އެއާ ޗައިނާ ފްލައިޓަކުން ބެއިޖިން އަށް ދަތުރުކުރާ ޗައިނާގެ ޕަސިންޖަރުންތަކެއް ލޮސް އެންޖަލިސް އެއާޕޯޓުގެ ކައުންޓަރެއްގައި. --ފޮޓޯ:އޭއެފްޕީ
04 ފެބުރުއަރީ 2020 - 10:06
ބެއިޖިން (ފެބްރުއަރީ 4) - ނޮވެލް ކޮރޯނާވައިރަހުގެ ބިރުވެރިކަން އެމެރިކާ އިން އުފައްދަމުންދާ ކަމަށް ޗައިނާ ސަރުކާރުން ތުހުމަތުކޮށްފި އެވެ.
ޗައިނާ އިން އެހެން ބުނިއިރު އެމެރިކާ އިން ވަނީ ވައިރަހާ ގުޅިގެން އެ ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވޭތުވެދިޔަ ދެ ހަފުތާ ތެރޭ ޗައިނާ އަށް ދަތުރުކޮށްފައިވާ މީހެއް ނަމަ އެމެރިކާ އަށް ވަނުން މަނާކޮށްފަ އެވެ.
ކޮރޯނާވައިރަހުގައި ޗައިނާ މިހާތަނަށް 425 މީހުން މަރުވެފައިވާ އިރު ވައިރަސް ވަނީ 20،400 އަށް ވުރެ ގިނަ މީހުންނަށް އަރައިފަ އެވެ. ޗައިނާ އިން ބޭރުން ވައިރަސް ވަނީ 150 މީހުންނަށް އަރައި ފިލިޕީންސް އިން އެކަކު މަރުވެފަ އެވެ.
ވޫހާންގައި ތިބި އެމެރިކާ މީހުން އެ ސިޓީން ނުކުތުމަށް ޖެނުއަރީ 23 ވަނަ ދުވަހު އެންގި އެވެ. އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ވަނީ ޗައިނާގައި ތިބި އެމެރިކާ ސަރުކާރުގެ މުވައްޒަފުންގެ އާއިލާތަކުގެ މީހުން އެ ގައުމުން ނުކުތުމަށް އަންގައިފަ އެވެ. ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން ޖެނުއަރީ 30 ގައި އިއުލާން ކުރުމާ ގުޅިގެން އެމެރިކާ އިން ވަނީ ޗައިނާގައި ތިބި އުމުރުން 21 އަހަރުން ދަށުގެ އެންމެން އެ ގައުމުން ފޭބުމަށް އަންގައިފަ އެވެ. ހުބެއި ޕްރޮވިންސްގައި އުޅެފައި އެމެރިކާ އަށް ދާ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީން ކުރުމަށް ނިންމި އެވެ.
އެމެރިކާ އިން އެޅި ފިޔަވަޅުތަކުން އެހީތެރިކަމެއް ލިބުމުގެ ބަދަލުގައި އުފެދޭނީ ބޮޑު ބިރުވެރި ކަމެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ހުއާ ޗުންޔިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޗައިނާ މީހުންނަށް ބޯޑަރު ބަންދުކުރި ފުރަތަމަ ގައުމަކީ އެމެރިކާ ކަމަށާއި ޗައިނާގައި ތިބޭ އެމްބަސީ ސްޓާފުން ފުރަތަމަ ގެންދިޔަ ގައުމަކީ ވެސް އެމެރިކާ ކަމަށެވެ.
"އެމެރިކާ އިން ފިޔަވަޅު އަޅާފައި ވަނީ ޑަބްލިއެޗްއޯގެ ރެކޮމެންޑޭޝަންސްތަކާ ވެސް ޚިލާފަށް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
04 February 2020
ޗަައިނާ އިނދަޖައްސާލުމުގެ ބޭނުމުގައި އެމެރިކާއިން ތިވައިރަސް އުފައްދައި ޗައިނާއަށް ދޫކުރީ ކަމަށް ބޮޑަށް ގަބޫލު ކުރެވެނީ.
ކޮސްގޮވާ
04 February 2020
އަސްލު ނުރައްކާ. އެއީ ސާރސް ވައިރަސް ޖެހިގެން އޭރު މަރުވީ 350އަކަށް މީހުން އެކަމަކު މިހާރު ކޮރޯނާވައިރަސް ޖެހިގެން މަރުވި އަދަދު 450އަށް އަރައިފި. އުއްމީދުކަރަނީ އަވަސް ވެކްސިނެއް ޗައިނާމީހުން އުފައްދާނެކަމަށް.
އަސްނާ
04 February 2020
އެމެރިކާއިން އުޅެނީ ޗައިނާ އިން ދުނިޔޭގެ އިގްތިސާދީ އެއްވަނަ އަށް 2024 ގައި އަރާނެ ކަމަށް ވޯލްޑް ބޭންކް އިން ބުނި ފަހުން މިކަހަލަ ހާސަރުތައް ދަމަމަމުން ، އަހަރުމެން ވަރަށް އުފާވޭ އޭސިޔާ ގެ ގައުމަކަށް އެއްވަނަ ދަރަޖަ ލިބޭތީވެ،
ރަނގަޅު
04 February 2020
އެމެރިކާއިން ކަންތައް އެކުރަނީ ރަނގަޅަށް. ޗައިނާއިން ދަނީ ބައްޔާއި ބެހޭ ހަގީގަތް ފޮރުވާ އޮޅުވާލަމުން.
ހާނިމް
04 February 2020
ޗައިނާ އިން އަޅާފައިވާ ފިޔަވަޅަކީ ޗަރަށް ހަރުދަނާ ފިޔަވަޅެއް، ކިހިނެތް ތޯ އެނގެނީ މިއީ އެމެރިކާ އަޑީގައި އޮވެގެން އިސްރާއިލް ލައްވާ ކުރުވިކަމެއް ނޫންކަމެއް