ދުނިޔެ / ޖަރުމަން

ރަހުމެއް ނެތް ނަރުސް، އެތައް ސަތޭކަ ބައެއްގެ ގާތިލް!

އެތައް ސަތޭކަ ބަލިމީހުން މަރާލާފައިވާ ކަމަށް ބެލެވޭ ފިރިހެން ނަރުސް، ހޯގެލް ކޯޓަށް ވަންނަނީ: ހަގީގަތް އެނގުމުން ޖަރުމަނަށް ލިބުނީ ޝޮކެއް

07 ޖޫން 2019 - 13:48

16 comments

އޭނާގެ ބެލުމުގެ ދަށުގައި ތިބި ބަލިމީހުން މަރުވަމުން ދިޔަ އިރު އެއްވެސް މީހަކަށް އޭގެ ހަގީގަތެއް ނޭނގެވެ. އެހާ ގިނަ ބަޔަކު، އެކެއްގެ ޑިއުޓީގައި މަރުވަމުން ދިއުމަކީ ނުރައްކަލުގެ ރަނގަބީލު އެޅެން ޖެހޭ ކަމެއް ނަމަވެސް، ޖަރުމަނުގެ އޮލްޑެންބާގުގައި ހުރި ހޮސްޕިޓަލުގެ ވެރިންގެ ސަމާލުކަމަށް އެކަން އައީ މާ ފަހުންނެވެ. އޭރު މަދުވެގެން 100 އަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ބެލެވެ އެވެ.

ފިރިހެން ނަރުހެއް ކަމަށްވާ ނިއެލްސް ހޯގެލްގެ މައްޗަށް އިއްޔެ ޖަރުމަނުގެ ކޯޓަކުން ވަނީ 85 މީހެއްގެ މަރުގެ ޒިންމާ އަޅުވައިފަ އެވެ. އެހާ އަނިޔާވެރި، ރަހުމަތް ކުޑަ ނަރުހެއް، ދުނިޔޭގެ ތާރީޚު މިހާތަނަށް ދައްކާފައެއް ނުވެ އެވެ. އެކަމަކު އެއް ބަޔަކު ބުނާ ގޮތުގައި ގަސްދުގައި އޭނާ މަރާލި ބަލިމީހުންގެ އަދަދު 300 އަށް އަރާނެ އެވެ.

އަސްލު އަދަދުގެ ހަގީގަތް ހޯދޭނެ ގޮތެއް ނެތެވެ. ބައެއް ބަލިމީހުން މަރުވުމާ އެކު، އެ މީހުންގެ ވަސިއްޔަތާ އެއްގޮތަށް، ނުވަތަ ގަބޫލުކުރަމުން އައި އުސޫލުތަކާ އެއްގޮތަށް، އެންދީ އެވެ. އެހެންކަމުން ހޯގެލް ދިން ބޭސްތަކުގެ އަސަރު ހޯދޭނެ ގޮތެއް ނެތެވެ. އޭނާގެ މައްޗަށް ދައުވާކުރީ ޖަރުމަނުގެ ފުލުހުން ތަހުގީގުގައި ކޮނެގެން ނަގައިގެން ޓެސްޓްތައް ހެދި މީހުންގެ މަރާ ބެހޭ ގޮތުންނެވެ.

ހޯގެލްގެ ރަހުމްކުޑަ އަމަލްތައް ހިންގަން ފެށީ، ބެލެވޭ ގޮތުގައި، 1999 އިން ފެށިގެންނެވެ. އެގޮތުން 2005 އާ ހަމައަށް، ޑޮކްޓަރުން ލިއެނުދޭ ބާރުގަދަ ބޭސްތައް ދީގެން އެތައް ސަތޭކަ ބަލިމީހުން މަރާލާފައި އޮވެދާނެ ކަމަށް ރަސްމީ ފަރާތްތަކުން ލަފާކުރެ އެވެ. އެކަމަކު ތަހުގީގުގައި ޖަރުމަނާއި ޕޮލެންޑާއި ތުރުކީ ފަދަ ގައުމުތަކުން ކޮނެގެން ނަގައިގެން ޓެސްޓްތައް ހެދޭވަރުވީ 130 މީހެއްގެ އެވެ.

މި ތަހުގީގަށް 10 އަހަރަށް ވުރެ ގިނަ ދުވަސް ނެގި އެވެ.

