27 ޑިސެމްބަރ 2017 - 09:23
މެންޗެސްޓާ (ޑިސެމްބަރު 27) – މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ ދެ ޓްރާންސްފާ ބާޒާރުގައި ހޭދަކުރި 300 މިލިއަން ޕައުންޑުން ނުފުދޭ ކަމަށް ޕްރިމިއާ ލީގުގައި ރޭ ބާންލީއާ 2-2 އިން އެއްވަރުވި މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ރޭގެ ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ 43 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި 55 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ މިރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެއްޖެ ނަމަ ފަރަގު 15 ޕޮއިންޓަށް ބޮޑުވާނެ އެވެ.
ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ބާންލީގެ އޭޝްލީ ލީޑު ނަގާފައިވަނިކޮށް އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ 36 ވަނަ މިނެޓުގައި ސްޓީވަން ޑެފޯ އެވެ. ޔުނައިޓެޑް ސަލާމަތްކޮށްދިނީ ޖެސޭ ލިންގާޑެވެ. ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި އޭނާ ޖެހިއިރު އެއްވަރުކޮށްދިނީ ފަހު ވަގުތުގަ އެވެ.
މެޗަށް ފަހު މޮރީނިއޯ ބުނީ މި ޓީމު އަލުން ކޮޅަށް ޖަހަން މަސައްކަތްކުރާ މިއީ ދެ ވަނަ އަހަރު ކަމަށާއި މި ޓީމަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ޓީމު ނޫން ކަމަށެވެ.
"މެންޗެސްޓާ ސިޓީން ފުލްބެކުން އެ ގަންނަނީ ފޯވާޑުންގެ އަގުގައި،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑުގެ ކޯޗުކަމާ މިދިޔަ އަހަރުގެ މޭ މަހު ހަވާލުވެ މޮރީނިއޯ ވަނީ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 89 މިލިއަން ޕައުންޑަށް ޕައުލް ޕޮގްބާ ގަނެފަ އެވެ. އަދި ޑިފެންޑަރު އެރިކް ބާއީ އާއި މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ވެސް ގަތީ ނިސްބަތުން ބޮޑު އަގެއްގަ އެވެ. އޭގެ ފަހުން މި ސީޒަނުގައި އޭނާ ފޯވާޑް ރޮމެލޫ ލުކާކޫ ގަތީ 75 މިލިއަން ޕައުންޑަށެވެ. އަދި 31 މިލިއަން ޕައުންޑަށް ވިކްޓަ ލިންދެލޯފާއި 40 މިލިއަން ޕައުންޑަށް ނެމަންޔާ މަޓިޗް ގަތެވެ.
"300 މިލިއަން ޕައުންޑް ހަރަދުކުރުމަކުން ނުފުދޭ. ބޮޑު ކްލަބްތަކަށް އެހެން ކްލަބްތަކާ ބަލާއިރު އަގު ތަފާތުވޭ. ތާރީހީ ބޮޑު ކްލަބްތަކަށް މާކެޓުގައި އަދަބު ލިބޭ އެ ތާރީހުގެ ސަބަބުން،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑް ފަދަ ކްލަބްތަކަށް ފާއިތުވި ފަސް މެޗުން އަށް ޕޮއިންޓަކީ ފުދޭ އަދަދެއްތޯ އެހުމުން އޭނާ ބުނީ މި ހާލަތުގައި އޮތް އެހެން ކްލަބްތަކެއް ވެސް އެބައޮތް ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ކްލަބެކޭ ބުނާއިރު، ކަލޭ ގަބޫލުކުރަންތަ އޭސީ މިލާން އަހަރެމެންނަށް ވުރެ ވަކި ބޮޑު ނޫން ކަމަށް؟ އިންޓަ މިލާން؟ ކަލޭ ގަބޫލުކުރަނީ ރެއާލް މެޑްރިޑް އަހަރެމެންނާ ބޮޑު ނޫން ކަމަށްތަ؟،" މޮރީނިއޯ ބުންޏެވެ.
"އަހަންނަށް އެނގޭ ބޮޑު ކްލަބަކީ ކޯޗެއްކަން. ބޮޑު ކްލަބަކީ އެކައްޗެއް އަދި ބޮޑު ފުޓްބޯޅަ ޓީމަކީ އެހެން އެއްޗެއް. އެއީ ތަފާތު ދެ އެއްޗެއް."
