އިޒްރޭލާއި ޔޫއޭއީގެ ސުލްހައިގެ އެއްބަސްވުން ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ވައިޓް ހައުސްގައި ރޭ އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
14 އޯގަސްޓް 2020 - 10:26
ގުދުސް (އޮގަސްޓް 14) - އިޒްރޭލާ އެކު ގުޅުން ގާއިމްކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ގާއިމްކުރި އެއްބަސްވުމަކީ "ތޫނު އެއްޗަކުން ފަހަތުން ދިން ހަމަލާއެއް" ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ފަލަސްތީނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ބުނެފި އެވެ.
އެއްބަސްވުން ކުށްވެރިކުރަމުން ހަމާސް ޖަމާއަތުން ބުނެފައި ވަނީ އެއީ މަކަރުވެރި ގޮތުގައި ފަލަސްތީނަށް ދިން ހަމަލާއެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ވަނީ ފަލަސްތީނުގެ މީހުންގެ ހައްގުތައް ނިގުޅައިގެންފައި ކަމަށް ވެސް ބުނެފައިވެ އެވެ.
"އެ އެއްބަސްވުމުން ފަލަސްތީނުގެ ކެކުޅުންތަކަށް ލިބޭނެ އެއްވެސް ލުޔެއް ނެތް. އޭގެ ބަދަލުގައި ފައިދާ ވާނީ ޒަޔަނިސްޓް ގައުމަށް. އެ އެއްބަސްވުމުން ހިތްވަރުދީފައި ވަނީ ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަތުމަށާއި ފަލަސްތީނުގެ ބިންތައް ހިފުމަށް. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިތުރު ޖަރީމާތައް ހިންގަން،" ހަމާސް ޖަމާއަތުގެ ތަރުޖަމާން ހާޒިމް ގައްސާމް ވިދާޅުވި އެވެ.
ފަތަހަ ޖަމާއަތުން ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ވޭންތަކަށް ހައްލު ހޯދައިދޭން ޔޫއޭއީ އިން އަދާކުރަން ޖެހޭ ވާޖިބަށް އެ ގައުމުން ވަނީ މަލާމާތްކޮށްފައި ކަމަށެވެ.
ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހަނާން އަޝްރާވީ ވަނީ އެ އެއްބަސްވުން ކުށްވެރި ކުރައްވައިފަ އެވެ. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކަށް އިޒްރޭލަށް ލިބުނު އިނާމެއްގެ ގޮތުގައި އޭނާ ވަނީ އެ އެއްބަސްވުން ސިފަ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަފުރާސިޔާބު
14 August 2020
ސައޫދީންނާއި ގަލްފުގެ ގައުމުތަކުން އެއްވެސް އިރެއްގައި ފަލަސްޠީނު މިނިވަން ކުރުމުގެ މަސައްކަތެއް ނުކުރޭ. އޭގެ ސަބަބަކީ އިނގރޭސިންނާއެކު އެމީހުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޒަޔަނިސްޓް ދައުލަތެއް ފަލަސްޠީނުގައި ދަމަހައްޓަން ޖެހޭތީ. އިސްލާމުންނަށް ކުރިމަތިވެފައިވާ ދެމައްސަލާގައި އެބައިމީހުން އެހީތެރިވަނީ މުސްލިމުންގެ ދުށްމަނުންނަށް. ފަލަސްޓީނުގެ މައްސަލާގައި އިސްރާއީލަށް ކަޝްމީރުގެ މައްސަލާގައި އިންޑިއާއަށް އަރަބިން ތާއީދު ދެނީ.
