2010 ވަަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް މެސީ (މ) ހިފައިގެން ހުރިއިރު، އިނިއެސްޓާ (ވ) އާއި ޒަވީ (ކ) އޭނާއާ އެކު.--
18 މެއި 2018 - 17:06
ބާސެލޯނާ (މެއި 18) - އަންދްރެސް އިނިއެސްޓާ އަށް ބެލޮންޑިއޯ އެވޯޑެއް ހައްގުވާ ކަމަށާއި އެކަން ފުރިހަމަ ނުވެ އޮތުމުން މައާފަށް އެދޭ ކަމަށް އެ އެވޯޑްދޭ "ފްރާންސް ފުޓްބޯލް" މަޖައްލާ އިން ބުނެފައިވާއިރު އިނިއެސްޓާ ބުނީ "ހިތް ސާފު" ކަމަށެވެ.
ފީފާއާ ގުޅިގެން އޭރު ދެމުންދިޔަ ބެލޮންޑިއޯ އެވޯޑް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 2010 ވަނަ އަހަރު ހައްގުވަނީ އިނިއެސްޓާ އަށެވެ. އެއީ އެ ފަހަރު ސްޕެއިނުން ވޯލްްޑް ކަޕް ހޯދުމުންނާއި ބާސެލޯނާގައި އިނިއެސްޓާ ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުންނެވެ.
އެ އަހަރު އެވޯޑް ލިއޮނަލް މެސީ އަށް ލިބުނުއިރު، ދެ ވަނަ ދިޔައީ އިނިއެސްޓާ އެވެ. ތިން ވަނަ އަށް ދިޔައީ ޒަވީ ހެނާންޑޭޒް އެވެ.
"އެކަމުގައި މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް. އަހަރެން އެ އެވޯޑް ހަފުލާތަަކަށް ދިޔައިން. އަދި ވަރަށް ހިތްހަމަ ޖެހޭ ވަގުތުތަކެއް ހޭދަކުރިން،" އުމުރުން 33 އަހަރުގެ އިނިއެސްޓާ ބުންޏެވެ. "އެ އަހަރު އަހަރެން ސްޓޭޖުގައި ހުރީ މެސީ އާއި ޒަވީއާ އެކު. އެއީ އުފާވެރި ވަގުތެއް. ބާސެލޯނާ އަށް ނިސްބަތްވާ ތިން ކުޅުންތެރިން ތިބުމަކީ ވެސް އަހަންނަށް ލިބުނު ފަހުރެއް."
މި ސީޒަނަށް ފަހު އިނިއެސްޓާ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ދެން ގުޅޭނެ ކަމަށް ބެލެވެނީ ޖަޕާނުގެ ކްލަބް ވިސެލް ކޯބޭއާ އެވެ. ބާސެލޯނާގެ ސްޕޮންސަރުން ކަމަށްވާ ރަކޫޓެންގެ ހިއްސާ އޮންނަ ވިސެލް ކޯބޭ އިން އިނިއެސްޓާ ގެންދަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެހި
20 May 2018
މެސީ އެއި ރޮނާލްޑޯ ކައިރި ހުންނަ އިރު ކުޑަކުއްޖެއް. ރޮނާލްޑޯ އިޒް އަ ކޮމްޕްލީޓް ޕަރސަން ، އޭބުނީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސަރ އެލެކްސް ފަރގަސަން އިނގޭތޯ.
ޕެނާލްޑޯ
19 May 2018
ރާއްޖޭގެ މީހުން އެންމެ މޮޅު ކަމަށް ދައުވާކުރާ ޓެޕިނާލްޑޯ ޔަޢުނީ ރޮނާލްޑޯ އުޅެނީ ސީއައިއެސްއިންކުރި ދިރާސާގައި ދުނިޔޭގެ 16 ވަނައިގައި. މެސީއަށް އެއްވަނަ ލިބޭއިރު ރޮނާލޑޯ ޑޭވިޑް ސިލްވާ ޑީބަލާ ޑި ބްރެއިނާ ސަލާހު ފެނާންޑީނިއޯ ސްޓާރލިންގްއަށްވުރެވެސް ދަށް. ވަރަށް ވެދުން. #ވަލްވާރޑޭ އައުޓް #ބާރޓޯ އެންޑް ސެގުރާ އައުޓް #ސޭވް ޑެމްބެލޭ #ނޯ ގްރީޒްމަން ޓު ބާސާ
އިޔާ
19 May 2018
މިދިޔަ 10 އަހަރުވެސް އަސްލުލިބެންޖެހެނީ މެސީއަށް. ނަމަވެސް އެހެންކުޅުންތެރިން ކުޅުން ހުއްޓާލަފާނެތީ ރޮނާލްޑޯއަށްވެސްދިނީ، މެސީވަރެއް ހަމަނެތް، ކުޅުމަށް އަދި އަޙްލާޤަށް ބެލިކަމުގަވިޔަސް.
ރަދީފްް
19 May 2018
ކޮބާ ފެނޭތަ؟ ޔުއެފަލޯނާ އިން މެޗުގެ ރެފްރީން ގަންނަހެން މެސީ މިއޮތީ ބެލޮންޑިއޯރ ވެސް ގަނެފަ. އަދި ކުރިއަށް ހުރީ. ޙައްޤު ނޫން ދޭތި ގަނެފަ އޮތްކަން ޔަޤީން މިވީ. -ރަދީފްގެ ޕަބްލިސިސްޓް-
ރަދީފް
19 May 2018
އެހެންމީހުންގެ ނަމުގަ ކޮމެންޓްކުރުން އެއީ ހާދަހާވާ ނުބައިކަމެކޭ.ވ.ވެދުން.-™ރަދީފް®-
ޙައްގު
18 May 2018
ހަމަތިގޮތައް ބުނެވިދާނެ ރިބެރީއަށް %100 ހައްގު ބެލޮންޑިއޮ އެވޯޑެއް ރޮނާއަށް ދިނީ ވ. ވާހަކަ ހަޖަމް!
ޢަޒީ
18 May 2018
މެސީއަށް ނުލިބެން ޖެހޭ ދެފަހަރު އޭތި ދީފަ ތިހިރީ... ދެން ކޮންމެހެން މާފަށް އެދޭނެ ކަމެއްނެއް.... ހަމަ އެގޮތައް ޝުނައިޑާ އިޓާލިއަން ލީގް އަދި ޗެމްޕިއަންސް ލީގު ނެގިއިރު އެފަހަރުވެސް މެސީ އަށް މޮޅު ކުޅުން ތެރިޔާ ލިބުނީ....
ހަނީފް
19 May 2018
2013 ގަ ބެޔާން މިއުނިކް ބުންޑެސްލިގާ އަދި ޗެމްޕިއަންސް ލީގު ގެންދިޔަ އަހަރު ރޮބެން އަށް ލިބެންޖެހޭ އެވޯޑެއް ސީއާރް އަށް ލިބުނީ ކިހިނެއްތޯ؟ އަދި 2016 އަދި 2017 ގައި ހުރިހާ ގޮތަކުން އިންޑިވިޑުއަލްކޮށް އެންމެ މޮޅަށް ޕާރފޯމް ކުރީ މެސީ. އެ ދެފަހަރުވެސް ހައްގު ނޫން 2 ބެލޮންޑޯ ދިނީ ސީއާރް އަށް.