ކުޅިވަރު / ވޯލްޑް ކަޕް 2022

މެސީގެ ހުރިހާ އުންމީދެއް ހާސިލުކޮށް އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

އާޖެންޓީނާ އަށް މުބާރާތުގެ ތަށި މެސީ އުފުލާލަ ދެނީ --- ފޮޓޯ: އޭއެފްޕީ

18 ޑިސެމްބަރ 2022 - 22:55

45 comments

ލުސައިލް (ޑިސެމްބަރު 18) - ތަށި ދިފާއު ކުރަން ނުކުތް ފްރާންސްގެ މައްޗަށް ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 ން ކާމިޔާބު ހޯދައި ކެޕްޓަން ލިއޮނެލް މެސީގެ އުންމީދުތައް ހާސިލުކޮށް އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ނަތީޖާ 2-2 ން އެއްވަރުވެ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ދެވަނަ ހާފުގައި ދެ ޓީމުން ޖެހި ދެ ލަނޑާއެކު މެޗު ނިމުނީ 3-3 ން އެއްވަރުވެގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ފްރާންސްގެ ކިލިޔަން އެމްބާޕޭ ކާމިޔާބު ކުރި އެވެ. ފްރާންސްގެ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއު ކުރި އެވެ. އައުރޭލިއަން ޗުއަމެނީ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ކޯލޯ މުއާނީ ޖެހި ޕެނަލްޓީ ވައްދާލި އެވެ.

އާޖެންޓީނާގެ ހުރިހާ ޕެނަލްޓީއެއް އެ ޓީމުން ކާމިޔާބު ކުރި އެވެ. މެސީ އާއި ޕައުލޯ ޑިބާލާ އަދި ލިއަންޑްރޯ ޕަރެޑޭސްގެ ޕެނަލްޓީ ވެސް ވައްދާލި އެވެ. އާޖެންޓީނާ މެޗުން މޮޅުކޮށް ދިން ޕެނަލްޓީ ވައްދާލީ ގޮންޒާލޯ މޮންޓިއެލް އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ: ވޯލްޑް ކަޕް ތަށީގައި އަތްލައިގެން ތައްޓަށް ބޮސް ދެނީ: މެސީ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި މިހާރު ހުރިހާ ކާމިޔާބެއް ހޯދާފަ --- ފޮޓޯ: އޭއެފްޕީ

މި ކާމިޔާބު އެންމެ ހާއްސަވާ ކުޅުންތެރިޔަކީ އާޖެންޓީނާގެ މެސީ އެވެ. މެސީގެ މި ކާމިޔާބާ އެކު އޭނާ ވަނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހާސިލު ކުރާނެ ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް އަދަދަކަށް ހޯދައިފައިވާ މެސީ އަށް ފުޓްބޯޅައިގައި މީގެ ކުރިން ނުލިބި އޮތީ ވޯލްޑް ކަޕް އެކަންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ މެސީގެ އެންމެ ފަހު ވޯލްޑް ކަޕެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ކަމުގެ އިތުރުން ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަންކަން ވެސް އާޖެންޓީނާ އަށް ހޯދައި ދިނެވެ. އަދި 2004 ގެ އޮލިމްޕިކް ފުޓްބޯޅައިން އާޖެންޓީނާ ރަން މެޑަލް ހޯދިއރު އެ ކާމިޔާބުގައި ވެސް އޭރުގެ ޒުވާން ކުޅުންތެރިޔާ މެސީގެ ހިއްސާ ބޮޑެވެ.

ކުރީގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް މިރޭ ގަތަރުގެ ލުސައިލްގެ އޮއިކޮނިކް ސްޓޭޑިއަމްގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ދިނީ ވެސް މެސީ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ހޫލިއަން އަލްވަރޭޒް ދިން ބޯޅައިން ޖެހީ އޭންހަލް ޑީ މާރީއާ އެވެ.

