ބުރޫނާއީގެ ސުލްތާން ހަސަނުލް ބުލްގިއާ ވެރިރަށް ބަންދަރް ސެރީ ބެގަވާންގައި އޮތ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
03 އެޕްރީލް 2019 - 19:43
ބަންދަރު ސަރީ ބަގަވާން (އެޕްރީލް 3) - މަރުގެ އަދަބާއި އަތްކެނޑުން ހިމަނައިގެން ބުރޫނާއީގައި އަލަށް އެކުލަވާލި ޝަރީއާ ގާނޫނަށް އަމަލު ކުރަން މިއަދު ފަށައިފި އެވެ.
އިސްލާމީ ޝަރީއަތުގެ ހުކުމްތައް ތަންފީޒް ކުރާނެކަން ބުރޫނާއީ އިން އިއުލާން ކުރުމާ އެކު އދ. އާއި އީޔޫ އަދި ސިޔާސީ ފަރާތްތަކުން ވަނީ އެ ގައުމަށް ފާޑު ކިޔަން ފަށައިފަ އެވެ. އަދި މަޝްހޫރު ސެލެބްރިޓީން ވަނީ ބުރޫނާއީގެ ހޮޓާތައް ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ.
ބުރޫނާއީގެ އާ ގާނޫނުލް އުގޫބާތަށް މިއަދު އަމަލް ކުރަން ފެށީ އެތައް އަހަރެއްގެ ފަސް ޖެހުމަކަށް ފަހު އެވެ. އާ ގާނޫނުލް އުގޫބާތުގައި ވަނީ ވައްކަން ކުރާ މީހުންގެ އަތާއި ފައި ކެނޑުމާއި ރޭޕް ކުރުމާއި ޒިނޭ ކުރާ މީހުންނާއި އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދިނުން ހިމަނައިފައިވެ އެވެ. މީގެ އިތުރުން ރަސޫލާ އަށް ފުރައްސާރަ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ވެސް އާ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވެ އެވެ. މުސްލިމް ނޫން މީހުންގެ މައްޗަށް ވެސް މި ގާނޫން ތަންފީޒް ކުރާނެ ކަމަށް ބުރޫނާއީ އިން ބުނެފައިވެ އެވެ.
އިސްލާމީ ޝަރީއަތުގެ ހުކުމްތައް ގާއިމްކުރާނެ ކަމަށް ބުރޫނާއީ އިން ބުނުމާ އެކު އދ. އިން ބުނެފައި ވަނީ އެއީ ވަރަށް "ލާއިންސާނީ" ކަމެއް ކަމަށެވެ. ޔޫރަޕިއަން ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބުރުނާއީ އިން ތަންފީޒް ކުރަން އުޅެނީ އަނިޔާވެރި އަދަބުތަކެއް ކަމަށެވެ. ފިލްމީ ބަތަލް ޖޯން ކްލޫނީ އާއި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ވަނީ ބުރޫނާއީގެ ހޮޓާތައް ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ.
ގައުމާ މުޚާތަބް ކުރައްވައި ބުރޫނާއީގެ ރަސްގެފާން ހަސަނުލް ބުލްގިޔާ ވަނީ އިސްލާމީ ތައުލީމް ގައުމުގައި ވީހާވެސް ބޮޑަށް ފުޅާ ކުރުމަށް ގޮވާލައްވައިފަ އެވެ. އާ ގާނޫނުލް އުގޫބާތު ހަދާކަން ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ ސުލްތާން އިއުލާން ކުރެއްވީ 2013 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން
04 April 2019
الله أكبر ބުރުނާއީގެ ރަސްގެފާނަށް އަދި ބުރުނާއީގެ އެންމެނަށް މަރުޙަބާ. އަދި ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި. އާމީން. 100% މުސްލިމު ގަވްމުންވެސް ބަލަންޖެހޭ ނަމޫނާއެއް މިއީ.