މޮރީނިއޯ ބުނީ ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ޒިންމާގެ ވާހަކަ ދައްކާއިރު ޓޮޓެންހަމް ހޮޓްސްޕާސްގެ އެ ޒިންމާ ނޯންނާނެ ކަމަށެވެ. ސަބަބަކީ އެ ކްލަބަކީ ޔުނައިޓެޑް ފަދަ ތާރީހެއް އޮތް ކްލަބަކަށް ނުވާތީ ކަމަށް މޮރީނިއޯ ބުންޏެވެ.
"އާސެނަލްގެ ނޯވޭ އެ ޒިންމާއެއް. ޗެލްސީގެ ނޯންނާނެ ލީގު ކާމިޔާބުކުރުމުގެ ޒިންމާއެއް. ބޮޑު ފުޓްބޯޅަ ކްލަބްތަކުގެ ވާހަކަދައްކާއިރު ތި ވާހަކަދެއްކެނީ ކްލަބުގެ ތާރީހުގެ ވާހަކަ،" މޮރީނިއޯ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
27 December 2017
ހުވާމިބުނީ ވެންގާއަށް 100 މިލިއަންދީފަ ލީގުނަގާށޭބުންޏަސް އެހެން ކުލަބަކަށް އާސެނަލްއާ ވައިވެސްއެޅި ނުލެވޭނެ! މިފަހަރުވެސް ޓްރާންފާ ބާޒާރުގަ 17މިލިޔަން ސާފުފައިދާގެ ގޮތުގަ އޯނަރަށްދީފަ ތިންހަތަރުސަތޭކައިން ޝޮޕިންގްކުރި ކުލަބުތަކާ ވިއްދާފަ އެހެރީ! އެންމެ ފަހަރަކު ބަޖެޓެއްދިނީ އެފަހަރު އެއްމެ މެޗަކުންވެސް ބަލިނުވެ ލީގުނެގީ! 49 އަންބީޓަން ހަދާފަ ޗެންޕިއަންސްލީގު ފައިނަލްގަ ބާސާކުޅުންތެރިޔަކު ރެފްރީ ޖޯޒީލައިގެން އަރާ އާސެނަލް ބަލިކުރަން ޖެހުނީ!
ރަދީފް
27 December 2017
ވަރަށް ގިނަ މީހުން ރުޅިއަންނަ މީހުން އަދި ކްލަބްތަކެއް މިއީ. ވައި؟؟ މޮރީނިއޯ ، ސީއާރު7 ، ރެއާލް ، ޗެލްސީ ، އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމް ، ޓީސީ އަދި ސުޒޭން. !!!
ހައްޤުބަސް18
27 December 2017
މާ ހިތް މަތިވެ ޝަކުވާ ގިނަކުރާތީ..
އަލިހޮއްކޮ
28 December 2017
ފާގަސަން އަންހެނުން. ކަލޭ ފިރިމީހާ ދިޔަފަހުން ކޮންގޮތަކުން އެއްމެ ގިނަ ތަށި ނެގީ. ނެގިއްޔާ ނެގީ ކަންމަތީ ކަޕާ ސޭހު ކަމާލު ކަޕާ މިކަހަލަ ނިޒާމުގެ ތެރޭގަ ނުހިމެނޭ ތަށި ތަކެއް. ދެން ފިރިސޮރު ހުރި އިރުވެސް ރެފްރީއެއް ހުންނާނެ ތި ޓީމުގެ ޖާޒީއެއް ލައިގެން އެސޮރަށް ކިޔަނީ ވެބް.
ކޮންޓޭ
27 December 2017
ޗެލްސީ އަކީ ބޮޑު ކުލަބެއް. މެންޗެސްޓަރ ޔުނައިޓެޑް ގަ އޮތީ 2000 ގެ ކުރިން ހަދާފަ އޮތް ބޮޑު ތާރީހެއް އެކަނި. ތިއީ މިހާރު ބޮޑު ކުލަބެއްނޫން، ފާގަސަންގެ ދިއުމާއެކު އޭނާގެ ނުފޫޒުވެސް ދިއައީ، އެއާއެކު ދަނޑުމަތީގައި ތިއީ ހަމަ އާދައިގެ ޓީމެއް.