އަމީންދީދީ
14 August 2020
ސައޫދީން މިހާރު ގެންގުޅެނީ "ސައޫދީ ފަސްޓް" ޕޮލިސީ. ފަަލަސްތީނު ނިމިވަން ދައުލަތަަކަށް ހަދަން މަސައްކަތް ކުރުމަށްވުރެ ސައޫދީ ވެރިންނަށް ފައިދާ ބޮޑީ އެމެރިކާ އާއި ޔަހޫދީންނާ ގާތް ގުޅުމެއް ބޭއްވުން. މިހާރު އެކަން ކުރަނީ ވަރަށް ފާޅުގައި. އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރީ ސައޫދީގެ ސަޕޯޓާއެކު، އަދި އެމެރިކާ، އިޒްރޭލް، ސައޫދީ ޕީސް ޕްލޭނެއް އެކުލަވާލާ އެއަށް ފަލަސްތީނުން އެއްބަސްވާންވަނީ އަންގާފައި. މިކަން ވައިވީ ހަޝޯޖީ މައްސަލާގައި
ބިއްސާ ވެލި
14 August 2020
ސައޫދީން މިހާރު ގެންގުޅެނީ "ސައޫދީ ފަސްޓް" ކޮންދުވަހަކުތޯ ސައޫދީން ދުނިޔޭގެ އެތައްމިތަނުގަ އަނިޔާ ލިބެމުން ދާ މުސްލިމުން ނަށް އޯގާތެރި ކަމުގެ އަތެއް ދިއްްކުރީ އޭގެ ބަދަލުގަ ކަޝްމީރުގެ ރައްޔިތުންާ ދެކޮޅަށްް އިންްޑިއާ ފަސްޓް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލް ފަސްޓް ނޫންތޯ؟؟؟؟
ވައިސޫރި
14 August 2020
އިސްލާމީގައުމުތަކުގެ ވެރިން އެއްގަލަކައްއަރާ އިޒުރޭލާ އެމެރިކާ އެކަހެރިކޮއް ސިޔާސީގުޅުން ކަނޑާލުމައްފަހު ވިޔަފާރިގުޅުންތައް ސަސްބެންޑުކޮއް އަލިފުދާލުން ވަގުތީގޮތުންވަކިވެ އަރަބިލީގުން ނިންމާނިންމުންތައް ތަންފީޒް ކުރަންފަށާފި ކަމުގާވާނަމަ އަލިމަގެއް ފެނިދާނެ
ައަފުރާސިޔާބު
14 August 2020
މުޅިންވެސް ތިޔަ ދެއްކުނީ އިސްރާއީލަށް ސަޕޯޓް ދޭ މީހުންގެ ވާހަކަ. އަރަބި ލީގަކީ ޔަހޫދީން ކޮންޓްރޯލް ކުރާ ލީގެއް. އިސްލާމިކް ޓެގް އަޅުވައިގެން މިހާތަނަށް ސިއްރުން އުޅު ސައޫދީ ޔޫ.އޭއީ ބަހުރައިން އެވަނީ ސީދާ ފާޅުގައި ޔަހޫދީންނާ އެއްކޮޅަށް ނުކުމެފައި. 60 ވަރަކަށް އަހަރުވެއްޖެ މުސްލިމުންގެ ބޯކާލައިގެން ފަތިފުށް ފޮރުވައިގެން ސިއްރުން އުޅޭތާ.
ށްސި
14 August 2020
އެހީތެރިކަމެއް ނުދޭތާ އަނިޔާވެރިކަމަށް ވާގީދޭ އިސްލާމީ ބޮޑެތި ގައުމުތަށް
އަމީރާ
14 August 2020
މިއީ ސައޫދީން އިސްނަގައިގެން ހިންގާ ޖަރީމާއެއް. ސައޫދީން ވަނީ އިޒްރޭލް އަކީ ސައޫދީގެ ސްޓެޓީޖިކް ޕާޓްނަރެއްގެ ގޮތަށް ރަސްމީކޮށް ކަނޑައަޅާފައި. ކުރިއަށް އޮތްތަނުގައި އިޒްރޭލަށް މޮޅު ހޯދައިދޭން ސައޫދީ އިން ކުރާ މަސައްކަތް އިތުރަށް ހާމަވެގެންދާނެ. ނަތީޖާއަކަށްވާނީ ޔޫއޭއީއާ އެއްގޮތަށް އިސްލާމީ އެހެން ބައެއް ގައުމުތަކުން އަމަލު ކުރަން ފެށުން
ޖީހާން ބިންތު އަބްދުލް އަޒީޒް އަލް ސައުދު
14 August 2020
ސައުދީ ގޯސްވާނެ ކަލޭމެންނަށް އެ ވަރިހަމަ އެފްރިކާގެ މުސްލިމުންކުރިކަމެއްވިޔަސް
ައަފުރާސިޔާބު
14 August 2020
މުޅިދުނިޔޭގެ މުސްލިމުންގެ ސަރުކާރުތައް ފައިސާގެ ބާރުގައި ކޮންޓްރޯލް ކުރަމުން އައި ސައޫދީންނާއި އަރަބި ރަސްކަލުން. އެމީހުން ސިއްރިޔާތުގެ އެގްރިމެންޓް ތައް އިނގިރޭސީންނާއެކު ހަދާފައިވަނީ އިސްރާއީލު ކިޔާ ދައުލަތެއް ފަލަސްޠީނުގައި ދަމަހައްޓަން. ދެން އިސްލާމީ ދަރިވަރުންނަށް ވިސްނާދެމުންދަނީ ޔަހޫދީންގެ މައްޗަށް މުސްލިމުން ބާރުވެރިކުރައްވާނޭ ކަން ﷲ ވަނީ އަންގަވާފަޔޭ އެހެންވީމާ އެދުވަހަކާ ހަމަޔަށް މަޑުން ތިބޭށޭ. އެއިރުން އެކަން ވާނެޔޭ.