ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ. --ފޮޓޯ: އޭއެފްޕީ
08 އެޕްރީލް 2018 - 09:41
ބާސެލޯނާ (އޭޕްރިލް 8) – ލިއޮނަލް މެސީގެ ހެޓްރިކާ އެކު ލެގަނޭސް އަތުން 3-1 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ތާރީހުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑާ އެއްވަރުކޮށްފި އެވެ.
ބާސެލޯނާ އިން ބަލިނުވެ 38 މެޗު ހަމަކޮށް، 1979/1980 ގައި ރެއާލް ސޮސިއެޑާޑުން ހަދާފައިވާ ރެކޯޑާ ހަމަކުރިއިރު ދެން އޮތް މެޗުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ އަމިއްލަ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ ވަނީ 79 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ. ދެ ވަނައިގައި 67 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑަށް ލީޑު ކުޑަކުރަން ފުރުސަތު އޮތް ނަމަވެސް މިއަދު ބައްދަލުކުރަން ޖެހެނީ ވާދަވެރި ރެއާލް މެޑްރިޑާ އެވެ. ރެއާލް މެޑްރިޑް 63 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު މިއަދު މޮޅުވެއްޖެ ނަމަ އެތުލެޓިކޯއާ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.
އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމަށް މެސީ ކުރި ހޯދައިދިނީ 27 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ވައްދާލި ލަނޑަކުންނެވެ. ދެ ވަނަ ލަނޑު އޭނާ ޖެހީ އޭގެ ފަސް މިނެޓު ފަހުންނެވެ. ދެ ވަނަ ހާފުގައި، 68 ވަނަ މިނެޓުގައި ލެގަނޭސްގެ ނަބީލް އެލް ހާރް ތަފާތު ކުޑަކުރި ނަމަވެސް މެސީ ވަނީ 87 ވަނަ މިނެޓުގައި ހެޓްރިކް ފުރިހަމަކޮށް ބާސެލޯނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ރޭގެ މެޗުގައި މެސީ ހިލޭ ޖެހުމަކުން ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ 2003/2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސްޕެނިޝް ލީގުގައި އޭރިއާ ބޭރުން ޖެހިޖެހިހެން ހަ މެޗުގައި ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
09 April 2018
ސްޕެނިޝްލީގު ނުވަތަ ދެގެރިތަޅާ ލީގުގައި މާގިނަ ލަންޑުތަކެއް ޖެހިގެން ބޮޑާވާކަށް ނުޖެހޭ..... އެތްލެޓިކޯ ފިޔަވާ ދެން ބާކީހުރި 17 ޓީމަކީ އަތޮޅުމުބާރާތުގެ ފެންވަރުވެސްނެތް ޓީމުތަކެއް! ޕްރިމިއަރލީގުގައި ތިކަމެއް ނުވާނެ. އެންމެ ފުލުއޮތްޓީމުއަތުންވެސް ޕޮއިންޓެއް ލިބޭނީ ހަންކެނޑިގެން!
ލޯންސްޓަރ
09 April 2018
އެހެންވެދޯ! މެންޗެސްޓަރ ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔައީ ސެވިއްޔާއަތުން ބަލިވެގެން. ހަޑިގިއްލާމެން އަދި ފުޓްބޯޅައަށް ވަރަށް އާވާނެ. އިނގިރޭސި ފުޓްބޯޅައަކީ އެއްވެސް ފެންވަރެއްހުރި ބައެއްނޫން. އެކަން އިގޭނެ ވޯލްޑްކަޕާ ޔޫރޯއަށް ބަލާލީމާވެސް. މީޑިއާގެ ނުފޫޒުން ކައްޕަޅިލީގު މައްސޫރު ވުމަކީ އަދި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ލީގުކަމަށް ނުވާނެއިގޭ... ހަޑިގިއްލާ.....
ރަދީފް
09 April 2018
ދެންކީއްވެ ބާ ބޮޑެތި މުބާރާތް ތަކުގަ އިންގްލެންޑް ޗޮކުންދަނީ؟؟
ހަޑިގިއްލާ
09 April 2018
ބޮޑެތި މުބާރާތްތަކުގަ ޕްރެމިއަލީގު ޓީމްތަކަށް ދިމަވާ މައްސަލައަކީ، ލީގުގެ ވާދަވެރިކަން ބޮޑުވެ އެންމެފުލު އޮންނަ ޓީމާވެސް ވާދަކުރަން ފުލްޓީމް ނެރެން ޖެހުން. އެހެންވެ މޮޅެތި ކުޅުންތެރިންނަށް ރެސްޓެއް ދެވޭކަށް ނޯވޭ. ނަތީޖާއަކީ ފުލްސްކޮޑުގެ ފިސިކަލް ދައްވެ 'ޓަޔަރޑްލެގްސް' ގަ ކުޅެންޖެހުން. އެހެން ލީގުތަކުގަ 17، 18 މެޗަކީ ބޮޑު ދެޓީމަށް ޕްރެކްޓިސް މެޗްތަކެއް. ސާފްވެއްޖެބާ.............!
