެކައުންޓް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ހަމަލާ ދިން މީހާ ނިއު ޒީލެންޑުގެ ކޯޓަށް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
17 March 2019
ތިހަމަލާގެ ފަހަތުގައި ސިޔާސީ އަދި ދީނީ މަންފާއެއް ހޯދުން ހިމެނޭ. ތިގޮތަށް ބަދަލު ހިފަން ޖެހިއްޖިއްޔާ އިސްލާމުން މާ އެޑްވާންސްވާނެ.
ޝޮކްތެރަޕީ
16 March 2019
އެއީ އެޖެންޑާ 19.
ންންންން
16 March 2019
ތީފަހަތައް ބިޑިއަޅުވަންޖެހޭމީހެއްނޫންތަ؟
އަލިއަމް
16 March 2019
ބަޑި ޖެހި މީހާ ނުކިޔަބަލަ ޓެރަރިސްޓް ކަލޭގެ ޢޭ ކިޔާބަލަ
ވާލުސޮރު
16 March 2019
މިއީ އަދުގެ ސަރުކާރުން ރަނގަޅު އިބުރަތަކާ ފިލާވަޅެއް ހާސިލް ކުރަންޖެހޭ ކަމެއް. މިރާއްޖޭގަވެސް ހެޔޮ އަގުގަ ގަނެވޭ ބަސްވިކޭ ޒާތުގެ މީހުންލައްވާ މުޖުތަމައު ފަސާދަކޮށް އެއްބަޔަކާ އަނެއްބަޔަކު ޖައްސަން ޚިޔާލީ ވާހަކަތަކާ ބުހުތާނު ދޮގުހަދައިގެން އެބައެއްގެ މަގުސަދު ހާސިލްވޭތޯ އުޅޭ މީސްކޮޅެއް އެބައުޅޭ. އެމީހުންގެ ނުރައްކާ ގައުމާ ސަރަހައްދާ ދުނިޔެއަށްވެސް ވަރަށް ބޮޑު.