ހެލްތު އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކް ރަޔަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
05 މެއި 2020 - 10:47
ޖެނީވާ (މެއި 5) - ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބްގައި އުފެއްދި އެއްޗެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވައި ތުހުމަތަށް ވޮޝިންޓަނުން އަދި މިހާތަނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
"ކޮރޯނާވައިފރަހަކީ ލެބެއްގައި އުފެއްދި އެއްޗެއް ކަމުގެ ޑޭޓާއެއް ނުވަތަ ސައެންޓިފިކް ވެސް ހެއްކެއް އެމެރިކާ ސަރުކާރުގެ ފަރާތުން އަދި ލިބިފައެއް ނުވޭ،" ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމެޕެއޯ އާދިއްތަ ދުވަހު ވިދާޅުވެފައި ވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ލެބެއްގައި އުފެއްދި އެއްޗެއްކަމުގެ އާ ހެކި ލިބިފައިވާ ކަމަށެވެ.
ޕޮމްޕެއޯ އަށް ރައްދު ދިނުމަށް ޗައިނާގެ ގައުމީ ޓީވީ ސީސީޓީވީން ބުނެފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ދައްކަވަނީ މޮޔަ ވާހަކަތަކެއް ކަމަށެވެ.
"ގައުމުގެ އެތެރޭގެ ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިއުމުން، މި އަހަރުގެ އިންތިޚާބުގައި ވޯޓުލާން ތިބި މީހުންނަށް އޮޅުވާލަން އެމެރިކާ އިން ދައްކާ ބަހަނާއެއް އެއީ،" ސީސީޓީވީން ބުނެފައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ކޮރޯނާވައިރަހަކީ ރިޔާސީ އިންތިޚާބުން އޭނާ އަށް ނާކާމިޔާބުވާން ޗައިނާ އިން އެދޭތީ އެ ގައުމުން އުފައްދާ ދޫކުރި އެއްޗެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
05 May 2020
ޓުރަމްޕަކީ ކިޔޭ ނުކިޔޭ އެއްޗެއްނޭގި ތަންދޮރުކުޑަވެ ބޮލުރޮދި ކެޑިފަހުންނަ އަދިއޭނަދައްކާވާހަކަ އަޑުއަހާމީހަކުނެއްމީހެއް, މިރާއްޖޭގަވެސް އުޅޭނެއެކަހަލަމީހެއް ހޯދަބަލަ!