އަލަވޭސްގެ ރުބެން ކައިރިން ބާސެލޯނާގެ މެސީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2018 - 10:16
ބާސެލޯނާ (ޖެނުއަރީ 29) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަލަވޭސް އަތުން ބާސެލޯނާ 2-1 އިން މޮޅުވި ނަމަވެސް އެ ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވޭ ކަމަށް ބުނުމުން އެ ކްލަބްގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ހިތްހަމަ ނުޖެހިއްޖެ އެވެ.
ރޭގެ މެޗުން މޮޅުވެ ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 21 މެޗުން 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ލަސް ޕަލްމާސް އަތުން 3-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑް އެވެ. އެ ޓީމަށް ވަނީ 21 މެޗުން 46 ޕޮއިންޓެވެ.
ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ ފުރަތަމަ އެގާރައިގައި ރޭގެ މެޗުގައި ކުޅުނުއިރު އެ ޓީމު ހާސްކޮށްލުމަށް ފަހު އަލަވޭސް އަށް ލީޑުނަގައިދިނީ ކުރިން މެންޗެސްޓާ ސިޓީގެ ފޯވާޑް ޖޯން ގުއިޑޭޓީ އެވެ. ބާސެލޯނާ މޮޅުވީ ލުއިސް ސުއަރޭޒާއި ލިއޮނަލް މެސީގެ ލަނޑުތަކުންނެވެ. މި ލަނޑަކާ އެކު މެސީ ވަނީ ލީގުގައި މި ސީޒަނު 20 ގޯލު ހަމަކޮށްފަ އެވެ.
"އަހަރެން ހައިރާންވޭ މި މެޗުން ބާސެލޯނާ މޮޅުވުމުން ވެސް މީޑިއާ އިން ކުޅުމަށް ފާޑުކިޔާތީ. ކުޅުންތެރިންނަކީ މެޝިންތަކެއް ނޫން. މި މެޗުގައި ކުޅުނު ގިނަ ކުޅުންތެރިން މީގެ ދެ ދުވަސް ކުރިން ކުޅެފި. ކުޓީނިއޯ އަށް ވެސް ފުރަތަމަ އައިސް މޮޅު ކުޅުމެއް ނުދެއްކޭނެ ވަގުތު ބޭނުންވާނެ،" ކުރިން ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.
ލަސް ޕަލްމާސް ކޮޅަށް އެތުލެޓިކޯގެ ތިން ލަނޑު ވެސް އެ ޓީމުން ކާމިޔާބުކުރީ އެންޓޮއިން ގްރީޒްމަން އާއި ފެނާންޑޯ ޓޮރޭޒް އަދި ތޯމަސް އެވެ. މި މެޗުގައި ގްރީޒްމަން ޖެހި ގޯލަކީ މި ސީޒަނުގައި އޭނާ ލީގުގައި ކާމިޔާބުކުރި ހަތް ވަނަ ގޯލެވެ. އޭނާ ބުނީ މި އަހަރު ފެެށުނީ ވަރަށް ރަނގަޅަށް ކަމަށާއި އުއްމީދަކީ ގޯލު ގިނަކޮށް އެހެން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށްދިނުން އިތުރު ކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސކކކސކކސ
12 March 2018
މެސިިިިިިިިިިިިިި
ޔޯމޭން
29 January 2018
ފްރީކިކުން ގޯލް ޖެހީމަވެސް ހައްގެއް ނޫންތަ ?
