ޗައިނާގެ ވެރިރަށް ބެއިޖިންގެ ޖިންގްޝަން ޕާކުގައި އާއިލާގެ ތިން މެންބަރަކު އިއްޔެ މާސްކް އަޅައިގެން: ޗައިނާ އިން ވަނީ މާސްކް ހުސްވަން ގާތްވެފައި. --ފޮޓޯ:އޭއެފްޕީ
03 ފެބުރުއަރީ 2020 - 18:39
ވޫހާން (ފެބްރުއަރީ 3) - ވައިރަހުން ރައްކާތެރިވުމަށް އަޅާ ފޭސް މާސްކާއި ރައްކާތެރި ހެދުމާއި ގޮގްލްސް ހުސްވެ ގައުމުތަކުން އެތަކެތި ފޯރުކޮށްދިނުމަށް ޗައިނާ އިން އެދިއްޖެ އެވެ.
ހަލުވިކަމާ އެކު ފެތުރެމުންދާ ނޮވެލް ކޮރާނާވައިރަސް ޗައިނާ އިން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 17،000 އަށް ވުރެ އިތުރުވެފަ އެވެ. ބަލިޖެހިގެން މިހާތަނަށް ވަނީ 361 މީހުން މަރުވެފަ އެވެ. ނޮވެލް ކޮރާނާވައިރަހުގައި މަރުވި މީހުންގެ އަދަދު މި ވަނީ 2003 ވަނަ އަހަރު ފެތުރު ސާސް ރޯގާގައި ޗައިނާ އިން މަރުވި މީހުންނަށް ވުރެ އިތުރުވެފަ އެވެ. ސާސް ރޯގާގައި ޗައިނާ އިން މަރުވެފައި ވަނީ 349 މީހުންނެވެ.
އާބާދީގައި 1.4 ބިލިއަން މީހުން ހިމެނޭ ޗައިނާގައި ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާތީ، އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ސާޖިކަލް މާސްކުގެ ޑިމާންޑް އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.
"ޗައިނާ އަށް މި ވަގުތު އެންމެ ބޮޑަށް ބޭނުން ވަނީ މެޑިކަލް މާސްކް އާއި ޕްރޮޓެކްޓިވް ސޫޓް އަދި ސޭފްޓީ ގޮގްލްސް،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ހުއާ ޗުންޔިން ވިދާޅުވި އެވެ.
ޗައިނާގެ ފެކްޓަރީތަކުގެ ފުލް ކެޕޭސިޓީގައި ވެސް ދުވާލަކަށް އުފެއްދެނީ 20 މިލިއަން މާސްކު ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ ސައުތު ކޮރެއާ، ޖަޕާން، ކަޒަކްސްތާން އަދި ހަންގޭރީ ފަދަ ގައުމުތަކުން މެޑިކަލް ސާމާނު ޗައިނާ އަށް ހަދިޔާކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑަސްޓްރީ މިނިސްޓްރީން ކުރިން ބުނެފައި ވަނީ ޔޫރަޕާއި ޖަޕާން އަދި އެމެރިކާ އިން މާސްކް އެތެރެކޮށް އަދި އާ އަހަރުގެ ބަންދަށް ފަހު ފެކްޓަރީތަކުން ފުރިހަމަ އަށް މަސައްކަތް ކުރަމުން ފެށުމުން ޑިމާންޑާ އެއްވަރަށް މާސްކް ލިބެން ހުންނާނެ ކަމަށެވެ. އާ އަހަރުގެ ބަންދުގެ ތެރޭގައި ފެކްޓަރީތައް އޮޕަރޭޓް ކުރީ 60-70 ޕަސެންޓް ކެޕޭސިޓީގައި ކަމަށް ވެސް އިންޑަސްޓްރީ މިނިސްޓްރީން ބުންޏެވެ.
ގާތްގަނޑަކަށް 50 މިލިއަން މީހުން ހިމެނޭ ހުބެއި ޕްރޮވިންސާއި ޗައިނާގެ އެންމެ ބައިބޯ ގުއާންޑޮން ޕްރޮވިންސާއި ސިޗުއާން، ޝިންގްޒީ، ލިއައޮނިން އަދި ނަންޖިން ސިޓީގައި އާއްމުން ބޭރަށް ނުކުންނަ އިރު މާސްކް އެޅުން ވަނީ މަޖްބޫރުކޮށްފަ އެވެ. މި ހުރިހާ ތަނެއްގެ އާބާދީ އެއްކޮށްލުމުން 300 މިލިއަނަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔަ
04 February 2020
އަސްތާ.. މަ އަލީ އެކްސްޕްރެސް އިން އޯޑަރު ޖެހިތަނުނ ްމިހެން މިވީ....
ކޮރަލް
03 February 2020
ޗައިނާގެ މުސްލިމުންނާ ދޭތެރޭ ވ އިހާނެތި ކޮށް ކަންތައް ކުރި ބަ އެކެވެ. .
ޢަބްދުﷲނާފިޒް
03 February 2020
ރަނގަޅު ވާހަކައެއް، ނަމަވެސް އެމީހުންނަކީ މުސްލިމުންނަށް ނުވިއަސް މިއީ އެހީތެރިކަން ފޯރު ކޮށްދޭންވީވަގުތު، މުސްލިމުންނާ ދޭތެރޭ އެމީހުން އިހާނެތިކޮށް ހިތިނަމަވެސް އަހަރުމެން މުސްލިމުން މިހާލަތުގަ އެމީހުނާ ދޭތެރޭ ހަމްދަރުދީވެ ހިތާމަކުރަން.
ގާސިމް
03 February 2020
ޗައިނާ މީހުން ކައިރީގަ ބުނެބަ ދިވެހިރާއްޖޭގެ ޑޮކްޓަރުން ބުންޏޭ މާސްކު އަޅާކަށް ނުޖެހޭނޭ ބަލި ނުޖެހެނީސް. ބަލި ޖެހުނީމަ އަޅަން ޖެހޭ އެއްޗެކޭއީ
20000
04 February 2020
ރާއްޖޭގެ ޑަކްޓަރުންވެސް މީހުންނަށް މައުލޫމާތު ދެނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް . ސަރުކާރުން މާސްކް ގެންނަށް ޖެހޭނެތީ ، ޑަކްޓަރުން އެބުނީ މާސްކް ނޭޅިޔަސް ހެވޭ. ދުވަސް ކޮޅަކުން ބުނެފާނެ ބަލިވީމާ ހޮސްޕޓަލް އަށް ދާނެ ކަމެއް ނެތޭ. އެއިރުން ހޮސްޕިޓަލަށް ހަދާކަށް ސަރުކާރަކަށް ނުޖެހޭނެ. އެލާރިން ސޮނި ފުހެން ހުންނާނެނު
ފރ5ގތ
03 February 2020
ހަބަރުގެ ކަވަރޭޖް ހަމަ ހަބޭސް
ޞިލްމަ
03 February 2020
ފައިސާގެ އެހީ ދޭނީ ކިހިނެއްބާ؟