ޗައިނާގެ ވަފުދުން ލަންކާގެ އިސް ވެރިންނާ ބައްދަލުކުރަނީ. --ފޮޓޯ:އޭއެފްޕީ
15 އޮކްޓޯބަރ 2020 - 11:18
ކޮލަމްބޯ (އޮކްޓޯބަރު 15) - ކޮރޯނާވައިރަހުގެ ރޯގާ އަށް ފަހު ދަތުރުފަތުރު އަލުން ފެށުމުން ޗައިނާގެ ޓޫރިސްޓުން ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނޭނެކަމުގެ ޔަގީންކަން ބެއިޖިން އިން ދީފި އެވެ.
ޗައިނާ އިން ދާދި ފަހުން ލަންކާ އަށް ޒިޔާރަތްކުރި މަތީ ފެންވަރުގެ ވަފުދުން ވަނީ ދެ ގައުމުގެ މެދުގައި ޓޫރިޒަމް އަލުން ފެށުމާ ގުޅޭ ގޮތުން މަަޝްވަރާކޮށްފަ އެވެ. ޗައިނާގެ ޓޫރިސްޓުން ލަންކާ އަށް ފޮނުވައިދިނުމަށް އެދުމާ ގުޅިގެން ޗައިނާ ވަފުދުގެ ވެރިޔާ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓް ބިއުރޯގެ މެންބަރު ޔަންގް ޖިއެޗީ ވަނީ އެކަމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.
ޗައިނާ އާއި ލަންކާއާ ދެމެދު ވައިގެ ދަތުރުތައް ފެށުމުގެ ކުރިން ދެ ގައުމުން ވެސް ވަނީ ސިއްހީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެއްބަސްވެފަ އެވެ.
"ދެ ގައުމުގެ މެދުގައި ޓްރޭވަލް ބަބްލްއެއް އުފެއްދޭނެ ގޮތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައި،" ކޮލަމްބޯގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ޗައިނާ އާއި ސްރީ ލަންކާ އިން ވެސް ވައިރަސް ކޮންޓްރޯލްކޮށްފައިވާތީ ޗައިނާގެ ޓޫރިސްޓުން ގައުމުން ބޭރަށް ދަތުރު ކުރަން ފެށުމުން އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ލަންކާ ހަމަޖައްސާނެ."
ޗައިނާގެ 260،000 ޓޫރިސްޓުން 2018 ވަނަ އަހަރު ލަންކާ އަށް ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތްކޮށްފައި ވަނީ 167،000 ޓޫރިސްޓުންނެވެ. ޗައިނާގެ ޓޫރިސްޓުންގެ އަދަދު މަދުވެފައި ވަނީ ލަންކާގައި ދިން އީސްޓާ ސަންޑޭ ހަމަލާއާ ގުޅިގެންނެވެ.
ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެ ގައުމުގެ 169.21 މިލިއަން ޓޫރިސްޓުން ވަނީ އެކި ގައުމުތަކަށް ދަތުރުކޮށްފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 4.5 ޕަސެންޓް އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުޓްރަލް
15 October 2020
ޗައިނާގެ އިކޮނޮމީ އަކީ ދުނިޔޭގެ ދެވަނަޔަށް އެއްމެ ބޮޑު އަދި އިންޑިޔާއަށްވުރެ ފަސް ގުނަ ބޮޑު އިކޮނޮމީއެއް. އެމެރިކާއިން ބައިވަރު ދަތިކުރުމުގެ ފިޔަވަޅު އަޅާ ހަނގުރާމައެއްކުރުން ކަހަލަ ކަމެއް ނުކުރަންޏާ ކުރިއަށް އޮތް ދިހަވަރަކަށް އަހަރުތެރޭ އެއްމެ ބޮޑު އިގްތިސާދަށްވެސް ވުން އެކަށީގެންވޭ. އެއީ މިހާރުވެސް ދުނިޔޭގެ އެއްމެ މުއްސަދިން ގިނަ އަދި އެއްމެ ބޮޑު މިޑްލް ކްލާސްވެސް އޮތް ގައުމު. ރާއްޖެއަށް މިހާރުވެސް އެއްމެ ގިނަ ޓުއަރިސްޓުން އަންނަ ގައުމު.
އަކުލާޤް
15 October 2020
މިކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ މަޖުލިހުގެ ރައީސް. ކެނޑި ނޭޅި ޗައިނާއާއި ދިމާކޮށް އުޅުމުގެ ނަތީޖާ!
