މެލޭޝިއާގެ ސުޕަމާކެޓަކަށް ވަންނަ ކަސްޓަމަރެއްގެ ޓެމްޕަރޭޗާ އިއްޔެ ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ
28 މާޗް 2020 - 12:53
ކުއާލަ ލަމްޕޫރު (މާޗް 28) -މެލޭޝިއާ ލޮކްޑައުންކޮށްފައި އޮންނަ މުއްދަތުގައި، އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން، ސަރުކާރާއި ޓެލެކޮމް ކުންފުނިތައް ގުޅިގެން ހިލޭ އިންޓަނެޓް ޑޭޓާ ފޯރުކޮށްދޭން ނިންމައިފި އެވެ.
ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ ހިލޭ އިންޓަނެޓް ދިނުމަށް ސަރުކާރުން ވަނީ 600 މިލިއަން ރިންގިޓުގެ ސްޓިމިއުލަސް ޕެކޭޖެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.
"ޓެލެކޮމިއުނިކޭޝަން އަދި މަލްޓިމީޑިއާ އިންޑަސްޓްރީ އަށް، ޓެލެކޮމް ސާވިސް ކުންފުނިތަކާ ގުޅިގެން ޚާއްސަ ޕެކޭޖްތަކެއް ތައާރަފް ކުރެވޭނެ. މިފަދަ އެއް ޕެކޭޖަކީ އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން ހުރިހާ ކަސްޓަމަރުންނަށް ވެސް ހިލޭ އިންޓަނެޓް ދިނުން،" ބޮޑު ވަޒީރު ވިދާޅުވި އެވެ.
މުހްޔިއްދީން ޔާސީން ވިދާޅުވީ ނެޓްވޯކް ކަވަރޭޖާއި ކެޕޭބިލިޓީ އިތުރު ކުރުމަށް 400 މިލިއަން ރިންގިޓް އިންވެސްޓް ކުރައްވާނެ ކަމަށެވެ.
މެލޭޝިއާ ސަރުކާރުން މިހާރު ވަނީ ކަރަންޓް ބިލުން 15-50 އާ ދެމެދުގެ ޑިސްކައުންޓެއް ދިނުމަށް 530 މިލިއަން ރިންގިޓް ކަނޑައަޅައިފަ އެވެ.
ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށެވެ.
މެލޭޝިއާ މިހާރު ލޮކްޑައުން ކޮށްފައި ވަނީ އަންނަ މަހުގެ 14 އާ ހަމައަށެވެ.
މެލޭޝިއާ އިން މިހާތަނަށް ވަނީ 2،161 މީހުން ޕޮޒިޓިވްވެ 26 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޫގުލްސުޕީޑު
28 March 2020
ބޯފެނާއި ކަރަންޓު ފަދައިން އިންޓަރނެޓަކީ ޔުޓިލިޓީ ޚިދުމަތެއް. %40 ޑިސްކައުންޓެއް ދިނުމަށް ގޮވާލަން.
ނުބައިބައި
28 March 2020
ދުއާ އަކީ ބަޓެލްކޯ ބަނގުރޫޓުވެގެންވެސް ދިވެހިން ބޭނުން އަގުގައި ރަނގަޅު ހިދު މަތެއް ދެވޭ ކުންފުންޔެއް ވުޖޫދަށް އައުން. އާ މީ ން!
ކަމަނަ2
28 March 2020
މިހާރު ދިރާގު އަދި އުރީދޫ އިން ތަބޭނެ ދެލޯ މަރައިގެން ކަންފަތުގައި ހެޑްސެޓް އަޅައިގެން ތުންފިއްތައިގެން “ ހިކަމިޖޯންސިހި ގޯޑިހި ގޯޑިހި” ކިޔާލަ ކިޔާލަ...
ތުތުމަން
28 March 2020
ދިވެހިންގެ ލެއަށް ކަރުހިއްކައިގަނެފަ ތިބިކުންފުނިތަކަށް މިކަހަލަ ޙަބަރުތަކުން ވަރަށް އަސަރު ކުރާނެ.
މުހައްމަދު25
28 March 2020
ރާއްޖޭގެ 2 ކުންފުނިކަމައްވާ ދިރާގު ، އުރީދޫ މީ ދިވެހިންނައް ޖެހިފާއޮއް ވަބާއެއް، މިދެ ކުންފުނިން ދިވެހިންނައް ހެވެއް އެދޭއެއްގޮތެއްވެސް ނޯނާނެ..
