ބާސެލޯނާގެ ލިއޮނަލް މެސީ (ވ) އަތުން ބޯޅަ ހޯދަން ލެގަނޭސްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
27 ސެޕްޓެމްބަރ 2018 - 10:15
މެޑްރިޑް (ސެޕްޓެމްބަރު 27) – ސްޕެނިޝް ލީގުގެ ފުލުގައި އޮތް ލެގަނޭސް އަތުން 2-1 އިން ބާސެލޯނާ ބަލިވުމުން، އެއް ވަނަ އަށް އަރަން ރެއާލް މެޑްރިޑަށް ފުރުސަތު ލިބުނު ނަމަވެސް ސެވިއްޔާ އަތުން 3-0 އިން ބަލިވެ އެ ފުރުސަތު ގެއްލިއްޖެ އެވެ.
ބާސެލޯނާ އާއި މެޑްރިޑަށް 13 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަނެއްކޮޅުން މި ދެ ޓީމު ބަލިވުމުގެ ފައިދާ ނަގައި އެތުލެޓިކޯ މެޑްރިޑް ވަނީ ފަރަގު ކުޑަކޮށްފަ އެވެ. ހުއެސްކާ އަތުން 3-0 އިން މޮޅުވެ އެ ޓީމު އޮތީ 11 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ލެގަނޭސް އާއި ބާސެލޯނާ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ފިލިއްޕެ ކުޓީނިއޯގެ ގޯލުން ލީޑު ނަގައިފަ އެވެ. އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ލެގަނޭސް މޮޅުވީ ދެ ވަނަ ހާފުގެ ތެރޭ ތިން މިނެޓު ތެރޭ ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ގޯލް 52 ވަނަ މިނެޓުގައި ނަބީލް އެލް-ޒަހަރެވެ. ދެ ވަނަ ގޯލް 53 ވަނަ މިނެޓުގައި ޖެހީ އޮސްކާ ރޮޑްރިގޭޒެވެ.
ސެވިއްޔާ އިން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން މޮޅުވިއިރު ފުރަތަމަ ދެ ގޯލް ޖެހީ އޭސީ މިލާނުގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ޕޯޗުގަލްގެ އަންދްރޭ ސިލްވާ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ތިން ވަނަ ގޯލް ޖެހީ ވިސާމް ބެން ޔެޑާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޓާސް
27 September 2018
ކެކެކެ
ފަތަަސް
01 October 2018
ޕޮލިސް ފަތަހަސުންބޮލި ވެއެވެ.