އިންޑިއާ އިން ވަނީ ލަންކާ އަށް 10 ޓަނުގެ ބޭސް ފޮނުވައިދީފައި. --ފޮޓޯ:ކޮލަމްބޯގެޒެޓް
07 އެޕްރީލް 2020 - 19:56
ކޮލަމްބޯ (އެޕްރީލް 7) - އިންޑިއާ އިން 10 ޓަނުގެ ބޭސް ލަންކާ އަށް މިއަދު ފޮނުވައިދީފި އެވެ.
ކޮރޯނާވައިރަސް ފެތުރެމުންދާ ދަނޑިވަޅެއްގައި، މި ބޭސް ފޮނުވައިދިނީ ލަންކާ ސަރުކާރުން އެދިގެންނެވެ. ބޭސް ގެންދިޔައީ އެއާ އިންޑިއާގެ ޚާއްސަ މަތިންދާ ބޯޓެއްގަ އެވެ.
ކޮލަމްބޯގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މިއީ އަނެއްކާވެސް ދެ ގުޅުމުގެ ގާތް ގުޅުމުގެ މިސާލެއް ކަމަށެވެ. އިންޑިއާގައި ކޮރޯނާވައިރަސް ފެތުރެމުން ދިޔަ ނަމަވެސް އަވަށްޓެރި ގައުމުތަކަށް އެހީވުމަށް އިސްކަން ދޭ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.
ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަށް އިންޑިއާ އިން ވަނީ 10 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން އިންޑިއާގެ ހެލްތު މިނިސްޓްރީން މިހާރު ވަނީ ސާކް ގައުމުތަކުގެ ހެލްތު އޮފިޝަލުންނަށް އޮންލައިން ޓްރޭނިން ދޭން ފަށައިފަ އެވެ.
ކޮރޯނާވައިރަހަށް އިންޑިއާ އިން 4،911 މީހުން ޕޮޒިޓިވްވެފައިވާ އިރު 137 މީހުން ވަނީ މަރުވެފަ އެވެ. ލަންކާ އިން ވަނީ 185 މީހުން ޕޮޒިޓިވްވެ ހަ މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުމުއްދީން
07 April 2020
ކޮބާ ޗައިނާ؟
ނިރު
07 April 2020
މިލަންކާ މީހުނަނައް ބިލްބޯޑު ހަރުކޮއްގެން ފޮޓޯގަޑެއްވެސް ނަގާލަން ނުކެރުނު .... ގަނެފަ ފައިސާ ދައްކާފަ ހުރި ބޭސް ތަކެއް ރާއްޖެ ފޮނުވާދިނީތީ އަބަދުލްﷲ ޝާހިދު އަރި އަރިޔަތް ހުރެ ބިލްބޯޑު ކުރިމަތީގަ ހުރެގެން ނަގަމުން ދިޔަ ފޮޓޯތަށް ... ބަލާމީހަކު ދުވަހަކުވެސް ފޫހި ނުވާނެ ހަމަ އެކަނި ހަރުބީ ބޮޑުބެރު ގުރޫޕް އެއަރޕޯޓައް ނުގެންދާކަން
ރަބަރު
07 April 2020
ޓްރަމްޕަށް ބޭސް ނުދީގެން ޓްރަމްޕް މޯދީދެކެ ކޯ ފާވެގެން އުޅޭ ޚަބަރިއެހިން.