ދުނިޔެ / އިންޑިއާ

29 ބިލިއަން ޑޮލަރުގެ ޓެކްސް ނުދައްކާ ކަމަށް އިންޑިއާގެ އާއިލާއަކުން ބުނެފި

އިންޑިއާގައި ގެންގުޅޭ ކަޅު ފައިސާ ސާފު ކުރުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ތަފާތު ޕްރޮގްރާމްތައް ތައާރަފް ކުރައްވާފައި.

05 ޑިސެމްބަރ 2016 - 15:29

1 comments

މުމްބާއީ (ޑިސެމްބަރު 5) - ހަތަރު މީހުން ހިމެނޭ އިންޑިއާގެ އާއިލާއެއްގެ އާމްދަނީން 29 ބިލިއަން ޑޮލަރުގެ ޓެކްސް ނުދައްކާ ކަމަށް އެ މީހުން ސަރުކާރަށް އަންގައިފި އެވެ.

އިންޑިއާގެ މި އާއިލާގެ އާމްދަނީ އަކީ ހަގީގަތެއް ނަމަ އިންޑިއާގެ އެންމެ މުއްސަނދި މީހާ އަށް ވުރެ އެ މީހުންގެ މިލްކިއްޔާތުގައި ފައިސާ ގިނަ އެވެ. މުމްބާއީގެ ސައީދު އާއިލާ އިން ވަނީ ދެ ޓްރިލިއަން ރުޕީސް ޑިކްލެއާ ކޮށްފަ އެވެ. އެހެން ކަމުން މުކޭޝް އަމްބާނީގެ 21 ބިލިއަން ޑޮލަރަށް ވުރެ އެ މީހުންގެ މުއްސަނދިކަން ބޮޑެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ އާއިލާގެ އާމްދަނީ ޑިކްލެއާކުރީ ޓެކްސް ނުދައްކާ ފޮރުވައިގެން ގެންގުޅޭ ފައިސާ އިން ޓެކްސް ދެއްކުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެއްވި ފުރުސަތުގައި ކަމަށެވެ. ސަރުކާރުގެ މި ޕްރޮގްރާމުގެ ދަށުން ގުޖުރާތު ސްޓޭޓުގެ މަހުޖަނަކު ވެސް ވަނީ 138.6 ބިލިއަން ރުޕީސް ޑިކްލެއާކޮށްފަ އެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ވަނީ އެ ދެ ހުށަހެޅުން ގަބޫލް ނުކޮށްފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ދެ ހުށަހެޅުމުގައި މައްސަލަ އުޅޭ ކަމަށާއި އެއީ ސައްހަ ހުށަހެޅުމެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިފަދަ ކަމެއް ކުރުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯ ވެސް ބަލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ގުޖުރާތުން 138 ބިލިއަން ރުޕީސް ޑިކްލިއާ ކުރި މަހޭޝް ޝާހުއާ ޓެކްސް އޮފިޝަލުން ވަނީ ސުވާލު ކޮށްފަ އެވެ. އިންޑިއާގެ ބައެއް ޓީވީތަކަށް ޝާހު ބުނެފައި ވަނީ އެއީ އޭނާގެ ފައިސާ ނޫން ކަމަށާއި އެއީ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ ފައިސާ ކަމަށެވެ.

ކަޅު ފައިސާ ސާފު ކުރާނެ ކަމަށް އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ބޮޑު ވަޒީރު މޯދީ ސެޕްޓެމްބަރު މަހު ވަނީ ޓެކްސް ނުދައްކާ މީހުންގެ ފައިސާ ޑިކްލެއާ ކުރުމަށް ފުރުސަތު ދީފަ އެވެ. އެ ޕްރޮގްރާމުގެ ދަށުން ވަނީ 673.8 ބިލިއަން ރުޕީސް ހޯދައިފަ އެވެ. އެ ފައިސާ އިން ވަނީ 45 ޕަސެންޓުގެ ޓެކްސް ނަގައިފަ އެވެ. މޯދީ މިދިޔަ މަހު ވަނީ އިންޑިއާގައި ދައުރުވާ ފައިސާގެ 86 ޕަސެންޓް ކަމަށްވާ 500 އާއި 1،000 ރުޕީސްގެ ނޫޓް ކުއްލި ގޮތަކަށް އުވާލައިފަ އެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

05 December 2016

ތެދެއް މިވަގުތަށް އެއީ ސިޔާސީ މީހުންގެ ފައިސާއެެެެެެެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454