ހޯގެލް ވަނީ 43 މީހުން މަރާލި ކަމަށް އެއްބަސްވެފަ އެވެ. އަދި 52 މީހަކު އޭނާގެ އަތުން މަރުވެފައި ނުވާ ކަމަކަށް ދެކޮޅެއް ނުހަދަ އެވެ. ފަސް މީހަކު މަރާލި ކަމަށް ދެކޮޅު ހެދި އެވެ.

ޖަރުމަނު ކަހަލަ ގައުމެއްގެ ހޮސްޕިޓަލްގައި އެހާ ގިނަ ބަޔަކު އެއް ނަރުހަކު މަރަމުން ދިޔަ އިރު، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނައީ ކީއްވެގެންތޯ، ޖަރުމަނުގެ ރައްޔިތުން ވެސް ސުވާލުކުރެ އެވެ.

"ޖަރުމަނުގައި 300 މީހެއްގެ މަރުގެ ސިއްރު ކާޕެޓް ދަށުގައި 15 އަހަރު ވަންދެން އޮތް އިރު، ކޮން ކަމެއް ދެން ނުހިނގާނީ،" ހޯގެލްގެ އަނިޔާވެރިކަމުގެ ހިތާމަ ތަހައްމަލްކުރަމުން ދާ ކްރިސްޓިއަން މާބެޗު ބުންޏެވެ.

އޭނާގެ ކާފަ ވަނީ ހޯގެލް އަތުން މަރުވެފަ އެވެ.

ހޯގެލް އެންމެ ފުރަތަމަ މަސައްކަތްކުރި ހޮސްޕިޓަލް: ބައެއް ނަރުހުން އޭނާއާ މެދު ޝައްކު އުފެދުނަސް މައްސަލަ ބަލާފައެއް ނުވޭ

"ޖަރުމަނުގެ ރައްޔިތުން ދެން ކޮން ކަމަކަށް ބާ ތެދުވާނީ، ނުވަތަ ސަމާލުކަން ދޭނީ؟"

ހޯގެލްއާ އެކު މަސައްކަތްކުރި ނަރުހެއް ކަމަށްވާ ފްރޭންކް ލުޓާމަން ވަނީ ކެރިގެން ހެކިބަސް ދީފަ އެވެ. އޭނާ ސިފަކުރި ގޮތުގައި އެ ހުރިހާ ކަމެއް ސިއްރުވީ "އެއްވެސް ކަމެއް ނުފެންނަ ކަމަށް ހަދައިގެން، އިސް ޖަހައިގެން އުޅުމުގެ ސަގާފަތެއް" އޮތުމުންނެވެ.

ބަލިމީހުން މަރަންފެށީ ގިނައިން ދީފި ނަމަ ހިތް ހުއްޓޭ ފަދަ ބޭސް މީހުންނަށް ދީގެންނެވެ. އޭގެ ފަހުން އެ މީހުންނަށް ހާޓްއެޓޭކް ޖެހުމުން ބަލިމީހުން ސަލާމަތްކުރަން އެންމެ އަވަހަށް މަސައްކަތްކުރާ މީހަކަށް ވަނީ ހޯގެލް އެވެ. އެމީހުން ސަލާމަތްކުރަން އޭނާ ކުޅަދާނަކަމާ އެކު އުޅެގަނެ އެވެ. އެ ސަބަބާ ހެދި އޭނާ ބެލެވުނީ އެފަދަ ނުރައްކާތެރި އަދި ނާޒުކު ދަނޑިވަޅުތަކުގައި އެންމެ މޮޅަށް ކަންތައް ކުރާ ނަރުހުގެ ގޮތުގަ އެވެ.

ހޯގެލް ބޭނުންވީ ވެސް އޭނާއާ މެދު އެގޮތަށް ދެކޭށެވެ. އެގޮތަށް މަޝްހޫރުވާށެވެ.

ގަސްދުގައި ހޯގެލް މީހުން މަރަން ފެށީ އޯލްޑެން ބާގުގައި ހުރި ހޮސްޕިޓަލަކާއި 2000 ވަނަ އަހަރު އޭނާ ބަދަލުވި ޑެލްމެންހޯސްޓް ހޮސްޕިޓަލްގަ އެވެ. މީގެ ތެރެއިން ޑެލްމެންހޯސްޓް ހޮސްޕިޓަލްގައި އޭނާ މަސައްކަތްކުރި ތިން އަހަރުގެ ތެރޭގައި 411 މީހުން މަރުވެފައިވާ އިރު އޭގެ ތެރެއިން 321 މީހުން މަރުވީ އޭނާ ޑިއުޓީގައި ހުރި ނުވަތަ ޑިއުޓީ ނިންމާފައި ހަމަ ދިޔަތަކުންނެވެ. އެކަމަކު އޭގެ ތެރެއިން ހޯގެލް މަރާލީ ކިތައް މީހުން ކަމެއް، ރަސްމީ ފަރާތްތަކަށް ހޯދޭ ގޮތެއް ނުވެ އެވެ.