ސިކުނޑި
15 October 2020
މަޖިލީހުގެ ރައީސަށް ވަރަށް ވެދުން! މުގުކޮޅެއް ކައިގެން ކުރިޔަށް އޮތް 3 އަހަރު ހިފަހެއްޓޭތޯ މަސައްކަތްކުރާތި ހުރިހާ ރައްޔިތުންވެސް!
ހާސަރު
15 October 2020
ޗައިނާ ޓްއަރިސްޓުން އެންމެ އަންނަން ބޭނުންވާ ގައުމަކީ ރާއްޖެ ލަހެއްނުވެ ރާއްޖެއަށްވެސް ޗައިނާ ޓްއަރިސްޓުން އަންނާނެ. އެކަމަކު ރާއްޖޭގައި ކޮވިޑް މައިތިރިވެގެން އެކަންވާނީ . ލަންކާ އެއޮތީ ރާއްޖެއާއި އަޅާބަލާއިރު މާރަގަޅަށްވެސް ކޮންޓްރޯލް ކޮށްފަ.
ދޭސީ
15 October 2020
ރާއްޖެއިން ހާހެއް ނުވާނެ. އެއޮތީ އިންޑިޔާއާ އެކީ ޓްރެވެލް ބަބްލް ހަދާފަ. ދެން ބަލަންތިބޭ ޓުއަރިސްޓުންތައް އަންނަވަރުން ނުކުޅަދާނަ ވާނެ
އާމިނާފުޅު
15 October 2020
މިސަރުކާރުން އުޅެނީ މި ގައުމަށް އިންޑިޔާގެ ސިފައިންކޮޅެއް ނުގެނިވެގެން. ދެން ބަލަނީ ކޮޗިން ފެރީން ވެރިއެއް ގެނެވޭތޯ
20000
15 October 2020
ޜާއްޖެއަކަށް ނާންނެ . މިހާރު ރާއްޖެ ގެންގުޅޭ ވަކި ފަރާތަކަށް ބުރަވެފައި ވާ ޚަރިޛީ ސިޔާސަތެއް. ގައުމަށް ގެއްލުން ވާނެ ހުރިހާ ކަމެއް މިސަރުކާރުން ކުރި
ކުރަފި
15 October 2020
ޗައިނާއިން އެކަނި 169 މިލިއަންމީހުން ވަނީ އެކިގައުމުތަކަށް ދަތުރުކޮޮށްފައެވެ. އަހަރެމެން މިއުޅެނީ މުޅިދުނިޔެއިން މިލިއަނެއްހާމީހުން ނުގެނެވިގެން. އެކަމަކު މިވަރު ޓުއަރިޒަމެއްއޮތްތަނެއް ނެތޯ.
ަަސިހާން
15 October 2020
ރާއްޖޭން އުޅެނީ އިންޑިޔާ ފިޔާ ނުގެނެވިގެން.
ވިސްނާލުމަކި
15 October 2020
ޗައިނާއިން އަންނަ ވަރާއި ގާތަށްވެސް އިންޑިޔާއިން ޓޫރިސްޓުން ރާއްޖެއަށް ނާދޭ. ރާއްޖެއިން ޗައިނާއާ ޖައްސާލުމުގެ އުސޫލު ދުއްވާލަންޖެހޭ. ޓޫރިސްޓުން އަންނަނީ ފައިސާ ހިފައިގެން. ފައިސާއަށް ބޭނުންޖެހެނީ އަހަރުމެން. ފައިސާއަކީ ވާރޭ ވެހޭހެން މަތިނ ފައިބާ އެއްޗެއްނޫން.
ތަައްކާނުބެ
15 October 2020
ހޮޅި ވާހަކަ! ދުނިޔޭގެ ހަބަރުތައް ބަލާމީހަކަށް އެނގޭނެ ވާން މިއުޅޭގޮތް! އެމެރިކާ، ޖަޕާން، ޔޫރަޕް އޮތީ ޗައިނާ މައިތިރިކުރަން ރަނގަޅަށް ހިފާފަ! ކޮވިޑް19 އަކީ ޗައިނާގެ އުފެއްދުމެއް! އިންޑީޔާ އަށް ތާއީދުކުރަނީއެއްނޫން! އެކަމަކު ޗައިނާއަށް ވުރެން އިންޑިޔާ އާ ދިވެހިރާއްޖޭގެ އޮތް ގާތްކަން މާބޮޑު!އަދި ބޭނުން ޖެހޭއިރު އެންމެ ގާތުގައިވަނީވެސް އިންޑިޔާ!އިންޑީޔާ އަކީ ހަގީގީ ދިވެހިންގެ އެކުވެރިން! ޗައިނާ އައުޓް!