ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
11 ފެބުރުއަރީ 2019 - 09:18
ރެޖިއޯ އެމިލިއާ (ފެބްރުއަރީ 11) – ސައުސޮލޯ އަތުން 3-0 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޔުވެންޓަސް އަށް ލީޑު ފުޅާކުރަން ފުރުސަތު ލިބުނީ ދެ ވަނައިގައި އޮތް ނަޕޯލީ މި ހަފުތާގައި ކުޅުނު މެޗުގައި ފިއޮރެންޓީނާއާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ޔުވެންޓަސް އަށް 63 ޕޮއިންޓް ލިބިފައިވާއިރު ނަޕޯލީ އަށް ލިބިފައިވަނީ 52 ޕޮއިންޓެވެ.
ތާވަލުގެ ތިން ވަނައިގައި 43 ޕޮއިންޓާ އެކު އޮތީ ހޮނިހިރު ދުވަހުގެރޭ ޕާމާ އަތުން 1-0 އިން މޮޅުވި އިންޓަ މިލާނެވެ. އަދި އޭސީ މިލާން ވަނީ ރޭ ކަލިއާރީ އަތުން 3-0 އިން މޮޅުވެ 39 ޕޮއިންޓާ އެކު އަލުން ހަތަރު ވަނަ އަށް އަރައިފަ އެވެ.
ރޭ ޔުވެންޓަސް ރަށުން ބޭރުގައި ކުޅުނު މެޗުގައި އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދިނީ ޖަރުމަން މިޑްފީލްޑަރު ސާމީ ކެދީރާ އެވެ. ދެ ވަނަ ގޯލް 70 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ތިން ވަނަ ލަނޑު 86 ވަނަ މިނެޓުގައި ޖެހީ އެމްރޭ ޗޭން އެވެ.
ޔުވެންޓަސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޕައޮލޯ ޑީބަލާ ރޭގެ މެޗު ވެސް އޭނާ ފެށީ ބެންޗުންނެވެ. އެކަމަކު ދެ ވަނަ ހާފުގައި އަރައި، ފަހު ގޯލު ކާމިޔާބުކުރި ހަމަލާ އުފެއްދުމުގައި ދައުރެއް އަދާކުރި އެވެ.
"ރޮނާލްޑޯ އާއި ޑީބަލާ އަށް ޔަގީނުން ވެސް އެކުގައި ކުޅެވޭނެ. އެކަމަކު ޓީމު ބެލެންސްކުރުމަށްޓަކައި އެންމެން އެބަޖެހޭ ބުރަކޮށް މަސައްކަތްކުރަން. އެކަން ބިނާވާނީ އިދިކޮޅަށް ކުޅޭ ޓީމެއްގެ ގޮތުން. ސަސުއޮލޯގައި އޮތީ ވަރުގަދަ މިޑްފީލްޑް ލައިނެއް. އެހެންވެ އަހަންނަށް ޖެހުނީ ޓީމު އެގޮތަށް ބެލެންސްކުރަން،" ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާާ
11 February 2019
މަރުހަބާ ޔުވެންޓަސްގެ ނަމްބަރ ވަން ފޭން ރަދީފް. އެއްކޮޅުން ބްރޯގެ 3ވަނަ ޓީމު ބާރސާގެ ފޯރމު ކަޓަމުން ދާއިރު، ބްރޯގެ އެއްވަނަ ޓީމު، ރޮނަލްޑޯގެ މޮޅު ކުޅުމާއެކު ފޯރމަކަށް އެޅެމުން ދާތަން ފެނުމުން ބްރޯ އުފާވާނެ މިންވަރު އިހުސާސްވެސް ކޮށް ނުލެވޭ.
ރަދީފް
11 February 2019
ޔޭ ، ބާސާ އިން ޑިކްލައިން ދޯ.އެކަމަކުވެސް އަދި ރަނގަޅުވާނެކަމަށް މިބަލަނީ.
ނިއުމާގެ ދޮންދަރި
11 February 2019
ނިއުމާއެވެ. ކޮން އިރަކުތަ ބާސާ ފޯމުން ކަޓަމުން ދަނީ. ބަލަ ސެރިއޭ ކަހަލަ މިކީ މައުސް މުބާރާތްތަކުގައި ވަރަށް ފަސޭހަވާނެ ޕާރފޯރމްކުރަން.
ރަދީފް
11 February 2019
މަރުހަބާ ޔުވޭ.މަރުހަބާ ރޮނާލްޑޯ.ސާބަހޭ ރޮނާލްޑޯ.#ފޯޒާޔުވޭ #ފޯޒާޔުވޭ
ކަރާފަޅާ ރަދީފު
11 February 2019
މިމެޗުބަލަން މަދިޔާމޭ ވަރަށް ފުރިހަމަކުލުން އައްޑޫ ރަދީފުވެސް ދެކުނިން..
ރަދީފް
11 February 2019
ކަރާފަޅާ ރަދީފު.އާނ ދޯ. ޔޯ މަމް އިޒް ނެކްސްޓު މީ.ވީ އެންޖޯއިޑް އަ ލޮޓް.