ކޯޓާ ހަމައަށް ގެނެވުނީ ހަށިގަނޑު ނަގައިގެން ޓެސްޓްކޮށް، ހޯގެލް ބޭނުންކުރި ބޭސްތަކުގެ އަސަރު ދެނެގަނެވުނު މީހުންގެ މައްސަލަތަކެވެ.

ހިތުގައި އެއްވެސް ކުލުނެއް ނެތް، ހަމައެކަނި އަމިއްލަ ނަފުސު

ސިކުނޑީގެ މައްސަލަތަކާ ބެހޭ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ކާލް ހެއިންޒް ބެއިން ވިދާޅުވި ގޮތުގައި ހޯގެލްއަކީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސު ދެކެ ލޯބިވި މީހެކެވެ. އެހެންކަމުން އޭނާގެ އަނިޔާވެރިކަމުގެ ހައްދުން ނެއްޓުމަކީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސުގެ ފައިދާއަށް ކުރި ކަމެއް ކަމަށް ބެއިން ދެކެވަޑައިގަނެ އެވެ.

ސިއްހީ ދާއިރާގައި އުޅޭ ބޮޑެތި ގާތިލުންގެ ކަންކަން ދިރާސާކުރަމުން ގެންދަވާ ބެއިން ވިދާޅުވި ގޮތުގައި އޭނާ އެންމެ ހައިރާންވީ އެތައް ބައެއްގެ މަރުގެ ޒިންމާ ނަގަން ޖެހޭ އިރު ވެސް ހޯގެލްގެ ހެކިބަހުގައި ދެރަވުމުގެ އެއްވެސް ކަހަލަ އަސަރެއް ނެތުމުންނެވެ.

ޑެލްމެންހޯސްޓް ހޮސްޕިޓަލްގައި މަސައްކަތްކުރި އިރު ހޯގެލް ދިރިއުޅުނު ގެ: އެހެން އެއްވެސް އިންސާނަކާ މެދު އޭނާގެ ހިތުގައި ހަމްދަރުދީއެއް ނެތް

ޝަރީއަތުގައި އޭނާ އާންމުކޮށް ބުނެފައި ވަނީ "އަހަރެން ހަނދާނެއް ނުވޭ، އެކަމަކު [މަރުތަކުގައި] އޮޅުވާލުމެއް ނެތެކޭ ނުބުނާނަން" ކަމަށެވެ. މަދު ފަހަރެއްގައި ބައެއް މަރުތަކުގެ ތަފްސީލު އޭނާ ދިނެވެ.

އޭނާގެ އަތުން މަރުވި މީހުންގެ އުމުރު އުޅެނީ 34 އަހަރާއި 96 އަހަރާ ދެމެދުގަ އެވެ. އޭނާއާ ދެކޮޅަށް އެންމެ ފަހުން އޮތް ޝަރީއަތުގައި ހޯގެލް ވަނީ، ބަލިމީހުންގެ މެޑިކަލް ރިކޯޑްތައް ކިޔައިދިން އިރު، "ތިމަންނަ ލަދުވެތިވަމޭ" ބުނެފަ އެވެ.

"އަހަރެން މައާފަށް އެދެން،" އޭނާ ބުންޏެވެ.

އެކަމަކު އެގޮތަށް އެދުމުން ވެސް އޭނާގެ ނިޔަތާ މެދު ގިނަ ސުވާލުުތަކެއް އުފެދުނެވެ.

އެހެން މީހުންގެ ކަންކަމާ ނުބެހުމުގެ ސަގާފަތެއް!

ޖަރުމަނުގައި މިހާ ނުބައި ކަމެއް، އެހާ ގިނަ ދުވަހަށް ދެމިގެން ދިޔައީ އެ ގައުމުގެ ސަގާފަތް އޮތް ގޮތުން ކަމަށް އެއް ބަޔަކު ދެކެ އެވެ. ހޯގެލްއާ މެދު އޭނާއާ އެކު މަސައްކަތްކުރި އެހެން ބައެއް ނަރުހުން ޝައްކު އުފެދުނަސް، ވެރިންނާ ހަމައަށް މައްސަލަ ގެންދަން ނުކެރުނީ، އެހެން މީހުންގެ ވާހަކަ ދެއްކުމަކީ ތިމާއާ ބެހޭ ކަމެއް ނޫން ކަމަށް ގަބޫލުކުރާތީ އެވެ.