މެސީ
08 April 2018
މެދުރޮނގުން ބޯޅައެއް ހިފައިގެން ގޮސް ގޯލެއް ޖެހުނުބާ ތި ކިޔާ ރޮނާލްޑޯއަށް ހައްތާވެސް ގޯލްބުޑުގަ އޮވެ ކޮންމެވެސް މީހަކު އާނ ދެންޖަހާ ކިޔާފަ ދިނީމަ ގޯލްޖަހަނީ މެސީއާ ކާރިވެސް ނުކުރެވޭނެ
ޕެނާލްޑޯ
08 April 2018
މެޑްރިޑް ކޮޅަށްވެސް ވަރަށް ލަޑު ޖަހާނެ މިސޮރު. ވަރަށް ފޫހިވޭ
ރަދީފް
08 April 2018
ލޯންސްޓަރ ބްރޯ.ދަށް ޓީމެކޭ ތިޔަ ބުނަނީ ކޮން ގޮތަކުންތަ؟؟ ދުނިޔޭގެ އެންމެ ''ގަދަފަދަ'' ޓީމް ރެއާލް މެޑްރިޑް މިސީޒަނުގެ ކޮޕަ ޑެލް ރޭއިން ކަޓައިގެން ދިޔައީ ތިޔަބުނާ ''ދަށް'' ޓީމް ކަމަށްވާ ލެގަނޭސްއާއި އެކީ ކުޅުނު 2 ލެގުން ބަލިވުމުގެ ސަބަބުންކަން މިފުރުސަތުގަ ހަނދާންކޮއްލަދެން.ވ.ވެދުން #ވިސްކައެލްބާސާ #ހަލަމެޑްރިޑް
ލޯންސްޓަރ
08 April 2018
ސްޕެނިޝް ލީގުގަ ދަށް ޓީމުތަކާ ދެކޮޅަށް ލަނޑުޖެހޭނީ. ޗެމްޕިއަންސް ލީގަކު ނުޖެހޭ.
އަސްލުހާލަތު
08 April 2018
އެކަމެއް ނޭނެ އެޓޭކިން މިޑްފީލްޑަރ އަކަށް ކުޅެމުން ވެސް 100 އަށް ވުރެއް ގިނަ ލަނޑު ޗެމްޕިއަންސްލީގުގަ ޖަހައިފި.. އަދި 100 ލަނޑު ހަމަކުރީ އޭގެ ކުރިން 100 ހަމަކުރި މީހާއަށް ވުރެއް މަދު މެޗުކުޅެގެން. ޓޮޕް ސްޓްރައިކަރަކަށް ކުޅޭނަމަ ހޯދާ ނުފެންނާނެ.. ކިހާވަރަކަށް ޖެހީމަތޯ ޗެމްޕިއަންސް ލީގުގަ ލަނޑު ޖަހާކަމަށް ވާނި؟ ގަނގައެއް އޮތީމަ ތަޅުވާނެ
އަލި
08 April 2018
ޗެމްޕިއަންސް ލީގް ބަލަންތަ؟ މެސީ ނުޖަހާދޯ ލަނޑު؟؟ ގޯލު ތެރޭގައި ހުރެ ނޫން މެސީ ލަނޑުޖަހަނީ. އެހެންވީމަ ނުފެންނާނެދޯ. ލޮލުގެ ޑޮކްޓަރަކަށް ދައްކާ ނޫނީ ޓީވީ ސްކްރީން ބޮޑު ކުރޭ. ހަހަހަހަ
ލޯންސްޓަރ އައްޕަ
08 April 2018
ރިއަލް މެޑްރިޑް އަކީ އާދައިގެ ޓީމެއްތަ. މެޑްރިޑް ކޮޅަށް ލަޑުޖެހި ހަދާން ނެތުނީތަ ބްރޯ
މެސީ
08 April 2018
މިހާރު މެސީ ފްރީކިކްގެ އެކްސްޕާޓަކަށް ވެއްޖެ ވަރަށް ފަސޭހަކަމާއެކު ބޭނުންވާތަނަށް ފޮނުވާލާ
ގާރލް
08 April 2018
މިކަހަލަ ސޫޓަރެއް މަށަށްވެސް ލިބުނު ނަމަ ކޮންފަދަ.
ކަޅޭ
08 April 2018
ސާބަހޭ ބާސާ.. މެސީވެސް އަދި ބާސާވެސް ނުހުއްޓުވޭނެ.. ހަމަ ކުރިއައް ދާނީ.. ވިސްކާ ބާސާ
ރަދީފް
08 April 2018
ސާބަހޭ ބާސާ.ސާބަހޭ މެސީ.ފޮނި ކާމިޔާބީއެއީ ބުރަކޮށް މަސައްކަތްކުރާ މީހުންނަށް ހައްގު އެއްޗެއް.އިރާދަކުރެއްވިޔާ ކާމިޔާބީގެ އައްސޭރި އޮތީ ވަރަށް އުޖާލާކޮއް.ހިތްވަރުކޮއްލާތި.#ވިސްކައެލްބާސާ.
ހާޖަރާ
08 April 2018
މީ ގަދަމީހެއް. ކޮންމެ ޓީމަކާ ޖެހުނަސް ތަޅާ ތިރިގަންނަވާނެ.
ޗޮކުސް
08 April 2018
އެކަމު ގައުމީ ޓީމަށް ކުޅޭ އިރު ހަމަ ހަޢްޕުނޑު
އައްބެ
08 April 2018
ގައުމީޓީމައް އެންމެފަހުން ކުޅުނު މެޗުގާވެސް ހެޓްރިކް، ކޮބާ ހައްޕުންޑު ވެފަ..
ރާއްޖެ
08 April 2018
ވޯލްޑް ކަޕް ފައިނަލް ކުޅެ މޮޅުކުޅުންތެރިޔާ ކަން ލިބުނީމަވެސް ވަނީ ހައްޕުޑަށްތަ؟