27 ސެޕްޓެމްބަރ 2017 - 12:18
ލިސްބަން، ޕޯޗުގަލް (ސެޕްޓެމްބަރު 27) - ޗެމްޕިއަންސް ލީގުގައި މިރޭ ސްޕޯޓިން ލިސްބަން އިން ބާސެލޯނާގެ ލިއޮނަލް މެސީ މޭން މާކު ކޮށްގެން ހުއްޓުވަން މަސައްކަތް ކޮށްފިނަމަ އޭގެ ފައިދާ ކުރާނީ މުޅި ޓީމަށް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
މި ފަހަރު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި ޔުވެންޓަސް އަތުން 3-0 އިން މޮޅުވިއިރު އެ މެޗުގައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިރޭ މެސީ ހުއްޓުވަން ސްޕޯޓިން އިން ވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ވަނީ ބުނެފަ އެވެ.
ބާސެލޯނާގެ ކޯޗު ވަލްވޭޑޭ ބުނީ މެސީ ހުއްޓުވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.
"މެސީ ހުއްޓުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އޭނާ ހުއްޓުވަން އިދިކޮޅު ޓީމުން ހާއްސަ ޕްލޭނެއް. ނޫނީ މޭން މާކު ކޮށްގެން ކުޅެފިނަމަ އޭގެ ފައިދާ ކުރާ ބާސެލޯނާ އަށް. އެއީ މެސީ ތަފާތު ދައްކާނެކަން އަހަރެމެންނަށް ޔަގީންކަށް އޮންނާތީ،" ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭ ބުނީ ޓީމުތަކުން މެސީ މާކް ކޮށްގެން ކުޅޭތީ އެކަމާ އޭނާ ވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ.
"އެންމެ ފަހުން ކުޅުނު މެޗު ނިންމާފައި މެސީ އައި އަހަރެން ގާތަށް. އޭނާ ބުނީ މާކް ކޮށްގެން ކުޅޭތީ ކަންބޮޑުވާ ކަަމަށް. އަހަރެން މެސީ ގާތުގައި ބުނިން އެއްވެސް ޓީމަކަށް އޭނާ މާކްކޮށްގެން ކުޅެން ފަސޭހަ ނުވާނެ ކަމަށް،" ވަލްވޭޑޭ ބުންޏެވެ.
ފުރަތަމަ މެޗުން ސްޕޯޓިން ވެސް ވަނީ ރަށުންބޭރުގައި އޮލިމްޕިއާކޯސް އަތުން މޮޅުވެފަ އެވެ. ސްޕޯޓިން އިން މި މެޗު އެންމެ ބޮޑަށް ހާއްސަވާނެ ކުޅުންތެރިއަކީ އެ ޓީމަށް ކުޅޭ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖެރެމީ މަތިއު އަށެވެ. މަތިއު ވަނީ މި މެޗުގައި ސްޕޯޓިން އިން ލަނޑެއް ޖަހައިފިނަމަ ބާސެލޯނާގެ ބޯޑު މެމްބަރުންނާއި ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއު ކުރިމަތީގައި އުފާފާޅުކުރާނެ ކަމަށެވެ.
ސްޕޯޓިން އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކުރަމް
27 September 2017
ބުނަން މެސީ ފްރީ ކޮށް ދޫކޮއްލިޔަސް ސަލާމަތެއް ނޯންނާނެ އަދި މެސީ ބަނަސް ސަލާމަތެއް ނެތް / އޮތް ގޮޔަކީ ޔާންޓޭ އެބުނާ ގޮތަށް މެޗުކުޅުން ( އިދިކޮޅު އެންމެން ބަނދެ ހައްޔަރު ކުރުން ދެން ކުޅެން އެރުން ) ؟؟؟؟
ރޮނާލްޑޯ
27 September 2017
މެސީ މާރކް ކޮށްގެން ކުޅެބަލަ ނިކަން ވާގޮތް ބަލަން. ލާހިކެއްނޫން ހިފަހައްޓާކަށް
ކހޖގޗފ
27 September 2017
ޔުއެންޓަސްއާއެކީ ކުޅުނުއިރު މެސީނުފެނިގެން މައިކޮރޮސްކޯޕުވެސްއެޅިން.
މެސީ
27 September 2017
މެއިންމާރކް ކުރިއަސް ލަނޑު ދޭނަން
ޣަފޫރު
27 September 2017
އޮތީ ދެގޮތެއް * މެސީ މެއިން މާރކް ކުރުން * މެސީ ބޮލުން މާރކް ކުރުން
ކުމާރު
27 September 2017
ވަރުގަދަ ކަމެއްނު ؟ ފަލަ ރޯނު ބޮނޑިއެއް ހިފައިން އަރާ މެސީ ބަންނަން ވީނު ؟ މެސީ އާއި ނުކުޅެ ބާރސަލޯނާ އާ ކުލެބަލަ #ވާމޯސްބާރސާ