ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
24 ފެބުރުއަރީ 2019 - 08:53
ސެވިލް، ސްޕެއިން (ފެބްރުއަރީ 24) - ލިއޮނަލް މެސީގެ ކެރިއަރުގައި ހެދި 50 ވަނަ ހެޓްރިކާ އެކު ބާސެލޯނާ އިން ރޭ ސްޕެނިޝް ލީގުގައި ފަހަތުން އަރައި 4-2 އިން ސެވިއްޔާ ބަލިކޮށްފި އެވެ.
މި މޮޅާ އެކު ބާސެލޯނާ އިން ވަނީ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ އަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. އެތުލެޓިކޯ މިރޭ ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.
ރޭގެ މެޗު ފަށައިގެން 22 ވަނަ މިނިޓްގައި އަމިއްލަ ދަނޑުގައި ކުޅުނު ސެވިއްޔާ އަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން ޖޭސުސް ނަވާސް އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ތެރެއިން މެސީ ޖެހި ހިތްގައިމު ވޮލީއަކުން ނަތީޖާ ހަމަހަމަ ކުރި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން ސެވިއްޔާ އަށް ލީޑުނަގައިިދިނީ އާޖެންޓީނާގެ ފުލްބެކް ގަބްރިއެލް މަކާޑޯ އެވެ.
ދެ ވަނަ ހާފަށް ބާސެލޯނާ އިން ނުކުތީ އޮސްމާން ޑެމްބެލޭ ކުޅެން އަރުވައިގެންނެވެ. މެޗުގެ 67 ވަނަ މިނިޓްގައި މެސީ ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖަހައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށެވެ.
މެޗުގެ އިތުރު ވަގުތުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ލުއިސް ސުއަރޭޒް އެވެ. ރޭގެ ލަނޑުތަކާ އެކު ސްޕެނިޝް ލީގުގެ ރަން ބޫޓުގެ ރޭހުގައި މެސީ ކުރީގައި އުޅެނީ 25 ގޯލާ އެކު އެެވެ.
"އަބަދު އެންމެ މޮޅަކަށް ނުކުޅެވޭނެ ޓީމަކަށް. ބައެއް ފަހަރު ޖެހޭނެ މެޗުގައި ނުކުންނަ ކޮންމެ ހާލަތަކަށް ތައްޔާރުވާން. މި މެޗުގައި އަހަރެމެން ކުރިމަތިވި ޕްރެޝަރުތަކަށް ވަރަށް ރަނގަޅަށް ކުރިމަތިލައިފި. މިއީ އެގޮތުން ބަލާއިރު ވަރަށް ރަނގަޅު މެޗެއް،" ރޭގެ މެޗަށް ފަހު މެސީ ބުންޏެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް ދެ މެޗުގެ ކުރިން މިއީ ބާސެލޯނާ އިން ކުރިމަތިލި ރަނގަޅު ޓެސްޓެއް ކަމަށާއި މި މެޗުގައި ދެއްކި ހިތްވަރުގެ ފައިދާ ކުރިއަށް އޮތް މެޗުތަކުގައި ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަމް
26 February 2019
މެސީ ޔަކީ ދުނިޔޭގެ ނަންބަރ 1
ނިއުމާާ
24 February 2019
މަރުހަބާ ރަދީފް އަދި ބްރޯގެ 3ވަނަ ކްލަބް
ސުޒޭންް
24 February 2019
ސާބަހޭ މެސީ. ކޮންމެ މެޗެއްގައިވެސް ތިހެން ކުޅޭނަމަ
ކޮންސިސްޓަންސީ
24 February 2019
ކަލެޔަކަށް ނުފެނޭތަ މެސީ އެއް ހަމައެއްގައި ކުޅުން ދަމަހައްޓާ ތަނެއް. ކޮންމެ މެޗެއްގައިވެސް މެސީ ތަފާތު ދައްކާ. ގޯލެއް ނުޖެހުނަސް ޗާންސް ކްރިއޭޓްކުރޭ. ރޭގައި މެސީ ދެއްކި ކުޅުން އެއީ އޭނަގެ އެންމެ ބެސްޓެއްނޫން. މެސީ ރޭގަ ދެއްކި ކުޅުމަކީ އެހެން ކުޅުންތެރިންގެ މުޅި ކެރިޔަރުގައިވެސް ކުޅެވޭނެ އެންމެ ރަނގަޅު ކުޅުން (އެހެން ކުޅުންތެތިޔެއްނަމަ). އެކަމަކު މެސީޔަށް އެއީ އަދި އެނަގެ ބިލޯ ޕާރ ޕާރފޯރމަންސެއް.
ސުޒޭންް
24 February 2019
އެހެންތަ؟
މުލޭ
24 February 2019
މެސީ ވަރެއް ނެތް. މެސީއަކީ ހަމަ އެއްވަނަ. ހުރިހާ އެންމެންނަށްވެސް މެސީގެ ފެންވަރު އެނގިއްކެކަމަށް ހީކުރަން.
