ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް (ކ) މެސީ އަށް މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ
19 އޮކްޓޯބަރ 2017 - 08:28
ބާސެލޯނާ (އޮކްޓޯބަރު 19) – ލިއޮނަލް މެސީ ޔޫރަޕުގައި ޖެހި 100 ވަނަ ގޯލާ އެކު، އެކަކު މަދުކޮށް ކުޅެ ސްޕެއިނުގެ ބާސެލޯނާ އިން ރޭ ގްރީކުގެ އޮލިމްޕިއާކޯސް 3-1 އިން ބަލިކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ލިބުނީ އޮލިމްޕިއާކޯސްގެ ޑިމިޓްރިއޮސް ނިކޮލައޫ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެކަމަކު 42 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު މުހިއްމު ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ރަތްކާޑު ދެއްކުމުން ބާސެލޯނާ އަށް އުނދަގޫތަކާ ކުރިމަތިވި އެވެ.
އެކަކު މަދުކޮށް ކުޅުނު ބާސެލޯނާ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނީ 61 ވަނަ މިނެޓުގައި މެސީ އެވެ. އޭނާ މި ގޯލް ޖެހީ ހިލޭ ޖެހުމަކުންނެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖެހީ މެސީ ދިން ބޯޅައަކުން ލޫކަސް ޑީނޭ އެވެ. އޮލިމްޕިއާކޯސްގެ ހަމައެކަނި ލަނޑު 89 ވަނަ މިނެޓުގައި ޖެހީ، ބައިކޮޅަށް ވެސް ގޯލް ޖެހި ނިކޮލައޫ އެވެ.
ޔުއެފާ ކްލަބް މުބާރާތްތަކުގައި މެސީ ޖެހި ލަނޑުގެ އަދަދު 100 އަށް މި އެރުވީ 122 މެޗުންނެވެ. މެސީ އަކީ ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. އެއް ވަނައިގައި އޮތީ 148 މެޗުން 108 ގޯލް ޖަހާފައިވާ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ތިން ވަނައިގައި 161 މެޗުން 77 ގޯލް ޖަހާފައިވާ ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލެސް އޮތްއިރު ހަތަރު ވަނަ އަކީ 114 މެޗުން 70 ގޯލް ޖަހާފައިވާ އޭސީ މިލާނުގެ ކުރީގެ ފޯވާޑް ފިލިއްޕޯ އިންޒާގީ އެވެ.
މި ގްރޫޕުގެ އަނެއް މެޗުން އެންމެ ފަހުގެ ރަނަރަޕް ޔުވެންޓަސް ވަނީ ޕޯޗުގަލްގެ ސްޕޯޓިން އަތުން 2-1 އިން އުދަނގޫ މޮޅެއް ހޯދައިފަ އެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިފެންޑަރު އެލެކްސް ސެންޑްރޯ އަތުން ބައިކޮޅަށް ވަން ލަނޑުން ސްޕޯޓިން އަށް ލީޑު ލިބުނެވެ. ޔުވެންޓަސް އަށް 29 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ މިރެލަމް ޕިޔަނިޗެވެ. އެ ޓީމު މޮޅުވީ 84 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗް ޖެހި ގޯލުންނެވެ.
މި ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު ޔުވެންޓަސް އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ސްޕޯޓިން ތިން ޕޮއިންޓާ އެކު އޮތީ ތިން ވަނައިގަ އެވެ. އޮލިމްޕިއާކޯސް އަށް ޕޮއިންޓެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ އިއްސޭ
19 October 2017
ވާނުވާ އެއް ނޭގުނަސް ކޮއްމެސް އެޗެކޭ ކިޔަންވާނެ.. ތި މޮޅު ޕެނާލްޑޯ ޖަހާފަ ހުރީ ގިނައިން ޕެނަލްޓީ އެޖަހާނެ ކީޕަރުވެސް..
އެންދެމޭ ބޭބެ
19 October 2017
ބާސެލޯނާ އަށް ލިބޭހާ ޕެނަލްޓީ ޖަހަނީ ކާކު؟ އެވެސް ޕެނާލްޑޯ ދޯ.
ބޮޑާލްޑޯ
19 October 2017
ބޮޑާލްޑޯ 148 މެޗުން 108 ގޯލު މެސީ 122 މެޗުން 100 ގޯލު... ވަރަށް ސާފު 148 މެޗު ކުޅޭ އިރު މެސީ ގޯލުގެ އަދަދު 150އާ ގާތްކުރާނެކަމަށް ބެލެވޭ ބޮޑާލްޑޯއަށް ވުރެއް 2 ތިން އަހަރު އުމުރުން ވެސް ހަގު މެސީ އެހެންނު..
