އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
01 އެޕްރީލް 2020 - 11:10
ވޮޝިންޓަން (އެޕްރީލް 1) - ކުރިއަށް އޮތީ ވަރަށް، ވަރަށް ދަތި، އުނދަގޫ ދުވަސްތަކެއް ކަމަށާއި އެ ދުވަސްތަކަށް އެމެރިކާގެ ރައްޔިތުން ތައްޔާރުވެ ތިބުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
ޓްރަމްޕުގެ މި އިންޒާރު އައިސްފައި ވަނީ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި ކުރިއަށް އޮތް ހަފުތާތައް ނުވަތަ މަސްތަކުގައި އެމެރިކާ އިން 250،000 މީހުން މަރުވެދާނެ ކަމަަށް ލަފާކޮށް އެކި ފަރާތްތަކުން އަންދާޒާތައް ހަދަމުން ދަނިކޮށެވެ.
"ކުރިއަށް މިއޮތީ، ވަރަށް، ވަރަށް އުނދަގޫ، ދަތި، ވޭން ހުރި ދެ ހަފުތާ،" ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ވަނީ ކުރިއަށް އޮތް އުނދަގޫ ދުވަސްތަކަށް އެމެރިކާގެ ކޮންމެ ރައްޔިތަކު ވެސް ތައްޔާރުވެ ތިބުމަށް."
ޓްރަމްޕް ވަނީ، ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އެމެރިކާ އިން ކަނޑައެޅި ގައިޑްލައިންތަކަށް އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް އަމަލު ކުރުމަށް އެދިވަޑައިގެންފަ އެވެ. އެމެރިކާ އިން ކަނޑައެޅި ގައިޑްލައިންތައް އެޕްރީލް މަހުގެ ނިޔަލަށް ދަމަހައްޓަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވުން މަނާކުރުމާއި ގޭގައި ތިބެގެން މަސައްކަތް ކުރުމާއި ރެސްޓޯރެންޓްތައް ބަންދު ކުރުން ހިމެނެ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 188،592 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 20،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 4،055 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
02 April 2020
ކޮބައިތަ މީނަގެ ނިއުކްލިއާރ ހަތިޔާރު؟ ކޮބައިތަ މީނަގެ ޤައުމުތަކުގެ ވެރިން ބަދަލުކޮށް މީހުން މަރަމުން ދިޔަ ސިފައިން؟ ކުޑަކުޑަ ލޮލަށް ނުފެންނަ ވަރުގެ މަޚްލޫގަކާއި ދިމާވީމަ އެކައްޗަކަށްވެސް ނުވިއެއްނުން. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެއްކަކަށް މިކަން ނުފުދޭތަ؟ ދުނިޔޭގަ ފުއްޕާފަ އުޅުނު އިންސާނުން މިއަދު އެތިބީ ކުޑަކަކޫޖެހިފަ ހަދާނެ ގޮތް ހުސްވެފަ. މިކަމުން ވެސް ބަޔަކަށް ޢިބުރަތެއް ލިބިއްޖެ ނަމަ ރަގަޅު.
ދެރަ
02 April 2020
މިއަދު ކަލޭމެންގެ ލޯބިވާ މީހުން މަރުވުމުން ތިޔަވާދެރަ ކަލޭމެން ބޮން އަޅައިގެން މަރާލާ މުސްލިމުންގެ އާއިލާތަކުންވެސް ކުރާނެދޯ. ދުއާއަކީ މި ނުރައްކާތެރި ބަލިން މި ގައުމާއި މުސްލިމުންނާއި ދުނިޔެ ސަލާމަތްކޮށްދެއްވުން.
ރަބަރު
01 April 2020
ވަބާއެއް އާންމުވެއްޖެނަމަ އޭގެ އަސަރު ގިނަބަޔަކަށް ކުރާނެ އަދި ފެތުރޭވަރު އަވަސްވާނެ. ﷲ އިރާދަކުރެއްވި އިރަކު ނެތިގެންދާނެ. އެހެންވީމާ ރައްކާތެރިވުމާއެކު އެންމެން ދުއާކުރަމާ.
