23 ޑިސެމްބަރ 2018 - 10:21
ބާސެލޯނާ (ޑިސެމްބަރު 23) - ސްޕެނިޝް ލީގުގައި މި އަހަރު ކުޅުނު ފަހު މެޗުން ރޭ ސެލްޓަ ވީގޯ 2-0 އިން ބަލިކޮށް ބާސެލޯނާ އިން ލީޑުގައި އޮވެ އަހަރު ނިންމާލައިފި އެވެ.
މި ހަފްތާގެ މެޗުތަކަށް ފަހު ސްޕެނިޝް ލީގުގެ ކުޅުން ފިނި މޫސުމުގެ ޗުއްޓީ އަށް މެދުކަނޑާލާނެ އެވެ. އަލުން ފަށާނީ ޖެނުއަރީ ތިން ވަނަ ދުވަހު އެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި ފިނި މޫސުމަށް އަހަރު ފަހު ކޮޅު ލީގު މެދުކަނޑާލަ އެވެ. ހަމައެކަނި ލީގު ކުރިއަށްދަނީ އިންގްލެންްޑްގަ އެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 17 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ އެސްޕަންޔޯލް އަތުން 1-0 އިން މޮޅުވެފަ އެވެ. އެ ޓީމަށް 17 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ސެވިއްޔާ އެވެ. މި ވަގުތު 16 މެޗުން 31 ޕޮޮއިންޓް ހޯދާފައިވާ ސެވިއްޔާ މިރޭ ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ލެގަނޭސްއާ ދެކޮޅަށެވެ.
ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފްރާންސްގެ ވިންގް އޮސްމާން ޑެމްބެލޭ އެވެ. ލިއޮނަލް މެސީ ޖެހި ބޯޅަ ސެލްޓަ ކީޕަރު ރުބެން ބްލަންކޯ އަތުގައި ޖެހި ޑެމްބެލޭ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޖޯޑީ އަލްބާ ދިން ބޯޅަ އަކުން ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ މެސީ އެވެ. މިއީ މި ފަހަރުގެ ލީގުގައި މެސީ ޖެހި 15 ވަނަ ގޯލެވެ.
"މި މެޗުން މޮޅުވުމުގައި އަހަރެމެން ފުރަތަމަ ހާފުގައި ދެއްކި ތަފާތު މުހިއްމީ. އެޓޭކްތަކުގައި އަހަރެން ވަރަށް ހިތްހަމަ ޖެހޭ ފަދަ ކުޅުމެއް ދެއްކި. ސެލްޓަ އޮތީ ވަރަށް އޮގަނައިޒްކޮށް. އެކަމަކު އަހަރެމެން ދިޔައީ ލިބޭ ފުރުސަތުތަކުގައި އެ މީހުންނަށް ނުރައްކާ ކުރަމުން،" ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުންޏެވެ.
އެތުލެޓިކޯ ރޭގެ މެޗުގައި މޮޅުކޮށްދިން ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން އެންޓޮއިން ގްރީޒްމަން އެވެ. މިއީ އެސްޕަންޔޯލް ކުޅުންތެރިން އޭރިއާތެެރެއިން އެތުލެޓިކޯގެ ކޯކޭ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ ފޭން
23 December 2018
މަރުހަބާ ބަސާ. މިއަހަރު ލީގުގައި އުންމެ ގިނަ ގޯލް ޖަހައި ޔޫރަޕުގެ ރިކޯރޑު ރޭގަ ބާސާވަނީ ހަދާފައި. އެއީ 102 ގޯލް ޖަހައިގެން ޓޮޕް ފައިވް ލީގުން އަހަރު ނިމުނުއިރު އެންމެ ގިނަ ގޯލް ޖެހި ޓީމް. އަދި މެސީ އަހަރު ނިންމާލީ ޖެހިޖެހިގެން 11 ސީޒަނުަގައި 15 ގޯލް ލީގުގައި ހަމަކުރި ކުޅުންތެރިޔާގެ ގޮތުގައި. މެސީ މިއަހަރު ނިންމާލީ 51 ގޯލާއެކު 26 އެސިސްޓް ހަދައިގެން. އަދި 225 ޑްރިބަލްސްއާއި 150 ހަށްވުރެ ގިނަ ޗާންސް ކްރިއޭޓް ކޮށްގެން. ވަރަށް ވެދުން.
މަހަށް ދޭބަލަ.
23 December 2018
ބާސާއާއި ގާތްކުރާނެ ޓީމެއްވެސް ނެތޭ.
ރަދީފް
23 December 2018
މަރުހަބާ ދުނިޔޭގެ އެންމެ ގަދަފަދަ ކްލަބް.އާދެ އެއީ ކޮން ކްލަބެއްތޯ؟! އެއީ ސްޕެއިންގެ އެފްސީ ބާސެލޯނާބާސާ އިނގޭތޯ.ރޭގަ ބަޔަކު މީހުން މިކީ މައުސް ކަޕެއް ކާމިޔާބްކޮއްގެން ކުރި އުފަލަށްވުރެ މިއުފާ މާ ބޮޑުވެފަ ޕްރެސްޓީޖެސް.އެހެން ނޫންތޯ.#ވިސްކައެލްބާސާ
ސިޑޭ
23 December 2018
ރިވަޕްލޭޓް ސެމީން ކެޓުމަކީ މެޑްރިޑްގެ ނަސީބު، ހުރިހާގޮތަކުންވެސް ނަސީބު އެހީވާ ޓީމެއް ތި މެޑްރިޑަކީ...