އެއް ނަރުހަކު އޭނާގެ ހިތުގައި އޮތް ޝައްކުތައް ނަރުހުންގެ ވެރިޔަކާ ހިސާބަށް ގެންދިޔަ އެވެ. އެކަމަކު އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅުމުން، އެވާހަކަ އަލުން ދައްކަން ބޭނުންނުވީ އެވެ.

އިއްޔެ އޮތް ޝަރީއަތުގައި ހޯގެލްގެ މައްޗަށް 85 މީހެއްގެ މަރުގެ ދައުވާ ސާބިތުވިޔަސް، އޭނާގެ އަތުން މަރުވި ކަމަށް ބެލެވޭ އެކަމަކު ހެކި ލިބިފައި ނެތް މީހުންގެ އާއިލާތަކަށް ހިތްހަމަޖެހުމެއް ނެތެވެ. އޭގެތެރެއިން އެކަކީ މާރިޔާ ތުތާ އެވެ.

މީގެ ތިން އަހަރު ކުރިން ފުލުހުން އޭނާ ކައިރީ ބުނެފައި ވަނީ ހޯގެލްގެ އަތުން ފިރިމީހާ އަދުނާން މަރުވެފައި އޮވެދާނެ ކަމަށެވެ. އޭގެ ފަހުން މާރިޔާއަށް ކުރިމަތިވީ ޑިޕްރެޝަން އެވެ.

"މިކަން ވުމާ ހަމައަށް އަހަރެން ދުށީ ޑޮކްޓަރުންނަކީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ކުރާ ބައެއް ކަމަށް. އެ މީހުން އެ ތިބެނީ އެހެން މީހުންގެ އިތުބާރ ހޯދަން،" މާރިޔާ ބުންޏެވެ.

"އެކަމަކު މި ކޭހުން އެނގުނީ އެ މީހުން ހުރިހާ ކަމެއް ވެސް ދޫލައިގެ ދަށަށް ލައިގެން އުޅުނުކަން. އަހަރެން ބޭނުންވަނީ އިންސާފު ލިބެން."

16 ކޮމެންޓް, 167 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 81%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިޔަރެސް

11 June 2019

"ދަރިފުޅު ޖެހޭނެ ކިޔަވައިގެން މޮޅު މީހަކަށްވެގެން ވަޒީފާއަކަށް ގޮސް އަމިއްލަ ފުދުންތެރިކަން ހުރި މީހަކަށްވާން". މާނައަކީ ﷲ އާ ގުޅުމެއް ނެތި ތިމާގެ މޮޅު ކަމުން ރިޒްގް ހޯދުމުގެ ތިމާ ގެ ޖަޒްބާތު އެކަމުގަ އަވަދިނެތިކޮށްލާށެވެ. މިކަހަކަ ނަސޭހަތް ކުދިންނަށް ދިނީމަ އެމީހުން ކިބައިން އިންސާނީ ސިފަ ގެއްލި ފިރުއައުނުންނަށް ބަދަލުވޭ.

The name is already taken The name is available. Register?

ރީތި މޫސަ

08 June 2019

މުސްކުޅިން ބަލަންލާފަތިބޭމީހުން ވަރައްގިނަފަހަރު މީހުނަށްއަނިޔާކުރޭ އެފަދަމީހުން މީހުންމަރާނެ ޖަރުމަނުފަދަތަނެއްގަވެސް ނުބެލުނުދޯ ދެންއާދައިގެ ޤައުމަތުކުގަވާނީކިހިނެތް؟

The name is already taken The name is available. Register?

އައިމިނާ

08 June 2019

ޖަރުމަނުން ތިޔަކަހަލަގެ ކަންތައްނުހިގާނެކަމަށްބެލެވޭކަށްނެތް.އެމީހުންކައިރީ އިންސާނުންނަކީ އެއްވެސްބައެއްނޫން. އެމީހުންވިސްނަނީ އަމިއްލަމީހާޔަށް އެކަނި.ބޮލުންފެށިގެން ފައިގެ ބޮޑުވާއިނގިއްޔާހަމަޔަށް.

The name is already taken The name is available. Register?

ސުޖާ

08 June 2019

އެއީ ހޮސްޕިޓަލެއްގަ މަސަތްކަތް ކުރިމީހެއްނޫން މުސްކުޅިން ތިބޭތަނެއްގަ މަސައްކަތް ކުރިމީހެއް

The name is already taken The name is available. Register?