ދެވަނަ ހާފުގައި ފްރާންސުން ފުރުސަތު ހޯދައި އެއްވަރު ކުރީ 97 ސިކުންތު ތެރޭ ދެ ލަނޑު ޖަހައިގެންނެވެ. ދެވަނަ ހާފުގެ ފަހު ކޮޅުގައި ކިލިޔަން އެމްބާޕޭ ފްރާންސަށް ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ލަނޑު ޖަހައި ދީ އެ ޓީމަށް އުންމީދެއް ހޯދައި ދިނެވެ. ލިބުނު ހިތްވަރާއެކު އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އެކަމަކު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގައި މެސީ އިތުރު ލަނޑެއް ޖަހައި ދީ އާޖެންޓީނާ އަށް އަލުން ލީޑް ނަގައި ދިނެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައި ދިނުމަށް ފަހު ކެޕްޓަން ލިޮނެލް މެސީ މުބާރާތުގެ ތަށި އުފުލާލަނީ --- ފޮޓޯ: އީޕީއޭ

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހުކޮޅުގައި އެމްބާޕޭ ވަނީ ފްރާންސަށް ލިބުނު ޕެނަލްޓީ ވައްދާލައި މެޗުގެ ނަތީޖާ 3-3 އަށް އެއްވަރުކޯށް ދިފަ އެވެ. އެމްބާޕޭ ޖެހި ތިން ލަނޑާއެކު އޭނާ ވަނީ 1966 ގެ ފަހުން ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އިންގްލެންޑްގައި 1966 ގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ހުޅަނގު ޖަރުމަނާ ދެކޮޅަށް އިންގްލެންޑުން 4-2 ން މޮޅުވި މެޗުގައި އިންގްލެންޑްގެ ލެޖެންޑް ޖެފް ހާސްޓް ހެޓްރިކް ހަދަިއިފަ ވެއެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އާޖެންޓީނާގެ އެންޒޯ ފެނާންޒޭޒް އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އެ ޓީމުގެ މާޓިނޭޒް އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް އެވޯޑް ހޯދީ އެމްބާޕޭ އެވެ. އޭނާ ވަނީ މުބާރާތުގައި އަށް ލަނޑުޖަހައިފަ އެވެ. މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މެސީ އެވެ. މިއީ އޭނާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ގައި ވެސް އޭނާ ވަނީ ވޯލްޑް ކަޕް މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. އެފަހަރުގެ ފައިނަލުގައި އާޖެންޓީނާ ބަލިވީ ޖަރުމަން އަތުންނެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެމްބާޕޭ، އެންމެ މޮޅު ކީޕަރު މާޓިނޭޒް، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި މެސީ، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެންޒޯ ފެނާންޑޭޒް ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާއިން ވޯލްޑް ކަޕް ޗެމްޕިއަންކަން މި ހޯދީ 36 އަހަރަށް ފަހު އާޖެންޓީނާއިން މީގެ ކުރިން ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދީ 1986 ގައި އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ކެޕްޓަންކަމުގެ ދަށުންނެވެ.

ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުން ހެދި ލުސައިލް ސިޓީގައި މިރޭ ކުޅުނު މެޗާ އެކު މި އަހަރުގެ ވޯލްޑް ކަޕު ނިމުނީ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ. ޔޫރަޕްގެ ހަތް ގައުމަކުން ގަތަރަށް ކުރިމަތި ކުރި ފިންތުންތަކާ އެކު ވެސް އެ ގައުމުން ވޯލްޑް ކަޕަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ދިން މެހެމާންދާރީ އަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

ދެން ފިރިހެނުންގެ ވޯލްޑް ކަޕް ބާއްވާނީ 2026 އެވެ. އެ މުބާރާތް އޮންނާނީ އުތުރު އެމެރިކާގެ އެންމެ ބޮޑު ތިން ގައުމު ކަމަށްވާ. އެމެރިކާ، މެކްސިކޯ އަދި ކެނަޑާގަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަށް ފަހު 32 ޓީމުގެ ފޯމެޓަށް އަމަލުކުރުން ފީފާއިން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެމެރިކާ، މެކްސިކޯ ކެނަޑާގައި ބާއްވާ މުބާރާތުން ފެށިގެން ވޯލްޑް ކަޕްގައި 48 ޓީމު ވާދަ ކުރާގޮތަށް ފީފާއިިން ވަނީ ހަމަޖައްސައިފަ އެވެ.

45 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 15%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނީސާ

20 December 2022

ދޮންކަލޯ ޕެލޭ ހޯދި 3 ވޯލުޑު ކަޕު މެސީ ކިހިނެއް ހޯދާނީ. 3 ވޯލުޑުކަޕު.

The name is already taken The name is available. Register?

ސެމި

19 December 2022

ރޮނަލްޑޯ ފޭންބޯއިސްއަށް މީގެއަސަރުކުރާވަރު ކޮމެންޓުން އިނގޭ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

19 December 2022

ކޮމެންޓަރުން : އާޖެންޓީނާގެ މެސީ އެއީ ޔަހޫދީއެއް. ރޮނާލްޑޯ އެއީ ފަގުޑި އަދި ތާކިހާ އަޅައިގެން މިސްކިތުގަ އިންނަ މީހެއް. ވ.ވެދުން

The name is already taken The name is available. Register?

