ވެސްޓަޑަމް ކްރޫޒް ލައިނާގައި 1،450 ޕަސިންޖަރުން ތިބި. --ފޮޓޯ:އީޕީއޭ
12 ފެބުރުއަރީ 2020 - 12:26
ވޫހާން (ފެބްރުއަރީ 12) - ކޮރޯނާވައިރަހުގެ ބިރަށް، 1،450 މީހުން ތިބި ކްރޫޒް ލައިނާއެއް ތައިލެންޑުގައި ބަނދަރު ނުކުރެވޭނެ ކަމަށް އެ ގައުމުން އަންގައިފި އެވެ.
އެމްއެސް ވެސްޓަޑަމް ބަނދަރު ކުރުން އެތައް ގައުމަކުން މީގެ ކުރިން ވެސް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ތެރޭގައި ޖަޕާން، ޓައިވާން،. ގުއާމް އަދި ފިލިޕީންސް ހިމެނެ އެވެ. އެ ކްރޫޒް ލައިނާ އޮޕަރޭޓް ކުރާ ހޮލެންޑް އެމެރިކާ އިން ބުނީ ބޯޓުގައި ހުރި އެއްވެސް މީހަކަށް ވައިރަސް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ. އަދި ކްރޫޒް ލައިނާ އޮތީ ކަރަންޓީންކޮށްފައި ނޫން ކަމަށް ވެސް ބުންޏެވެ.
"މިއީ ބޯޓުގައި ތިބި ގެސްޓުންނާއި އެ މީހުންގެ އާއިލާތަކަށް ވެސް އޮޅުން އަރާނެ ކަމެއް،" ހޮލެންޑް އެމެރިކާ އިން ބުނެފައިވެ އެވެ.
އެ ކްރޫޒް ލައިނާ ތައިލެންޑުގައި ބަނދަރު ކުރުމަށް ހަމަޖައްސާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.
ތައިލެންޑް ސަރުކާރުން ބުނެފައި ވަނީ ކްރޫޒް ލައިނާ ބަނދަރު ކުރުމުގެ ހުއްދަ ނުދިން ނަމަވެސް އެ ބޯޓަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާ އަދި ބޭސް ފޯރުކޮށްދޭނެ ކަމަށެވެ.
ސާދަ ދުވަހުގެ ދަތުރެއްގައި ވެސްޓަޑަމް ހޮން ކޮންގުން ފުރީ މި މަހު 1 ވަނަ ދުވަހު އެވެ. ޓައިވާނާއި ޖަޕާނަށް ވެސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކްރޫޒް ލައިނާގެ ފަހު މަންޒިލަކީ ޖަޕާނުގެ ޔޮކޮހާމާ އެވެ. ނަމަވެސް ޔޮކޮހާމާގައި ބަނދަރު ކުރުމުގެ ހުއްދަ ވެސް ދީފައެއް ނުވެ އެވެ.
ޔޮކޮހާމާގައި ކަރަންޓީން ކޮށްފައިވާ 3،700 މީހުން ތިބި އެހެން ކްރޫޒް ލައިނާއެއް ކަމަށްވާ ޑައިމަންޑް ޕްރިންސް އިން ވަނީ ކޮރޮނާވައިރަހަށް ޕޮޒިޓިވް 135 މީހުން ފެނިފަ އެވެ. ހޮން ކޮންގުގައި ބަނދަރުކޮށްފައިވާ ވޯލްޑް ޑްރީމް ކްރޫޒް ލައިނާ އިން ކުރިން ދަތުރު ކުރި ތިން މީހަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ބޯޓުގެ 1،800 ކްރޫން ޓެސްޓް ކުރި އެވެ. ނަމަވެސް އެންމެން ވެސް ނެގެޓިވްވުމުން އެ ކްޒޫޒް ލައިނާ އިން ޕަސިންޖަރުން ފޭބުމުގެ ހުއްދަ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަކަލޯ
13 February 2020
މިހާތަނަށް ވައިރަހާ ދެކޮޅަށް ސަރުކާރުން ކުރެތްވި ހުރިހާކަމަކަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހުއާ ނައިބުރައީސް ފައިސަލްއާ މިނިސްޓަރ އަމީންއާ ހުރިހާ މިނިސްޓަރުންނާ މިކަމުގާ ކުޑަގޮތަކަށް ނަމަވެސް ހޭކެލިހާ މީހަކަށް ހިމެނޭގޮތަށް ސުކުރު ދަންނަވަން
ރަބަރު
12 February 2020
ރާއްޖެ އާދޭ ހޫނު މަރުހަބާއެއް ކިޔާނެ. މިތަނަށް އައީމަ އެކަކުވެސް ވައިރަހަށް ޕޮޒިޓިވް ވީކަމަށް ނުދައްކާނެ.