އެމެރިކާގެ ރައީސް ޓްރަމްޕް (ކ) އާއި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް. --ފޮޓޯ:ޔޫއެސްއޭ ޓުޑޭ
19 މެއި 2020 - 17:08
ވޮޝިންޓަން (މެއި 19) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަކީ ޗައިނާގެ ޕަޕެޓެއް ކަމަށް ވިދާޅުވެ އެ ޖަމާއަތުން ވަކިވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ދެއްވައިފި އެވެ.
ކޮރޯނާވައިރަސް ފެތުރުނު ދުވަސްވަރު އެކަން ސިއްރުކޮށް އެކަށީގެންވާ ފިޔަވަޅު ޗައިނާ އިން އަޅާފައި ނުވާ ކަމަށް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރުމުގައި ޑަބްލިއުއެޗްއޯ އިން ވެސް އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ވައިރަސް މުޅި ދުނިޔެ އަށް ފެތުރުނީ ޗައިނާގެ ސަބަބުން ކަމަށާއި އެކަމާ ގުޅިގެން އެ ގައުމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ޑަބްލިއުއެޗްއޯ ނުކެރުނު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް އަށް ޓްރަމްޕް ފޮނުއްވި ސިޓީއެއްގައި ވަނީ އެ ޖަމާއަތުގެ ކަންކަން ރަނގަޅު ކުރުމަށް 30 ދުވަހުގެ މުހުލަތެއް ދެއްވައިފަ އެވެ. ނޫން ނަމަ އެމެރިކާ އިން ދޭ އެހީ ދާއިމަށް ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު ދީފައިވެ އެވެ. ޓްވިޓާ މެދުވެރިކޮށް ހޯމަ ދުވަހުގެ ރޭ ޓްރަމްޕް ސިޓީ އާއްމު ކުރެއްވި އިރު ޑަބްލިއުއެޗްއޯގެ ވޯލްޑް ހެލްތު އެސެމްބްލީގައި އެމެރިކާގެ ހެލްތު ސެކްރެޓަރީ އެލެކްސް އަޒާރު ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ޑަބްލިއުއެޗްއޯގެ އިހުމާލުން ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ސިއްހީ ކުއްލި ނުރައްކާ އިއުލާން ކުރުން ޑަބްލިއުއެޗްއޯ އިން ލަސްކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޕްރެޝަރު ކުރުމުންނެވެ. ޑަބްލިއުއެޗްއޯއާ އެކު ދެން ކުރިއަށް ދެވޭނީ އެ ޖަމާއަތް ޗައިނާގެ ކިބައިން ސަލާމަތްވީ ދުވަހަކުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ޑަބްލިއުއެޗްއޯ އަށް ދޭ އެހީ ހުއްޓާލާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ މިދިޔަ މަހު ވެސް ދެއްވައިފަ އެވެ. ޑަބްލިއުއެޗްއޯ އަށް މިދިޔަ އަހަރު ލިބުނު އެހީގެ 15 ޕަސެންޓް ހިއްސާކޮށްފައި ވަނީ އެމެރިކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދުން999
20 May 2020
ޑޮކްޓަރުން އަމަލުކުރާނީ ޑަބްލިޔޫއެޗްއޯގެ އެންގުމަށް. އެ ޖަމާއަތުން ކޮރޯނަ ވައިރަސްގެ ކަންތައް ހޭންޑުލް ކުރިގޮތާމެދު ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ސުވާލު އުފައްދާ އެބަ. އަދި އެކަން ބަލާ ތަހްގީގް ކުރަން ބައެއް ގައުމުތަކުންދަނީ ގޮވަމުން. ދުނިޔޭގެ ވިޔަފާރިތައް ހަލާކުކުރުމުގައި އެމެރިކާގެ ބޮޑެތި ނުފޫޒުގަދަ ވިޔަފާރި ވެރިން ހިމެނޭކަމަށްވެސް އެތައްބަޔަކު ދަނީ ތުހުމަތު ކުރަމުން. ވާނުވާ ނޭގޭ ހިސާބައް މިދަނީ
ރިހި ރާންބާގަސް
20 May 2020
މައްސަލައަކީ އެމެރިކާއިން އަބަދުވެސް މަސައްކަތްކުރަނީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއް އެމެރިކާގެ ޕަޕެޓް ކަމުގައި ހަދަން ! ތިމާއަށް ޖެހުނުގިލަނެއްގާ ފިދާވާނީ ހަމަ ތިމާ (ތިމާކުރާ ނުބައިކަންކަމުގެ ހިތިނަތީޖާ ބަރުދާސްތުކުރަން ޖެހޭނީ ހަމަ ތިމާއަށް).
ދަރަނި ދަންތުރަ
20 May 2020
މިއީ އަނެއްބުރާންތި
ޑިޑީމަގު67
19 May 2020
ޓެޑްރޯސްގެ ނާގާބިލްކަން؟ މެޑިސިން ނުކިޔަވާ ހުރިމީހަކަ ޑަބުލިއުއެޗް އޯ ހިންގަން ލިބުނީމަވާނީ މިހެން. ޗައިނާ ޕޮންސޯގަ އޭނަ އެމަގާމު ލިބުނީ. ޗިނާމީހުން އަތުޖެހުނު އެއްޗެއް ކައިގެން އުޅޭ ބަޔެއް. ވަލުޖަނަވާރުންގެ މާކެޓް ފުރަތަމަވެސް ބަންދު ކުރިނަމަ މިހެން ނުވީސް. މިޖެހުނީ ކޮރާނާ އާއެއްކޮން އެޅެން. ޗައިނާ ކޮމިނިސްޓް ސަރުކާރު އެވަރަ ދޮގުވެސް އަދާ.
ކައްކާ
19 May 2020
ދުނިޔޭގެ ކަންކަން މިދަނީ ބަދަލުވަމުން. އެއްއިރެއްގައި އ.ދ އަކީ އެމެރިކާއާއި ހުޅަނގުގެ އިސްތިއުމމާރީ ގައުމުތަކުން ބޭނުންވާ ހުރިހާކަމެއް ކުރަން ބޭނުންކުރިތަނެއް. މިއަދު އ.ދ ވެސް ކޮންޓްރޯލުކުރަނީ އޭޝިއާއިން. މިފަދަ ބަދަލެއް ދުނިޔެއަށް އަންނައިރު ތިކަހަލަ އެތައް ސިޓީއެއް ފޮނުވާނެ، އަޅާލާނިކަމެއްނެތް.
ބަދަލު
20 May 2020
އެ ބަދަލު ނާންނާނެހެން މިދުވަސްވަރު އެމެރިކާއިން އެދަނީ އަނެއްކާވެސް ފިނި ހަނގުރާމައެއް ކުރަމުން. ސޯވިއެޓް ޔޫނިއަން އެމެރިކާއާ އަރާ ހަމަކުރުމުން ކަންވީގޮތަށް. މިކަންކަން އިތުރަށް ވަރުގަދަކުރެވޭނީ ދުނިޔެއަށް ރަނގަޅު އެކްސްކިއުޒްއެއް ދައްކާފަ. "އިއްތިފާގަކުން" ކޮރޯނާއާހެދީ އެކަންވެސް މިއޮތީވެފަ.
ފަސުޗީނުކަރަަ
19 May 2020
މަށަށް ހަމަ ގަބޫލު ނުކުރެވޭ ޗައިނާގައި 82 ހާސް މީހުން އެކަނި ބަލިޖެހުނުކަމަށް. މާގިނަވާނެ. އެމީހުން ފޭކީ ހަމަ.
ބައިސްކަލްު
19 May 2020
ޗައިނާއިން ބުނާއެއްޗެއް ގަބޫލުނުކުރެވި އެހެންގައުމުތަކުން ބުނާއެއްޗެއް ގަބޫލުކުރަންޖެހޭ ސަބަބެއް ވަކި އެބައޮތްތަ. އެހެންވީމމމަ ކަލެއަށް އޮތީ އަމިއްލައަށް ގަބޫލުކުރެވޭ އަދަދު އަމިއްލައަށް އުފައްދައިގެން ގަބޫލުކޮށްގެން ހުރުން.
ސީރިއަސްކޮށް
19 May 2020
އަދި ޓްރާމްޕަކީ އިޒުރޭލުގެ ޕަޕެޓެއް....
އަހުމަދު މު ހައްމަދު
19 May 2020
15 ޕަސެންޓް ދީފަ ރަސްކަން ކުރަން ނޫޅޭ. އެބަޔަކު އަ މިއްލަޔަށް އެބަޔަކު ބޭނުން ފިޔަވަޅެއް އެޅޭނެ. ވައިރަސް އުފަދާފަ އަތަށް ގޮވީމ މަ ހޭރޭނެ ކަ މެއް ނެތް
ައަފުރާސިޔާބު
19 May 2020
މަށަށް ފެންނަނީ ޔޫ.އެން. އިންވެސް އެމެރިކާ ވަކިވާން. އެއީ މިހާރު އެމެރިކާ ބުނާގޮތަށް އެތަނުން މަދުންނަމަވެސް ޢަމަލު ނުކުރާތީ. އަނެއްކާ ޗައިނާއާ ރަޝިޔާ އެމީހުންގެ ވީޓޯގެ ބޭނުންވެސް ކުރާތީ. އެމެރިކާ ކުރަންވީ ކަމަކީ ޔޫ.އެން އިން ވަކިވެ އައު ޖަމާއަތެއް ހަދައި ސަމާމަތީ މަޖިލީހަށް އެމެރިކާ އިސްރާއިލު، ސައޫދީ، އިންޑިއާ ހިމަނައިގެން އަލުން ފައުޖުތައް ރުކުރުވާލަން.
ސްކިޕަރ
19 May 2020
މިރާއްޖޭގެ ޓުރަމްޕު މިކަމާއިމެދު ބުނަން އޮތީ ކީކޭ؟ މިހާތަނަށްވެސް މިރާއްޖޭގެ ޓުރަމްޕާ އެމެރިކާ ޓުރަމްޕުގެ ވާހަކަތައް ދާދި އެއްގޮތް. ޓުރަމްޕު ދަނީ ލޮކްޑައުން އުވާލާ ގައުމު ހުޅުވަން ގޮވާލާ ހަޅޭލަވަމުން.