ސުލޮމޮން
24 February 2019
އަބަދު މޮޅުވެ، އީޒީ ލީގުގަ އެއްވެސް ވާދަވެރިކަމެއް ނެތި، ބޮޑު ގަބީލާއަކުން ހަރަދު ކުރާ ކުލަބަކާ ބަލާފަ ގޯހެއް ނޫން. މެސީ އަކަށް އިޓަލީ، އިނގިރޭސި، ޖަރުމަން، ފްރާންސް ލީގަށް ބަދަލުވާން ބިރު ގަންނަނީ މި ކުޅުން ނުކުޅެވޭނެތީ. މޮޅު މީހުން ފޯކައިދޫގަ ހުއްޓަސް އެނގުން ވާނެ
ރަދީފް
24 February 2019
ސުލޮމޮން ގަބީލާގެ މީހުން އެއީ ބަޔަކު ހޯދާ ކާމިޔާބީއެއްގަ މަރުހަބާ ކިޔާލަން ވެސް ނުދަންނަ ބައެއް.އެމީހުންނަށް އިނގޭނީ އިންޓިމިޑޭޓްކުރަން.ރޭގަ ބާސާ ބަލިވިނަމަ ކިޔާނީ ކޮންމެ ވެސް އެހެން ޅެމެއް.މޮޅުވީމަ ތިކިޔަނީ ފަރިހި.ލަދު ކޮބާ؟؟ ވ.ވެދުން
އައްބެ
24 February 2019
އެއްޗެއް ބުނުމެެއް ނެއް ކުރިކެޓުބަލާ ސޮރެއް...
ސިނަމޮން
24 February 2019
ހަޖަމް ނުވީތަ. ވަފާތެރިކަމަކީ ވަރަށް މަދު ކުޅުންތެރިޔެއްގެ ގައިގައި ހުންނަ ރިވެތި ޞިފައެއް. މެސީ އިނގިރޭސި ލީގުގެ ގަދަ 5 ޓީމް ކޮޅަށް ވަނީ 29 މެޗުން 22 ގޯލް ޖަހާފައި. ރޮނާލްޑޯ އަހަރެއްގައި އެލީގުގައި ކުޅެގެންވެސް މި 5 ޓީމް ކޮޅަށް މިވަރަކަށް ގޯލެއް ނުޖެހޭ. ބަޔަކު މޮޅުވުމުން މަރުހަބާ ކިޔުމަކީ ލަދުވެތި ކަމެއްނޫން.
އަލީ އަހުމަދު
24 February 2019
އަހަރެންމީ ފުޓުބޯޅަޔާ އެހޭ ގަޔާވާވެސް މީހެއްނޫން އަސްލު، އެކަމު މެސީގެ ކުޅުން ވަރަށް ހިއްގައިމު، ތަފާތު ފެނޭ. ފުޓުބޯޅައައް އައި އިންގިލާބީ ކުޅުންތެރިއެއް. ރޮނާލްޑޯވެސް ވަރަށް މޮޅު، އެކަމު ގިނަ މެޗުތަގެއްގައި ފޯމުގައި ކުޅެ ތަފާތުދެއްކޭލެއް މަދު.
ރަދީފް
24 February 2019
އަލީ އަހުމަދި ގަޔާވަނީ ކޯޗެއްދެކެ؟؟ ކްރިކެޓް،ބެޑްމިންޓަން،ބާސްކެޓް،ވޮލީ،ބައިބަލާ،ޓީޓީ،ސްވިމިންގ، ބަށި ؟؟؟ ވ.ވެދުން
ހަގީގަތް
24 February 2019
މެސީ މިއީ ގަދަ ސޮރެއް. މެސީގެ ސަބަބުން ސެވިއްޔާޔަށް ފުރަތަމަ ގޯލު ޖެހުމުން އޭގެ ރައްދު ކުޅުމުން އެ ދައްކާލީ. އަދިވެސް މިތާއުޅޭ މެޑްރިޑް ސަޕޯރޓަރުން ބުނާތި އެއީ ޕެސީޔޭ. އޭނަ އެހުރީ ފޯމުން ކަޓާފަޔޭ. ބާސާ މެސީޔަށް އެންމެ ބޭނުންވި ވަގުތުގައި އެތަފާތު ދައްކާލީ. މިއީ ހަގީގީ ޗެމްޕިއަނުންނަކީ. މީގެ އެންމެ މޮޅު ކަމަކީ މެސީ ލަލީގަގައި 25 ގޯލު ޖަހާފައިވާއިރު 26 ބިގް ޗާންސް ކްރިއޭޓް ކޮށްފައިވާކަން. މިއާއެކު 11 އެސިސްޓްވެސް ހެދި. މުޅި ޖުމުލަ 33 ގޯލް.
ރަދީފް
24 February 2019
މަރުހަބާ ބާސާ،މަރުހަބާ މެސީ.ދުނިޔޭގެ އެންމެ ގަދަފަދަ ކްލަބް ރޭގަ މޮޅުވުން އެއީ ލިބުނު އުފާވެރިކަމެއް.މެސީގެ ފުރަތަމަ ގޯލް އެއީ ވަރަށް މޮޅު ގޯލެއް.ރޭގަ މެސީ ޖެހި ތިންވަނަ ގޯލް އެއީ މެސީގެ ކެރިއާގަ ޖެހި 650 ވަނަ ގޯލް.(ބާސާ 585 ގޯލް ، އާޖެންޓީނާ 65 ގޯލް).މެސީ އެއީ މޮޅު ކުޅުންތެރިއެއް.އިރާދަކުރެއްވިޔާ ކުރިއަށް ހުރި މެޗްތަކުން މޮޅުވެގެން ރަނގަޅު ކާމިޔާބީތަކެއް މެސީގެ އެހީތެރިކަމާއިއެކު ބާސާއަށް ލިބޭނެ.#ވިސްކައެލްބާސާ #ވިސްކައެލްބާސާ
ލަމް
26 February 2019
ﷲ އިރާދަކުރެއްވިޔާ 28 ވިހުގަ އޮންނަ އެލްކުލެސިކޯ ގަ މެސީގެ ތަފާތު މޮޅު ކުޅުމާއި އެކު ބާާަސާ މޮޅުވާނެ!