ހިލޭނޫނަސް2
28 March 2020
އުމުރުންދުވަސްމީހުންނާއި ހައިރިސްކް ކެޓެގަރީގެ ފަރާތްތަކަށް އިތުރުމިނެޓް ހިލޭނުދެވޭނެބާ؟އާއިލާއާއި ދުރުގައި ދިރިއުޅުއްވާ އެފަދަބޭފުޅުންނަށް ލިބޭ އެއީއަކަށް އަދި ހިތްހަމަޖެހުމަކަށްވާނެ. ސިއްޙީ ޚިދުމަތްތެރިންފަދަ ފްރަންޓްލައިންގައި މަސައްތަކްކުރާ ފަރާތްތަކަށް އިތުރުމިނެޓް ހިލޭނުދެވޭނެބާ؟ އާއިލާއާއި ދުރުގައި ގިނަވަގުތު ހޭދަކުރާ ލިބޭހިތްހަމަޖެހުމަކަށްވާނެ. ޔަޤީނުންވެސް އެފަރާތްތަކަށް ހިލޭކޮށޭދޭ މިނެޓް/ޑާޓާ ބޭކާރުގޮތުގައި ނުދާނެ.
ހިލޭނޫނަސް
28 March 2020
އެންމެނަށް ބޭނުނަވަރަކަށް ހިލޭއިންޓަރނެޓް ނުދެވުނަސް މިދުވަސްކޮޅު ކޮންމެ ކަސްޓަމަަރއަކަށް 1ޖީބީވަރު ހިލޭދިނުން ބުރައަކަށްވާނެތޯ؟ ކްރައިސިސް ނިމެންދެން މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭ ޑަބްލިއުއެޗްއޯ، ސަރުކާރުއިދާރާތަކާއި ނިއުސްއޭޖެންސީތައް އަދި އެޑިއުކޭޝަނަލް އިންސްޓީއުޓްތަކުގެ ސައިޓްތަކަށް ހިލޭ އެކްސެސް ނުދެވޭނެތޯ؟ ކޮންމެ ކަސްޓަމަރއަކަށް ދުވާލަކަށް 5މިނެޓްނަަވެސް ހިލޭލޯކަލް މިނެޓް ނުދެވޭނެތޯ؟
ފަހަމީ
28 March 2020
ކޮންމެ އަހަރަކު ދިރާގު އުރީދޫ ފައިދާ އެހާބޮޑުއިރު ކަސްޓަމަރުން ހާލުގައި ޖެހުނީމަ ކީއްވެ އެހީ ނުވަނީ...ކަމެއް ކޮށްދިނީމޭ ބުނަން 2ޖީބީ ދިނީ...އަނެއްކާ އެހާ ސްލޯވް...
ނިރު
28 March 2020
ރީދޫ ސަރުކާރުން ދިރާގުގެ ހިއްސާ ވިއްކާލާފަ ދެން ބޭނުންހާ ވަރަކަށް އަގު ހެޔޮކުރާށޭ ބުންޏަސްމެޖޯރިޓީ ހިއްސާދާރު ބަޓެލްކޯއިން އެންމެ ރުފިޔާއެއްވެސް ކުޑަވާ ގޮތަކައް އަގަކަށް ބަދަލައެއް ނުގެންނާނެ . އަމިއްލައަށް ފޭހުނު އިލޮށިގަޑު އަމިއްލަ ލޮލަށް މިހާރު އެހެރެނީ
މިނިވަން ރިޕޯޓަރ
28 March 2020
މިކަމަށް އޮތް ހައްލަކީ އިންޓަނެޓު ހިދުމަތް ހެޔޮ އަގުގައި ދިނުމަށް ސަރުކާރުން ކުންފުންޏެއް އުފެއްދުން
އުމަރުބެ
28 March 2020
މި ދިވެހި ރާއްޖޭ ގަ މިއުޅޭ މަހުޖަނުން މީ ހާދަ މުއްބާރު ބަޔެކޭދޯ އެވެސް އެހީތެރިކަމެއްނުފޯރު ކޮއްދޭ ތާންގާ ސުޓާފުން ކަޑާ ނޯޕޭ މިހަދަނީ ﷲ މަތިން ހަދާން ކޮއްބިރުވެތިވެބަލާ. މަރުވީމާ މުދާގަނޑު ބައްކޮގެން ނުގެންދެވޭނެ....އެދުވަހުން އެމުދާގެ ސަބަބުން ޖެހޭނީ ބޮޑު މުސީބާތެއް