ރަދީފް
19 October 2017
ބޮޑާލްޑޯ ކިޔާ އެއްވެސް ކުޅުންތެރިޔަކު ޔޫރަޕްގަ ކުޅޭތަ؟؟ ލޮލް
އަހްމަދު
19 October 2017
ރަދީފު ކިޔާ ދިވެއްސެއްވެސް ނޫޅެ... ބޮޑާލްޑޯ ވެސް އެކީ ބޮޑާކަމުން ކިޔާ ނިކް ނޭމް... ރަދީފު އެއީ ކަލޭގެ ނަމެއް ވެސް ނޫނެއްނު އެ ނަމުގަ ތިޔަ ކޮމެންޓްކުރަނި
މިިހާރަށް ސާބަސް
19 October 2017
ރޮނާލްޑޯ ޔޫރަޕްގެ ކުލަބްތަކުގެ މުބާރާތްތަކުގައި 110 ގޯލް ސްކޯކޮއްފައިވާއިިރު ރެއާލް މެޑްރިިޑްގެ ޖާރސިގައި 90 މެޗްގައި 96 ގޯލް ކާމިޔާބްކޮއްދީފައިވޭ....މެސީ ބާސެލޯނާގެ ޖާރސީގައި 122 މެޗުގައި 100 ގޯލް ގޯހެއްނޫން
ފާގަ ހަސަނާ
19 October 2017
122 މެޗުން 100... ޕެނާލްޑޯ 148 މެޗް 108 ... ގިނައީ ޓެޕިން އާއި ޕެނަލްޓީ
ރަދީފް
19 October 2017
ބީބީސީ ރިޕޯޓް ކުރާގޮތުން ކޮންޓިނެންޓަލް މުބާރާތްތަކުގަ 151 މެޗުން ރޮނާލްޑޯއަށް ޖެހުނީ 112 ގޯލް.ނަމަވެސް މެސީ ސައްތަ ހަމަކުރީ 122 މެޗުން.ސާބަހޭ މެސީ.
ރޯނުއެދުރު
19 October 2017
މަރުޚަބާ މެސީ، 100 ލަނޑު ހަމަކުރި އިރު އޭގެތެރެއިން ގިނަލަނޑު ޖަހާފަހުރީ އާދައިގެ ދަށް ޓީމުތައްކޮޅަށްކަން ފާހަގަކޮށްލަން. ކުރިން ޗެމްޕިއަންސްލީގު ކާމިޔާބުކޮށްފައިވާ އިންޓަރމިލާން، ޗެލްސީ، ލިވަރޕޫލް އާދެކޮޅަށް އަދި ލަނޑެއްނުޖެހޭ.
ގާބެ
19 October 2017
ތިބުނާ ޓީމުތައްތީ މިއިންޒަމާނެއްގަ ޗެންޕިއަންސް ލީގު ކުޅުނުބައެއްތަ، އިރެއްގަ ނުކުޅެއެކޭއެއް ނޫން އެހެންނޫނަސް ތިބުނާ ޓީމުތަކާއެކީ ބާސާއައް ކުޅެން ލިބިގެންނެއްނު ގޯލުޖެހޭނީ އެހެއްނު ބުރޯ. ކޮންމެ މެޗެއްގަ ގޯލެއްޖަހާ ކުޅުންތެރިއަކު އަދި މިދުނިޔެއަކައް އުފަންއެއް ނުވޭ..
ފާގަ ހަސަނާ
19 October 2017
ޗެންޕިއްންސް ލީގުގަ ރުއްދަޝު ޓީމް ތަކެއް ނުކުޅެޔޭ... ލިވަރޕޫލް އާއި އިންޓަރމިލާން ޗެންޕިއަންސް ލީގުގަ ނުކުޅޭތަން ކިހާ ދުވަހެއް ވެއްޖެކަން އިގޭތަ... ރޯނު އެދުރު ނުވެބަލަ ބުރޯ
ރިޔަލްކަޑަރިޑް
19 October 2017
ބޮޑާލްޑޯއަށް ވުރެއް ގިނަ މެސީ މޮޅެތި ޓީމުތައް ކޮޅަށް ހާއްސަކޮށް ޔޫރަޕުގަ ޗެމްޕިއަންކަން ހޯދައިފަ ހުރި ޓީމުތައް ކޮޅަށް ޖެހި ލަނޑުތައް..ބޮޑާލްޑޯ ފުމެފުމެފަ އުޅެނީ ބުއްބޯ ޓީމުތައް ކޮޅަށް ލަނޑުޖަހައިފަ އެވެސް ގޯލުކުރިމަތިން ހުސްކޮށްފަ ލަވައިދިނީމަ..
ރަދީފް
19 October 2017
މަރުހަބާ ބާސާ ، މަރުހަބާ ޔުވޭ.މަރުހަބާ މެސީ. #ވިސްކައެލްބާސާ #ފޯޒާޔުވޭ