ޗިލީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މެސީ (ކ) އެ މެޗުގެ ލައިންސްމަނާ ވާހަކަ ދައްކަނީ.--
28 މާޗް 2017 - 20:45
ޒިއުރިކް، ސްވިޒަލެންޑް (މާޗް 28) - ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ފީފާ އިން ނިންމައިފި އެވެ.
ޗިލީ އަތުން އާޖެންޓީނާ އެ މެޗުގައި މޮޅުވީ މެސީ ކާމިޔާބު ކޮށްދިން ޕެނަލްޓީންނެވެ. މެސީ އެ މެޗުގައި ލައިންސްމަނާ ހުތުރު ބަހުން މުއާމަލާތުކުރީ މެޗުގެ ދެ ވަނަ ހާފްގައި ލައިންސްމަން މެސީ ފައުލެއް ކުރި ކަމަށް ދިދަ ނެގުމުންނެވެ. އަދި މެޗަށް ފަހު މެސީ ވަނީ އެ ލައިންސްމަނާ ސަލާމްކުރުމަށް ދެކޮޅު ހަދައިފަ އެވެ.
މި މައްސަލައިގައި މެސީ ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމީ ޓީވީ ވީޑިއޯ އަށް ބެލުމަށް ފަހު އެވެ. ފީފާއިން ވަނީ ވާދަވެރި ހަތަރު މެޗަށް މެސީ ސަސްޕެންޑް ކުރުމުގެ އިތުރުން 8100 ޕައުންޑުން މެސީ ޖޫރިމަނާ ކުރުމަށް ވެސް ނިންމައިފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ މި ވަގުތު އޮތީ ތިން ވަނައިގަ އެވެ. ކޮލިފައިންގައި ބާކީ ފަސް މެޗު އޮތްއިރު، އެ ޓީމުން ހަތަރު މެޗު ކުޅޭނީ މެސީ ނުލަ އެވެ. މެސީ ނުލައި އާޖެންޓީނާ އިން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
މެސީ ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމާފައިވަނީ މިރޭ ކޮލިފައިންގައި ރަށުންބޭރުގައި ބޮލިވިއާއާ ދެކޮޅަށް އާޖެންޓީނާ ނުކުންނަން ކުޑަަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށެވެ. މެސީ ނުލައި އާޖެންޓީނާ އިން ދެން ކުޅެން ޖެހޭ ތިން މެޗަކީ ރަށުން ބޭރުގައި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވެނެޒުއޭލާ އާއި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަމަނަ
29 March 2017
އަންގައިން ބުނާ ބަހަކުން 4 މެޗަށް ސަސްޕެންޑް ކުރުމަކީ ބޮޑުވަރު ދޯ؟ ތިއީ މެސީއަށް ދިން އަދަބެއް ނޫނެވެ. ތިއީ އާޖެންޓީނާ އަށާއި ބާސާ އަށާއި މެސީގެ ސަޕޯޓަރުން ނަށް ދިން އަދަބެކެވެ. މެސީގެ ޖޫރިމަނާ ބޮޑުކޮށް ފައިވެސް ސަސްޕެންސަން ކުޑަކުރުމަށް ގޮވާލަމެވެ.
ރޮނަލްޑޯ
29 March 2017
މެސީ މާބޮޑަށް ފޮނިބޮޑުވީ.
މޮޔަ ރަދީފް
28 March 2017
ޕެނަލްޑޯ... ޕެނަލްޑޯ... ހިހިހިހި
ބޯހަލާކު
28 March 2017
ތިކަން ވެސް ޕީޕީއެމްގެބޮލަށް ކަނޑާލާ
ތޮއްޑޫ
28 March 2017
މެސީ ވެސް ދެން އުޅޭގޮތެއް ދޯ