ރަދީފް
27 December 2017
ކޮންޓޭ.ޗެލްސީ އަދި މެންޔޫއާއި ކޮންޕެއާ ކުރާއިރު ޗެލްސީ އެއީ ވަރަށް ކުޑަ ކްލަބެއް.ޗެލްސީ އަދި ބޭނުންވާނެ 60 އަހަރު މެންޔޫއަތުގަ އޮތްކަހަލަ ހިސްޓްރީއެއް ކްރިއޭޓްކުރަން.އާސެނަލޭ ނުކިއައްޗޭ.އެއީ ކުޑަ ކްލަބެއް.ވެދުން.
ފާރގަސަން އަންހެނުން
28 December 2017
2000ވަނަ އަހަރުން 2017 ވަނަ އަހަރަށް ވެސް އެންމެ ގިނަ ކާމިޔާބު ހޯދާފަ އޮންނާނީ މެންޗެސްޓާރަ ޔުނައިޓެޑްއިން. ފާރގަސަން ރިޓަޔާރ ކުރިފަހުން ވެސް އެންމެ ގިނަ މުބާރަތް ގެންގޮސްސަ ހުރީ މެންޗެސްޓާރ ޔުނައިޓެޑް އިން. ސާފު މައުލޫމާތު ލިބޭނެ ގޫގްލް ސާރޗް ކޮއްލީމަ.
ކޮންޓޭ
28 December 2017
ބަލަ ކުޑަބޮޑު ތި ކިޔަނީ ހިސްޓްރީންތަ. ތިހެންވިއްޔާ ވިކްޓްރީ އަކީ ނިއު އަށްވުރެ ބޮޑު ކުލަބެއްތާ. ބަލަ މިހާރަށް ވިސްނާފަ ކުޑަ ބޮޑު ކިޔާ. ޗެލްސީ އާ މެންޔޫ އާ ތި ބުނާ ވަރުގެ ބޮޑު ތަފާތެއް ނޯންނާނެ. ވަރަށް ވެދުން.
ކޮންޓޭ
28 December 2017
ފާގަ ވައިފް އަށް ބުނެލަން. 2003 ވަނަ އަހަރު އަބްރަހަމްވިޗް ޗެލްސީ އޯވަރޓޭކް ކުރި ފަހުން މެންޔޫ އަށް ލިބުނީ 16 ތަށި، ޗެލްސީ 15 ތަށި. މި 16 ތަށީގެ ތެރޭގައި ކޮމިއުނިޓީ ޝިލްޑް ( 5 ފަހަރު) ކަހަލަ މޭޖަރ ޓްރޮފީގެ ގޮތުގައި ނުހިމެނޭ ތަށިތައްވެސް ހިމެނޭ. މޭޖަރ ޓްރޮފީއަށް ބަލައިފިނަމަ ޗެލްސީ 13، މެންޔޫ 10. ދެން ކުރިއަށް އޮތް 10 އަހަރުވެސް ތި މެންޔޫ އަކަށް އިނގެރޭސި ލީގެއް ޑޮމިނޭޓެއް ނުކުރެވޭނެ. ބިކޮޒް ދެއަރ އިޒް ނޯ، ފާގީ ޓައިމް، ދެއަރ އިޒް ނޯ ވެބް. ވަރަށް ސަލާމް
ފާރގަސަން އަންހެނުން
28 December 2017
ކޮންޓޭ ތި ވާހަކަ ރަނގަޅަށް ނޯޓް ކޮއްލާފަ ބައިންދާތި.
ސައްޔާހް
27 December 2017
ތިވަރުން ނުފުދުނު މީހަކަށް ދެން ދުވަހަކުވެސް ފުދޭނެ ހެނެއް ހިޔެއް ނުވޭ...
ލަކީ
27 December 2017
ފޮނިބޮޑީ، މިގޮލާ މިތާ މާގިނަދުވަހު ހުންނަކަމުގަ ވަންޏާ މެންޗެސްޓާއަށް ކުރަމުން އަންނަ ސަޕޯޓު ގެއްލޭ ތަންކަންނޭގެ ފެންނާނި. މިގޮލާގެ ސަބަބުން މެންޗެސްޓާގެ ރީތި ތާރީހަށްވެސް ހުތުރު.