ތުއްތޫ ބެއްޔާގެެ މެސީ

19 December 2022

ދިވެހި ރާއްޖެ އިން އަހަރަމެންނަ ކުރި ތާއީދު 2026 ގައި ވެސް ލިބޭނެ ކަމަށް. ޢުއްމީދު ކުރަން

The name is already taken The name is available. Register?

ސެމި

19 December 2022

ގޯޓް ޑިބޭޓް އިޒް އޯވަރ. މެސީ އިޒް ދަ އޮންލީ ގޯޓް

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

19 December 2022

މަރުހަބާ އާޖެންޓީނާ.މަރުހަބާ މެސީ.ފަރަންސޭސި ހާތައް ކުރި ހިތްވަރަށް ސާބަސް.''ޕެނަލްޑޯ މެސީ''ގެ ބަހުސް ނިމިއްޖެ.އަހަރުމެން ބޭނުންވީ އެބަހުސް ނިމުމަކަށް ގެންނަން ވެސް ޕެނަލްޑޯއަށް ނުލިބި މެސީއަށް ވޯލްޑްކަޕް ލިބެން.ވ.ވެދުން

The name is already taken The name is available. Register?

މުހައްމަދު 22

19 December 2022

އާޖެންޓީނާގެ ގޯލް ކީޕަރަކީ އަސްލު ވަރަށް ލަދު ހަޔާތް ކުޑަ މީހެއްކަން އޭނަ މުޅި ދުނިޔެއަށް ސާބިތު ކޮއްދީފި، ގަތަރުގެ އަމީރުވެސް ހުރީ ފާޑަކަށް ބަލަން އޭނަގެ އެ މުޑުދާރު އަމަލު، ތި ކާމިޔާބީގެ އަގު މުަޅި އާޖެންޓީނާއަށް ތިދިނީ ވަރަށް ވެސް ހުތުރު ގޮތަކަށް އެންމެ މީހެއްގެ ސަބަބުން

The name is already taken The name is available. Register?

ލިވާޒު.

19 December 2022

މެސީ މޮޅީ ޓީމު ކުޅުންތެރިން ބުރަމަސައްކަތުން ޕެނަލުޓީ ހޯދީމާ ޕެނަލުޓީ ޖަހަން..މަށައް އާޖެންޓީނާ ކީޕަރ މާމޮޅޫ

The name is already taken The name is available. Register?

ރިޒާ'

19 December 2022

އެމބާޕޭ މާމޮޅު

The name is already taken The name is available. Register?

ސެމި

19 December 2022

ޕެނަލްޓީ ޖަހަންދޯ؟

The name is already taken The name is available. Register?

މެސީ އަޚި

19 December 2022

މެސީ އަކީ ޔަހޫދީ އެއް ނުވަތަ އިޒްރޭލަށް ސަޕޯޓް ކުރާ މީހެއްކަމުން އޭނަ ހުންނަ ޓީމަށް ސަޕޯޓް ކުރަން ވަރަށް ފޫހިވޭ.

The name is already taken The name is available. Register?

645433565

19 December 2022

މެސީއަކީ ކެތޮލިކް ކުރިސްޓިއަނެއް. އެކަމަކު ޔަހޫދީންނާ ވަރަށް ގުޅުންބޮޑު މީހެއް.

The name is already taken The name is available. Register?

އިލް

19 December 2022

ޔަހޫދީންނާ ގުޅުންއޮވޭ ރޮނަލްޑޯ އެމްބާޕޭވެސް. އަބަދުވެސް ކޮންމެވެސްކަމަކާ ސަކުވާކުރެވޭތޯ ބަލަާތި. ކޫސަނިކަންތަކުގަ.

The name is already taken The name is available. Register?

ޖުހާނާ

19 December 2022

ފްރާންސްގެ ސަރުކާރަކީ މުސްލިމް އަންހެނުން ބުރުގާ އެޅުން މަނާކޮށް، ބުރުގާ އަޅާ މީހުންނަށް އަދަބުދީ ހަދާ ސަރުކާރެއް.

The name is already taken The name is available. Register?

މެސީ2022

19 December 2022

މެސީއަކީ ފޮތުގެ އަހުލުވެރިއެއް އަދި އެހެން ދީންތަކަށް އިހްތިރާމް ކުރާ ތާވާޟުޢުވެރިއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454