ޔުވެންޓަސްގެ އެމްރޭ ޗޭން (ކ) އާއި ރޮނާލްޑޯ (މ) އަދި އެލެކްސް ސެންޑްރޯ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
28 ޖެނުއަރީ 2019 - 10:45
ރޯމް (ޖެނުއަރީ 28) – ފަހު ވަގުތު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ގޯލާ އެކު ލާޒިއޯ 2-1 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އެ ޓީމަށް ލީޑުފުޅާކުރަން ފުރުސަތު ލިބުނީ ދެ ވަނައިގައި އޮތް ނަޕޯލީ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އޭސީ މިލާނާ 0-0 އިން އެއްވަރުވުމުންނެވެ. ޔުވެންޓަސް އެއް ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ދެ ވަނައިގައި އޮތީ 48 ޕޮއިންޓާ އެކު އެވެ.
ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ލިބުނީ ޔުވެންޓަސްގެ އެމްރޭ ޗޭން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޔުވެންޓަސް އަށް 74 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޔޮއާއޯ ކެންސެލޯ އެވެ. އަދި މޮޅުވި ލަނޑު ރޮނާލްޑޯ ޖެހީ 88 ވަނަ މިނެޓުގަ އެވެ.
ރެއާލް މެޑްރިޑް ދޫކޮށް މި ސީޒަނުގައި ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯ ވަނީ ލީގުގައި މިހާތަނާށް 14 ގޯލް ޖަހައިފަ އެވެ. އޭނާ އޮތީ ލަނޑު ލިސްޓުގެ ތިން ވަނައިގަ އެވެ. ފުރަތަމަ ދެ ތިން މެޗެއްގައި އެންމެ ރަނގަޅަށް ނުކުޅެވުނު ނަމަވެސް ފަހުން އޭނާ ވަނީ ޓީމަށް ހޭނި، ގޯލް ޖަހައި ޓީމު މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
އަނެއްކޮޅުން ރޭ ޓޮރިނޯ އަތުން 1-0 އިން ބަލިވެ އިންޓަ މިލާނަށް ވަނީ، ނަޕޯލީއާ ގާތްކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. އިންޓަ އޮތީ 40 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި 35 ޕޮއިންޓާ އެކު އޮތީ އޭސީ މިލާނެވެ. ފަސް ވަނައިގައި 34 ޕޮއިންޓާ އެކު އޮތް ރޯމާ ވަނީ ރޭ އެޓަލާންޓާއާ 3-3 އިން އެއްވަރުވެފަ އެވެ. މޮޅުވި ނަމަ އެ ޓީމަށް ހަތަރު ވަނަ އަށް އެރުނީހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
28 January 2019
ސާބަހޭ ރޮނާލްޑޯ.މަރުހަބާ ޔުވޭ.އިންޓަ މިލާނުގެ އިވަން ޕެރިސިޗް ދާދިއަވަހަށް ލޯން އުސޫލުން އާސެނަލްއާ ނުގުޅޭނެއޭ ބުނަންވެސް މަމެންނެތިން.ރޭގެ މެޗްގެ ކުރިން ޕެރިސިޗް ވަނީ ޓްރާންސްފަރ ރިކުއެސްޓް އިންޓަމިލާނަށް ހުށައަޅާފަ.އުއްމީދަކީ 35 މިލިއަން ޕައުންޑަށް އާސެނަލުން މިވިޔަފާރި ނިންމާނެކަމަށް. #ފޯޒާޔުވޭ
ނިއުމާާ
29 January 2019
މަރުހަބާ ޔުވެންޓަސްގެ ނަމްބަރ ވަން ފޭން. ބްރޯގެ 3ވަނަ ކްލަބް އާރސެނަލްވެސް ފޯރމަކަށް އެޅޭނެކަމަށް ހީކުރަން.
ރަދީފް
29 January 2019
ތޭންކްސް ނިއުމާ.ކަމަނާ ހެޔޮ ނިޔަތުގަ ބުނި އެއްޗެއްނަމަ ވަރަށް އުފާކުރަން.ނަމަވެސް މަލާޤމާތުގެ ނިޔަތުގަ ނަމަ އެއީ ހިތާމަކުރާނަކަމެއް.