ރޮނާލްޑޯ
29 January 2018
އަންތަރީސް ވެއްޖެ. އަޅެ ބާސާ ބަލިވިނަމަ ނުކުޅެވެއޭ ކިޔައިގެން ހާސަރު ދަމާބަލަ މީޑިއާއިން. މޮޅުވެ 3 ޕޮއިންޓ ހޯދައިގެން ބާސާ އޮތީވެސް 11 ޕޮއިންޓްގެ ލީޑެއްގައި. އަޅާނުލާ ކޯޗް. އެކުދިންނަށް ހަމަ ނުވިސްނެނީ. ބޮޑުވީމަ އޯކޭވާނެ
މެސީ
29 January 2018
11 ޕޮއިންޓްގެ ލީޑެެއްގައި އޮތް އިރުވެސް ފާޑުކިޔުން. އެ މެޗުން ވެސް ވީ މޮޅު..އެކަމަކު ފާޑު ކިޔުން.ހެއްވާ ކަމެއް ދޯ
ސަބްނަމް
29 January 2018
ކޯޗް އެބުނީ ތެދެއް . އަދަދު މޮޅެއް ނުވާނެ
ޙަހަހާ
29 January 2018
ރޭގައި މެޗް މަބެލިން، މިޑިއާ ފާޑުކިޔަން ރަނގަޅު.. ބަރުސެލޯނާ ޖެހި ދެ ގޯލްވެސް އެއީ ހައްގުނޫން ދެގޯލް... ރެފްރީ ހަމަ ބަރުސެލޯނާ މޮޅުކޮށްދިނީ... ބްލައިންޑް ރެފްރީން ތިބީވެސް... ހަޖަމް ނުވިއަސް
ހައްގުމާމަ
29 January 2018
ރޭގެ މެޗުގައި ރެފްރީގެ މިސްޓޭކް ތަކެއްހުރިކަން އެއީ ހަޤީގަތެއް ކެރެންޏާ އެހުރިހާ ވާހަކައެއްވެސް ދައްކާ! ކަލޯމެނަށް ބާސެލޯނާ މޮޅުވެއްޖިއްޔާ އެނުވޭ ހައްޤުމޮޅަކަށް ރެފުރީގެ މިސްޓޭކުން ބާސެލޯނާ ބަލިވީމަވެސް ތިހައްޤު ހިފައިގެން ދުވާނަމަ ކިހާރަނގަޅު! ހަސަދަ އަޅާ މީހުން ހަލާކުވެދާނީ އެހަސަދައިގަ މީ މާމަބުނާއެއްޗެއް ނޫން ދުނިޔެދައްކާ ހަގީގަތް!
ކުމާރު
29 January 2018
ރެފްރީންގެ ނިޔާ ގޯސްވެގެން ބާރސާ އަށް މި ސީޒަނުގަ އެތައް ޕޮއިންޓެއް ގެއްލުން ކަން ނޭނގޭތަ އަސޭމިރުހޭ ފަޅޮލޭ ތި ކިޔަނީ
ހައްގުމާމަކާފަ
29 January 2018
ޕޮއިންޓް ނުގެއްލޭ ވާހަކައެއް ނޫން. ރޭގެ މެޗުގަ ބާސާ މޮޅުކޮށްދިން ވާހަކަ މިދައްކަނީ. ޑިފެންސިވެ ވުމުގެ ބަދަލުގަ ރެފްރީއަށް ގޯސް ހެދުނުކަން އެކްސެޕްޓްކުރީމަ ރަނގަޅުވާނެ.
ޕަޕާ ޕެރޭޒް
29 January 2018
ކަލޯ ޖޭވިޔަސް ތީދެން ބޮޑުވަރު. މި ސީޒަނުގައި ވެލެންސިޔާއާއި ދެކޮޅަށް މެސީ ޖެހި ގޯލާއި ބެޓިސް އަދި ދިޕޯރޓިވޯ ކޮޅަށް ޖެހި ކްލިއާ ގޯލްތައް ގޯލެއްކަމަށް ނުބަލާ ދޫކޮށްލާފަ އެބަހުރި. ހަމައެހެންމެ ކޮޕަ ޑެލްރޭގައި އެސްޕެންޔޯލްއާއި ދެކޮޅަށް ކޭމްޕް ނޯގައި ކުޅުނު މެޗުގައި ރެފްރީހީވީ ގަސްތުގަ ބާސާ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކަން އުޅުނުހެން. މިދިޔަ ދެ ސީޒަނުގައިވެސް ކަލޭމެންގެ ރިއަލް މެޑްރިޑަށް ލަލީގާއާއި ޗެމްޕިއަންސް ލީގު ލިބުނީ ރެފްރީންގެ އެހީތެރިކަމާއެކު. މި ސީޒަނުގައިވެސް އެކަން އެބަ ތަކުރާރުވޭ. ޕެރޭޒް ކިތަންމެ ވަރަކަށް ރެފްރީންނަށް ރިޝްވަތު ދިނަސް މިފަހަރު ލަލީގާއެއް ރިއަލްއަކަށް ނުލިބޭނެ. ޗެމްޕިއަންސް ލީގު ލިބުމަކީ ދުރު ކަމެއް. ފަހަރެއްގައި ރެފްރީންގެ އެހީތެރިކަމާއެކު ލިބިދާނެ. ވިސްކާ އެލް ބާސާ. ގޯ މެސީ.
ރަދީފް
29 January 2018
މަރުހަބާ ބާސާ.