14 ފެބުރުއަރީ 2019 - 12:13
ޓިއުރިން (ފެބްރުއަރީ 14) – ޕީއެސްޖީގައި އޮތް ވަރުގަދަ ޓީމާއި މޮޅު ކޯޗުގެ ސަބަބުން މި ސީޒަނުގައި އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ ކަމަށް އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނޭމާ ބުނެފި އެވެ.
އަނިޔާގެ ސަބަބުން ނޭމާ މިވަގުތު ކުޅުމާ ދުރުގައި ހުރި ނަމަވެސް ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން މެންޗެސްޓާ ޔުނައިޓެޑް އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެފަ އެވެ.
ގަތަރުގެ މަހުޖަނުން ޕީއެސްޖީ ގަނެ ބޮޑު ހޭދަތަކެއްކޮށްފައިވީ ނަމަވެސް މިހާތަނަށް ޔޫރަޕުގެ ޗެމްޕިއަންކަން ނުހޯދެ އެވެ. އެކަމަކު ނޭމާގެ އިތުރުން ކީލިއަން އެމްބާޕޭ އާއި ޖިއަންލުއިޖީ ބުފޮން ފަދަ ކުޅުންތެރިންނާ އެކު އެ ޓީމަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ.
"ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެ. ޕީއެސްޖީ އަކީ ހަމައެކަނި އަހަރެންނެއް ނޫން. އެއީ މޮޅު ޓީމެއް، ވަރުގަދަ ކުޅުންތެރިންނާއި މޮޅު ކޯޗެއްހުރި،" ނޭމާ ބުންޏެވެ. "އަނެއްކޮޅުން ޕީއެސްޖީ ސަޕޯޓަރުންނަކީ 12 ވަނަ ކުޅުންތެރިޔާ ފަދަ ބައެއް ޕެރިހުގައި ކުޅޭއިރު. އަހަރެންގެ ޝައްކެއް ނެތް ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެ އަދި އަހަރެން ކުޅޭނަން ވެސް މެ."
މިއީ ނޭމާ އަށް ސީރިއަސް އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަން ޖެހުނު ދެ ވަނަ ސީޒަނެވެ. މިދިޔަ އަހަރު ވެސް ދިމާވީ އެފަދަ ގޮތެކެވެ.
"ފަރުވާ އަދި ކިރިޔާ މި ފެށުނީ. މިއީ ދިގު މުއްދަތުގެ ދަތުރެއް. ކުޑައިރުން ފެށިގެން އަހަރެން ފުޓްބޯޅަ ކުޅެން. އެހެންވެ މިކަމާ ދުރުގައި ހުންނަން ޖެހުމަކީ އުނދަގުލެއް،" ނޭމާ ބުންޏެވެ. "އެކަމަކު މީގެ ސަބަބުން އަހަންނަށް ދަތިތަކާ ކުރިމަތިލާން ދަސްވޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުކާކޫ
18 February 2019
ޕީއެސްޖީ ބަލިވާނެ ކަމަށް މި ބަލަނީ.
ޕޮގުބާ
17 February 2019
ތީމޮޅުމީހެއްނޫން ގޭގަ މަޑްކޮއްލާ
ނޭމާ
14 February 2019
ނުވާނެ
ނިއްޓެ
17 February 2019
ވާނެ. ކެއްކޮއްލާ