ވައިޓް ހައުސްގެ ރޯސް ގާޑަންގައި ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
16 އެޕްރީލް 2020 - 14:47
ވޮޝިންޓަން (އެޕްރީލް 16) - ކޮރޯނާވައިރަހުގައި މަރުވާ މީހުންގެ ސައްހަ އަދަދު އެހެން ގައުމުތަކުން ހާމަނުކުރާ ކަމަށާއި އަދަދުތައް އޮޅުވާލަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެެވެ.
ވައިޓް ހައުސްގެ ރޯސް ގާޑަންގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް އެމެރިކާގައި މަރުވާ މީހުންގެ އަދަދު އެހާ ބޮޑުތަން އިތުރުވެފައި ވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެހެން ގައުމުތަކުން ދޮގު ހަދަނީ ކަމަށް ވިދާޅުވެފަ އެވެ.
"ބައެއް އެހެން ގައުމުތަކުގެ އަދަދުތައް އެއްވެސް މީހަކު ގަބޫލް ކުރާނެތަ؟" ޗައިނާގެ ނަން ވިދާޅުވެ ޓްރަމްޕް ސުވާލު ކުރެއްވި އެވެ.
ވައިޓް ހައުސްގެ ރޯސް ގާޑަންގައި ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ޓްރަމްޕް ވިދާޅުވީ ކޮރޯނާވައިރަހަކީ ވޫހާންގެ މާކެޓަކުން އުފެދުނު އެއްޗަކަށް ވުރެ ބޮޑަށް އެ ސިޓީގެ ލެބޯޓްރީއަކުން ދޫވި އެއްޗެއް ކަމަށް ބުނާ ރިޕޯޓްތައް އެމެރިކާ އިން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން ޗައިނާ އިން ތެދު މައުލޫމާތު ހާމަކުރުމަށް ގޮވާލައްވައިފަ އެވެ. ކޮރޯނާވައިރަސް ފެތުރުނު އިރު ޗައިނާ އިން ވަރަށް ބޮޑަށް ކަންކަން ސިއްރު ކުރި ކަމަށް ޕޮމްޕެއޯ ކުރިން ވެސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އެމެރިކާގައި މިހާތަނަށް ވަނީ 644،348 މީހުން ޕޮޒިޓިވްވެ 28،554 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 48،708 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
16 April 2020
އަސްލު ހަޤީޤަތް ޓްރަމްޕް އެހާމަކުރީ! ޗައިނާއާއި އެމެރިކާ އިގްތިސާދީ ހަގުރާމަކޮއް ޗައިނާ ބަލިނުވީމާ އެމެރިކާގެ ލެބޯޓެރީއަކުން އުފެއްދި ވައިރަހަކާ ބޮޑައް ވައްތަރީ، ފުރަތަމަ މިބަލި ޖެހުނީ ޗައިނާއަށް، ދެން އެމެރިކާގެ ދުސްމަންގައުމެއް ކަމަށްވާ އީރާނަށް މިބަލި ހަމަ ޗައިނާއަށް ޖެހިފައި އީރާނަށް ޖެހުނީމާ މިއީ އިއްތިފާގެއްކަމަށް ކާކުތޯ ގަބޫލުކުރާނީ!
2000
16 April 2020
ދިވެހިންގެ ނަސީބު އަނގަބެ ވެރިކަމުގަަ ނެތްކަން
ސޯބޭބ
16 April 2020
ޓުރަންޕުއްޕު ބުނެފިއްޔާ އެންމެން ގަބޫލުކުރަންވީ ހަމަ އެލެކްސް ބުނީމައި ގަބޫލު ކުރާހެން.. އެހުރީ ހަނދު... އެހުރީ އިރު... ޔަހުޔާގެ ކާޅު ހިފުން
ޏަޏް
16 April 2020
އެލެކްސް ދޮގުހަދާކަމެއް ނުދެނެހުރިން..
ނަމެއް
16 April 2020
ޗައިނާއިން ކުރީކޮޅު މީތި ކޮންޓްރޯލްކުރަން ވަރަށް ހަރުދަނާ ފިޔަވަޅު އެޅީމަ ހުޅަނގުގެ ގައުމުތަކުން ތިބީ މަހެއް ވީއިރުވެސް ހުދުމުހުތާރު ގައުމެކޭ ކިޔާ ހަޖޫޖަހާފަ ޕްރޮޕެގެންޑާ ފަތުރަން. އަމިއްލަ ގައުމުތަކުގަ މީހުން މަރުވާން ފެށީމަ ހޭއެރީ. އެއީ އަސްލު ވީ ގޮތަކީ. ދެން މިހާރު މިކަމާ ރަނގަޅަށް ޑީލްކުރަން ފެއިލްވީމަ މިއުޅެނީ ޗައިނާއާ ވޯލްޑް ހެލްތް އޯގަނައިޒޭށަނުން މީތި ފޮރުވީއޭ ކިޔާފަ އެމީހުންގެ ބޮލުގަ މިކަން އަޅުވާފަ އަމިއްލަ ގައުމުގެ ރައްޔިތުން ހައްދަން.
ކާސިމު
16 April 2020
ހުޅަނގުގެ ދުވަސް މަޑުމަޑުން ދަނީ...
އޭނަ މީނަ
16 April 2020
ޗައިނާއިން މިވައިރަސްއަށް ރަނގަޅު ފިޔަވަޅުތަކެއް އެޅި. އެކަމަކު އެމީހުން މީގެ ޒިންމާ ނަގަންޖެހޭނެ. މިވައިރަސް ފެށުނީ ނޮވެމްބަރު މަހުގެ ފަހުކޮޅު. އެހެންގޮސް ޑިސެމްބަރު މަސ ނިމި ޖެނުއަރީގެ މެދާ ހަމަޔަށް ދިޔުމުން ޗައިނާއިން ތެޅިގަތީ. އެހާ ހިސާބުން އެޤައުމުގެ ހުބޭ ޕްރޮވިންސުން 7 މިލިޔަނަށްވުރެ ގިނަމީހުން ބޭރުވި. ދެން ވައިރަސް ނުފެތުރުނިއްޔާ ދެރަ. އަނެއްކާ މިހާރު އެމީހުންގެ އަދަދުތަކަށް ސީދާ ހަދަނީ މަކަރު. މިކަން ޗައިނާގެ ރައްޔިތުންވެސް އެއްބަސް.
ގެރިގާ
16 April 2020
އެމެރިކާގެ ނަށީދު ތިޔަހަރީ. މިތާވެސް އެކަލޭގެ ވެރިކަމުގަ ހުރި ނަމަ މިވަރު ވަގުތުކޮޅެއްވެސް ނުލިބުނީސް.
ޏަ މްޏަ މް
16 April 2020
މާފު ކުރޭ. ތި ޓްރަ މްޕަށް އިތުބާރުކުރެވޭކަށް ނެތް
މަޖާ ގަޑު
16 April 2020
ނިކަން ބަލާ ވާހަކަ ބަދަލު ކޮށްލި ލެއް ސަޅިކަން؟ ޗައިނާގެ ލެބޯޓަރީ އަކުން ޗައިނާ އަށް ދޫކޮށްލި އެއް ކޯ..
ސިމްޕަލް
16 April 2020
މި ލިންކްގައިވާ ޚަބަރު ކިޔާލުމުން ޓްރަމްޕްގެ އެބަހަށް ބާރުލިބޭ. https://www.forbes.com/sites/kenrapoza/2020/04/14/the-washington-post-goes-rogue-china-lab-in-focus-of-coronavirus-outbreak/