ފޫލްސް
04 April 2019
ތިކަން ރަގަޅަށް އިސްލާމް ދީނުގައި އޮތްގޮތަށް ތަންފީޒުވެގެންހިގައްޖެނަމަ، ބުރޫނާއީއަކީ ދުނިޔޭގައި އޮތް އެންމެ އަމާން، ކުށްމަދު ގައުމަށްވެގެންދާނެކަން ކަށަވަރު، އެހެނީ މާތްﷲ އިންސާނުން އުފެއްދެވީ، އެފަރާތުން ބާވާލެއްވި ޝަރީއަތްއެއީ އިންސާނުން ހަމަމަގުގައި ބޭތިއްބޭނޭ ހަމައެކަނި ގޮތް...
20000
04 April 2019
އިސްލާމީ ގައުމުތަކުން އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް މަސައްކަތް ކުރުމުން އެކަމާ އެމެރިކާ އިގިރޭސިން އަދި އިގިރޭސި ވާގި ވެރިން ފަދަ މީހުން އެލްކް އަހުމަދުމެން ފަދަ މީހުން ކަން ބޮޑު ވާނެ... އެކަމަކު އެމެރިކާއިން އިރާގަށް އަރާ ކުށެއްނެތް ކިތައް ފުރާނަ ދުއްވާލީ ޔަހޫދީން ކިތައް މުސްލިމުން އެއްވެސް ސަރީއަތަކާ ނުލަ މަރަނީ..... ގޯތި ގެދޮރުގައި އަލިފާން ޖަހަނީ....... އެކަމަކު އެއީ ލާއިންސާނީ އަމަލަކަށް ނުވޭ.
ޢާދަނު
04 April 2019
100% މުސްލިމުންކަމަށްދައުވާކުރާ މިގައުމުގަ މިކަންކޮށްލެވޭވަރުގެ ވެރިޔަކުނެތުމަކީ ހިތާމަމަ ހުރިކަމެތްކޮންމެމީހަކުވެސް ދީނޭ ގައުމޭ ކިޔައިގެން އަޑުއަރުވަނީ ކުރެވޭކަމެތްހަމަހަރާން
ސިސްޓަމް
04 April 2019
މިރާއްޖޭގައި ވެސް އިސްލާމީ ޝަރީޢަތް ޤާއިމުކޮށްފިނަމަ އެކަމަށް ނުރުހުން ވާނެ، ދިވެހި އުޅޭނެ. އެކަން ޓްވިޓާރގަ އުޅެ މީހުންނަށް އެނގޭނެ. ރާއްޖޭގައި އިސްލާމް ދީނަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޭރުމީހުންނެއް ނޫން. މިހާރު އެއީ ދިވެހިން .
ބަންދްރަ މެލޭ
04 April 2019
ށަބަހޭ. ތިޔައީ އިސްލާމީ ލީޑަރުނ ްބަލައިގަންނަވީ މިސާަލީ ލީޑަރުންނަކީ. މަރުޙަބާ. ސާބާސް ބުރޫނާއީގެ ރަސްގެފާނު. ﷲ މަނިކުފާނުންގެ ތިޔަ ހިތްވަރުފުޅަށް އިތުރު ހިތްވަރު ދެއްވާށި އާމީން
އެސް
04 April 2019
މަރުޙަބާ ، ބުރުނާއިގެ ރައްޔިތުންނަށް ،ރަސްގެފާނުގެ ހިތްވަރަށް ސާބަސް ،
ސުދާ
03 April 2019
އެކަމަކު އެމެރިކާގައި ދެވޭ މަރުގެ އަދަބަކީ މައްސަލައަކަށް ނުވޭ. ޢިޒުރޭލުން ކުޑަކުދިން ބަޑި ޖަހާ މަރާއިރު ބޮއިކަޓުކުރާނެ ބައެއް ނެތް.. މިއީ މި ޒަމާނުގެ އިންސާފު
މާއެނގޭ
03 April 2019
ވަރަށް އުފާވެރި ޚަބަރެއް........
މާސްޓަރ
03 April 2019
ހުޅަގުގެ ޑިމޮކަރަސީއަކަށްވުރެ ހެޔޮލަފާ ރަސްކަމެއް މާ ރަގަޅެވެ.
މުއިއްޒު
04 April 2019
މާބޮޑަސް