ސައުދީ ޕްރިންސަސްގެ އެޕާޓްމަންޓް ހުރީ ޕެރިހުގެ އެންމެ އަގު ބޮޑު ހިސާބުގައި. --ފޮޓޯ:އޭއެފްޕީ
04 އޮކްޓޯބަރ 2016 - 15:23
ޕެރިސް (އޮކްޓޯބަރު 4) - ސައުދީ ޕްރިންސަސްއެއް ޕެރިހުން ގަނެފައިވާ އަގު ބޮޑު އެޕާޓްމަންޓުގެ އެތެރޭގެ މަސައްކަތެއް ކުރަން ގެންދިޔަ މީހާ އެ ތަނުގެ ފޮޓޯއެއް ނެގުމުން ބޮޑީގާޑު ހަމަލާ ދިން މައްސަލައިގައި ފުލުހުން ސުވާލުކޮށްފި އެވެ.
ސައުދީ ރަސްގެފާން ސަލްމާންގެ ދަރިކަނބަލުންގެ އެޕާޓްމަންޓުގެ މަސައްކަތެއް ކުރަން ދިޔަ މީހާ ފުލުހުންނަށް ބުނީ އެޕާޓްމަންޓަށް ގޮސް އެތަނުގެ އެތެރޭގެ ފޮޓޯ ނެގުމުން ޕްރިންސަސްގެ ބޮޑީގާޑު ވަނީ އޭނާ ބަނދެ އަނިޔާކޮށްފައި ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހު 26 ގަ އެވެ. އުމުރުން 53 އަހަރުގެ އިންޓީރިއާ ޑެކަރޭޓަރު ފުލުހުންނަށް ބުނީ އޭނާ ދެކް ޕްރިންސަސް ރުޅި އައީ އެޕާޓްމަންޓުގެ އެތެރޭގެ ފޮޓޯތައް މީޑިއާ އަށް ވިއްކައިފާނެތީ ކަމަށެވެ. އެކަމަކު އޭނާ ބުނީ އެ ފޮޓޯތައް ނެގީ އެޕާޓްމަންޓުގެ އެތެރޭގެ ޑިޒައިން ތައްޔާރު ކުރަން ފަސޭހައަކަށް ކަމަށެވެ.
ސައުދީ ޝާހީ އާއިލާގެ މީހުންނަށް ފްރާންސް އިން ވަނީ ޑިޕްލޮމެޓިކް އިމްތިޔާޒްތައް ދީފަ އެވެ. އަދި އެ މީހުންގެ ބޮޑީގާޑުން ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވެސް ދީފައިވެ އެވެ.
މި ހާދިސާ ހިނގުމާ އެކު ޕްރިންސަސް ވަނީ ޕެރިހުން ފުރައިގެން ގޮސްފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މަސައްކަތް ކުރަން ދިޔަ މީހާ މަރާލުމަށް ބޮޑީގާޑަށް ޕްރިންސަސް ވަނީ އަންގައިފަ އެވެ. އަދި އޭނާ ދޫކޮށްލީ ޕްރިންސަސްގެ ދަށްފައިގައި ބޮސް ދިނުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
މަސައްކަތް ކުރަން ދިޔަ މީހާ އެ މަސައްކަތުގެ އަގަށް ކިޔާފައި ވަނީ 20،000 ޔޫރޯ އެވެ. އަދި ފުލުހުން ވަނީ އެ އެޕާޓްމަންޓަށް ގޮސް މަސައްކަތް ކުރަން ދިޔަ މީހާ ގެންދިޔަ ސާމާނުތައް އަނބުރާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސްމީރު
04 October 2016
ދެން އެހެންވީރު ދާންވީނު އިނގިރޭސި ރާނީއަށް ބޮސްދޭން. ތިވަރު ވީމަ.
އަލީ ހަމީދު
04 October 2016
ބަޔަކަށް ސައުދީ އަމީރުންނަކީ ކޮންބައެއްކަން ނޭގުނަސް ޔާމިން އަބްދުލް ގައްޔޫމް އަަށް އެއީ ކޮންބައެއްކަން އެނގޭނެ ވަރަށް ރަނގަޅަށް. ވަރަށް ވެދުން.
ފާތިން
04 October 2016
ރާއްޖޭގެ ބައެއް ވިޔާފާރިވެރިންނަށް ވެސް ސައުދީން ތިގޮތަށް އަމަލުކޮއްފައިވޭ
ވާނުވާ
04 October 2016
އެއްގޮތަކަށް ވެސް ލިޔެފައިން ހެޑިން އަކާއި، ދައްކާފަ ހުރި ވާހަކަ އެއް ހަމަ ނުޖެހޭ.
ޕިރިންސް
04 October 2016
ފެނޭތަ ފެންވަރު. އަދިވެސް ޔާނު ކައިރިން މިއަހަނީ ސައުދީގެ ހާއްސަ މަންދޫބު ޔާނުއަށް ދިނީ ކޮންއިންޒާރެއްހޭ.
ބަކުރުބެ
04 October 2016
ދިވެހީންނަން ވާންއޮތް ގޮތުގެ މިސާލެއް މިފެންނަނީ