ރަ ނަޝ
01 April 2020
ކުރިން މިކަލޭގެ ބުނީ އެމެރިކާ އޮތީ ވ ތައްޔާރު ވެފައޭ މިކަމަށް
ތިޔަ ހެންނުބުނޭ
01 April 2020
ސޭކުސްތާނުގެ ރައީސް ވިދާޅުވީ ދެތިންމަސް ފަ ހުން މިކަންނިމޭނޭ...އިގުތިސާދު ބޫންބޫންލާނެޔޯ..ޓްރަންޕު ޕެނިކުނުވެބަލަ...ރައްޔިތުންގެ ހިތުގަ ބިރުވެރިކަން އުފައްދަން ނޫޅެބަލަ...މިތާ މީ ހަކު ތި ހެންބުނެފިނަމަ ވަގުތުން ފިޔަވަޅުއަޅާނެ.
ޝަނާ
01 April 2020
ޔާ ﷲ ! މި ވަބާއިން އަޅަމެން ރައްކާތެރި ކުރައްވާންދޭ ވެއެވެ. މި ބަލި މަޑު ކަމުން އަޅަމެންގެ ޤައުމާއި ރައްޔިތުން ސަލާމަތް ކުރައްވާން ދޭވެ. ދުނިޔެ އިން މިބަލި ނެތި ކުރައްވާން ދޭވެ އެވެ.އާމީން
ސަހަރޯ
01 April 2020
މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާޢި ގޯނާތައް ހުއްޓާލަބަލަ ފުރަތަމަ ކަމަކަށް. ދުނިޔޭގެ އެއްވެސް ޤައުމެއްގެ ބަޔަކު މުސްލިމުންނަށް ނޫނީ އަނިޔާކޮށް މަރާ ނުހަދާ. މުސްލިމުންގެ އާރާއި ބާރު މިވަނީ ނެތިގޮސްފައި. އަދި މުސްލިމުންނަކީ ނިކަމެތި ބައެއްގެ ގޮތުގައި އެއްބަޔަކު އެބަ ސިފަކުރޭ.
ސިކްނަސް 2020
01 April 2020
ހީކުރަން ތި ކޮމެންޓް ޓްރަންޕް ވިދާޅުވާނެ ކަމަށް!
ޓުރަމްޕު ކޮން މުސްލިމް؟
01 April 2020
ޓުރަމްޕަށް ނަސޭހަތް ދިނުމުގެ ބަދަލުގައި މުސްލިމުންނަށް ނަސޭހަތްދީ އެމީހުން އެމީހުންގެ ދީނަށް އެނބުރި އައީމާ އެންމެނަށްވެސް ފައިދާ ކުރާނެ
ރަދީފްއޮފިޝިއަލް
01 April 2020
އެމެރިކާގެ އިގްތިސާދަށް ލިބޭ ގެއްލުމުގެ އަސަރު މުޅި ދުނިޔެއަށްކުރާނެކަން ކަށަވަރުވެ ޔަގީންވޭ.ދުޢާއަކީ ޖެހިފައިމިވާ ބަލާ މުސީބާތުން ދުނިޔެ ސަލާމަތްވެ ސަލާމަތުގެ އައްސޭރިއަށް އަވަހަށް ވާސިލްވުން.ވ.ވެދުން
ނިރު
01 April 2020
އެހަރެން ދުވަހަކުވެސް ހިޔެއްނުކުރަން ދުނިޔޭގެ ސުޕަޕަވަރ ކުޑަކުޑަ ލޮލަށްވެސް ނުފެންނަ ވަރުގެ ވައިރަހަކާހެދި ކުޑަކަކޫ މައްޗައް ތިރިވެދާނެކަމަކަށް. ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. މިއީ ވިސްނާ ފިކުރުކުރާބަޔަކަށް އިބްރަތަކަށް ނުވޭބާ؟
ސުޕަޕަވަރ؟
01 April 2020
މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވޭ.