ކޮވިޑް-19 އަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭސް ބޭނުން ނުކުރުމަށް ރިސާޗަރުން ވަނީ އިންޒާރު ދީފައި. --ފޮޓޯ:ގެޓީ އިމޭޖަސް
26 މެއި 2020 - 16:49
ޖެނީވާ (މެއި 26) - ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމުގައި، މެލޭރިއާ ބަލި މީހުންނަށް ދޭ ބޭސް ހައިޑްރޮކްސީކްލޮރޯކްއީން ދިނުމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކުރަމުން ގެންދިޔަ ތަހުލީލުތައް ހުއްޓާލައިފި އެވެ.
އދ.ގެ އެޖެންސީން ބުނީ އެ ތަހުލީލުތައް ހުއްޓާލީ ރައްކާތެރިކަމުގެ ގޮތުން ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. އަދި އެ ތަހުލީލުތައް ވަރަށް ގިނަ ގައުމުތަކުން ވެސް ހުއްޓާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ. ތަހުލީލުތައް ހުއްޓާލާފައި ވަނީ މެލޭރިއާ ބޭސް ކޮވިޑް-19 ގެ ބަލި މީހުންނަށް ދިނުމުން މަރުވާ ރޭޓް އިތުރުވެފައިވާ ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ދެއްކުމުންނެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް މެލޭރިއާ ބޭސް ބޭނުން ކުރުމަށް އެންމެ ބޮޑަށް ހިތްވަރު ދެއްވި ބޭފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެ ބޭސް ޓްރަމްޕް ޕްރޮމޯޓް ކުރައްވާފައި ވަނީ ސިއްހީ އޮފިޝަލުންގެ އިރުޝާދާ ދެކޮޅަށެވެ.
ސިއްހީ މަޖައްލާއެއް ކަމަށްވާ "ދަ ލާންސެޓް" އިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ހައިޑްރޮކްސީކްލޮރޯކްއީން ދީގެން އެއްވެސް ފައިދާއެއް ފެނިފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ބޭސް ދިނުމުން މަރުވާ ރޭޓް އިތުރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ލާންސެޓުގެ ދިރާސާގައި ވަނީ 90،000 މީހުން ބޭނުންކޮށްފަ އެވެ. އޭގެ ތެރޭން 15،000 މީހުންނަށް ވަނީ ހައިޑްރޮކްސީކްލޮރޯކްއީން ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
26 May 2020
ޢެހެންވީމާ މޮޑީ ރާއްޖެއަށް ދިން 50 ހާސް ގުޅަ އަބުރާ ފޮނުވާލާ.