ސަންޕަ އަހަންމަދު

07 June 2019

ޖަރުމަނިގާވެސް ތިބާވަތުގެ މީހުން އުޅޭތަ؟

The name is already taken The name is available. Register?

ޒިލް

07 June 2019

ހުޅަނގުގެ މީޑިޔާތަކުން މިހަބަރު ވަރަށް ފެންކޮށް ކަވަަރު ކޮށްފައިވާކަން ފާހަގަވި. އެމީހުން ފޯރި އަރުވަނީ މުސްލިމުންގެ ކަންތަައްތަކުގައި އެކަނި.

The name is already taken The name is available. Register?

އާބަސް

07 June 2019

މޯދީގެ ވާހަކަގެނެސްދޭންވީނު

The name is already taken The name is available. Register?

ޑަންޑަން

07 June 2019

އައިޖީއެމްއެޗް ގެ އައިސީޔޫ ގައި މަސައްކަތް ކުރާ ނަރުހުން ގެ ނުބައި ވާހަކަ ވެސް މީހުން ދައްކާ..އެމީހުން ގެ ކަންތައް ހުރިގޮތެއް ވެސް ބަލަން ފެނޭ..

The name is already taken The name is available. Register?

ހަސަން ނުވަވަނަ

07 June 2019

ގުޖްރާތުގެ އެތައް މުސްލިމުންނެއް ދިރިތިއްބާ އަންދާލި އަދި މިއަދު ކަޝްމީރުގެ ރައްޔިތުނގް ލޯތައް ކޮންނަމުންދާ ރަހުމެއްނެތް މީހާގެ ވާހަކަ ގެނެސްދީބަލަ.

The name is already taken The name is available. Register?

ޑރ.އާއިޝަތު ޝަންކަރު/މާލެ

07 June 2019

ޕުރައިމިނިސްޓަރ ޑރ.މޯދީ އިސްލާމުން ނާއި މެދު ބަހައްޓަވާ ލޯއްބާއި އޯގާތެރިކަމަށް ޓަކައި އިންޑިއާ ކުއްޖެއްގެ ލޯބިވާ އަންހެނުންގެ ހެޔޮދުމާއި ތަހުނިޔާ ދިވެހި ޖައްވުން ގުގުމައި މިލެއްވީ.. މީދާ އަދި ހިކަނދިއާއި ކުރެފި ކަކުނި ކައިގެން މަގުމައްޗަށް ގަޠޯ ހާޖެއްކުރި މީހުނަކަށް ދެނެއް މިގައުމަކުން ފުރުސަތެއްނެތް އަދިވެސް މި މާލޭގެ ޖައްވުގައިވެސް އެނުބައިވަސް..އެކަންކުރިމީހާ ދެން އޮންނަންޖެހޭނީ އުމުރަށް ޖަލުގައި

The name is already taken The name is available. Register?

ހަސަން ނުވަވަނަ

07 June 2019

ކަލެއަށް ތިޔަވީ މިސްކިތު ހުޅުޖެހި މީހާއަށް ވީވަރުދޯ. އެހެން ނޫނަސް ދުނިޔޭގެ އެއްމެ ގިނައިން މަގުމައްޗަށް ތިޔަ ހާޖަތެއް ކުރަނީ ގެރިގުއޭމެން.

The name is already taken The name is available. Register?

އަދީބު

07 June 2019

ޔެސް. އަމިއްލަ ނަފުސު ދެކެ ލޯބިވުމަކީ ގޯހެއް. އިސްލާމް ދީނުގައި އެހެން ޖިންސެއްގެ މީހަކާ ކައިވެނި ކުރަން ބާރު އަޅާފައިވަނީ، ތިމާ ވަޒީފާއަށް ގޮސް، ފައިސާ ހޯދައިގެން، ލޯންޑްރީއަކުން އެއްޗިހި ދޮވެގެން، ރެސްޓޯރެންޓްތަކުން ކާލައިގެން އުޅުމަކީ ދިރިއުޅުމަކަށް ނުވާތީ. ދިރިއުޅެންވީ އަނެކާއާ އެކީ. އަނެކާއާ ގުޅެނީ، ތިމާ ބެލެހެއްޓުމަށް. ތިމާއަށް ގޯސްކޮށް ކުރެވޭ ކަންކަން ރަނގަޅުކޮށްދިނުމަށް. ތިމާގެ ބޭނުމަކަށް ވާނީ ވެސް، އަނެކާ ރަނގަޅަށް ބެލެހެއްޓުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454