ބާސެލޯނާގެ ތަރި ލިއޮނަލް މެސީ.-- ފޮޓޯ: އޭއެފްޕީ
25 ޖޫން 2017 - 13:03
މެޑްރިޑް (ޖޫން 25) - ބާސެލޯނާގެ ލިއޮނަލް މެސީ ޒުވާން އުމުރުގައި ރެއާލް މެޑްރިޑާ ގުޅުމުގެ ފުރުސަތު އޮތް ކަމަށް އޭނާގެ ކުރީގެ އޭޖެންޓް ހޮރާސިއޯ ޖަޖިއޯލޯ ބުނެފި އެވެ.
މެސީ އުމުރުން 13 އަހަރުގައި ބާސެލޯނާއާ ގުޅުނީ 2001 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް 500 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. އަދި އިއްޔެ އޭނާގެ 30 ވަނަ އުފަން ދުވަސް ފާހަގަކުރިއިރު، އޭނާ ވަނީ ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މެސީގެ ކުރީގެ އޭޖެންޓް ހޮރާސިއޯ ބުނީ މެސީގެ އާއިލާއިން އޭނާ ކައިރީގައި ފުރަތަމަ އެދުނީ ސްޕެއިނުގެ ކްލަބަކުން އޭނާ އަށް ފުރުސަތު ހޯދައިދޭށެވެ.
"މެސީގެ އާއިލާ އިން އަހަރެން ގާތުގައި އެދުނީ ސްޕެއިން ކްލަބަކުން އޭނާ އަށް ފުރުސަތު ހޯދައިދޭން. އޭރު ފުރަތަމަ އަހަރެން ވިސްނީ އޭނާ މެޑްރިޑްގެ ޓްރަޔަލްގައި ބައިވެރިކުރަން. އެކަމަކު ފަހުން އަހަރެންގެ ހިޔާލު ބަދަލުވީ. އެެއީ ޒުވާން ކުޅުންތެރިއެއް ކުރިއަރައިގެންދާން އެންމެ ރަނގަޅު ފުރުސަތެއް އޮތީ ބާސެލޯނާގައި ކަމަށްވާތީ،" ހޮރާސިއޯ ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ މެސީ ހުރި ހާލަތުން އޭނާ ހޯދަން ގިނަ ކްލަބްތަކުން ޝައުގުވެރިނުވީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. އެހެން ނަމަވެސް ބާސެލޯނާގެ ޓްރަޔަލްގައި ބައިވެރިވި ފުރަތަމަ ދުވަހު ވެސް އެ ޓީމުގެ ސްކައުޓުންނަށް އޭނާ ކަމުދިޔަ ކަމަށާއި މެސީގެ ބޭސް ފަރުވާގެ ހުރިހާ ކަމަކާ އެ ޓީމުން ހަވާލުވާން އެއްބަސްވި ކަމަށެވެ.
މެސީ ވަނީ މިހާތަނަށް ސްޕެނިޝް ލީގު އަށް ފަހަރެއްގެ މަތިން ހޯދައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ރެއާލަށް ސްޕެނިޝް ލީގު ލިބުނީ ދެ ފަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަހޫ
25 June 2017
ދެން ބަލާބަލަ ޔޫސީއެލް ހޯދި އަދަދު ރިއާލް އިން ބާސާ ލަލީގާ ހޯދި އަދަދު ކިޔަންޔާ
ާާއަލީ
25 June 2017
ޔޫސީއެލް ވެސް ނޯންނާނެ އެ މުއްދަތު ތެރޭގައި މާގިއިން ހޯދިފައި.