10 މާޗް 2019 - 10:21
ބާސެލޯނާ (މާޗް 10) - ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު އޮއްވައި ސްޕެނިޝް ލީގުގައި ރޭ 3-1 އިން ރަޔޯ ވަޔެކާނޯ އަތުން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ލައްވައި ކުޅުވީ އޭނާ ވެސް އަރާމުކުރަން ބޭނުންނުވުމުން ކަމަށް ބާސެލޯނާ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
ރޭގެ މެޗުތަކަށް ފަހު ބާސެލޯނާ އެއް ވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް އެވެ. އެތުލެޓިކޯ ރޭ ކުޅުނު މެޗުގައި ޓީމުގެ މުހިއްމު ކުޅުންތެރިން ނުލައި ކުޅެ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ލެގަނޭސް އަތުން މޮޅުވެފަ އެވެ. އެތުލެޓިކޯ މުހިއްމު ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދިނީ އަންގާރަ ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗު އޮތުމުންނެވެ.
ވަލްވޭޑޭ ބުނީ އެހެން ޓީމުތަކުން ކަންތައް ކުރާގޮތް ބާސެލޯނާ އިން ނުބަލާނެ ކަމަށާއި އެ ޓީމުގައި ގޮތް ނިންމާނީ ކުޅުންތެރިންނާއި އެންމެން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"ވަކި ޓީމަކުން ކުޅުންތެރިންނަށް އަރާމް ދީގެން ކުޅުނަސް އަހަރެމެން އެގޮތަށް ކަންކުރުން މުހިއްމެއް ނޫން. ބާސެލޯނާގައި ގޮތް ނިންމާނީ ކުޅުންތެރިންނާއި މަޝްވަރާ ކޮށްފައި. މެސީ އާއި ސުއަރޭޒް ބޭނުންވި މި މެޗުގައި ކުޅެން. މިއީ ޗެމްޕިއަންސް ލީގު މެޗު ފަސޭހަކޮށް ނެގުމެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ ވަނަ ލެގުގެ މެޗުތަކުގައި ނަތީޖާތައް ނުކުތްގޮތުން ބާސެލޯނާ އަށް އަމިއްލަ ދަނޑުގައި ކުޅުނަސް ފަސޭހަކޮށްލެވެން ނެތް ކަމަށް ވަލްވޭޑޭ ގަބޫލުކުރެ އެވެ.
"ބޮޑެތި މެޗުތަކެއްގައި ނަތީޖާ އެނބުރިގެންދިޔަ ގޮތް އަހަރެމެންނަށް ފެނިއްޖެ. އަހަރެމެން އެކަން ތަޖުރިބާ ވެސް ކޮށްފިން. އަހަރެމެން މި މުބާރާތުގެ އެއްވެސް މެޗެއް ފަސޭހަވާނެ ކަމަށް އެއްވެސް އިރެއްގައި ގަބޫލެއް ނުކުރަން. ކޮންމެ މެޗަކީ ވެސް ފައިނަލެއްގެ ނަޒަރުން ކުޅޭނީ،" ވަލްވޭޑޭ ބުންޏެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކުރީ މެސީ އާއި ސުއަރޭޒްގެ އިތުރުން ޖެރާޑް ޕީކޭ އެވެ. ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި މެސީ 26 ގޯލާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އެ ޓީމުގެ ސުއަރޭޒް ވަނީ 17 ގޯލު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނަ
10 March 2019
ޕެސީ ލޮލް
ސުލޮމޮން
10 March 2019
ރޭގަވެސް ފެނުނީ އެއްކަލަ މަންޒަރު ދެއްތޮ. މެސީއަށް ކޮންމެހެންވެސް ޕެނަލްޓީއެއް ދޭންވާނެ
އަލީ އަހުމަދު
10 March 2019
ތިބޭފުޅާ ފުޓުބޯޅަ ބައްލަވަންތޯ؟
ޕެނަލްޓީ
10 March 2019
ބޭފުޅާ ފުޓްބޯޅަ ދަންނަންތަ. ރޭގަ މެސީ ޖެހީ ޕެނަލްޓީ ގޯލެއް. އަދި އެއް އެސިސްޓްވެސް ހެދި. 6 ޑްރިބަލްސް ކޮމްޕްލީޓްކުރިއިރު 3 ކީ ޕާސް ޖަހާފައިވޭ. 3 ލޯންގް ބޯލްސް ޖެހުމާއެކު 3 ބިގް ޗާންސްވެސް ކްރިއޭޓްކުރި. ރޭޓިންގް އަކަށް ހޫ ސްކޯޑުން ދިނީ 9.43 އަދި ސޯފާ ސްކޯއިން ލިބުނީ 9.1. ކަލެޔަކީ ރޯނު އެދުރެއްކަން ތިޔަ ކޮމެންޓުންވެސް އިނގޭ.
މީނަ
10 March 2019
އެއްކަލަ ސްޓެޓްސް ކިޔާ ކުދިންކޮޅު 3ހަފްތާ ފަހުން ތިލަވާން ފަށައިފި
މަހަށްްދަގަ
10 March 2019
މިދިޔަ މަހެއްހާ ދުވަހު މެސީގެ ރޭޓިންގ އިނީ އެވްރެޖް ގޮތެއްގައި 6ގައޭ ބުނަން މަމެން ނެތީމުދޯ؟
ރޭޓިންގް
10 March 2019
މަހައްދަގައަށް. ރޭޓިންގް ހައެއްގައޭ. ކަލޭ ފުޓްބޯޅައިގެ ބަދަލުގައި ބަލަނީ ކްރިކެޓްތަ؟ ބަލަ މިދިޔަ މަހެއްހާ ދުވަހު މެސީވަނީ ސެވިއްޔާ ކޮޅަށް 10ގެ ރޭޓިންގް އެއް ހޯދުމާއެކު ވަޔަކާނޯ ކޮޅަށް 9.1ގެ ރޭޓިންގްއެއް ހޯދާފައި. މީގެ އިތުރަށް ލިޔޯން ކޮޅަށްވެސްވަނީ 8.9 ގެ ރޭޓިންގްއެއް ހޯދާފައި. ރިއަލްއާއި ދެކޮޅަށް ފުލް މެޗް ކުޅުނު ފަހަރު 7.0 ހޯދިއިރު އެންމެ 30 މިނެޓް ކުޅުނު މެޗުގައިވެސް ވަނީ 6.9 ހޯދާފައި. ދެން ހައެއްގަ އުޅުނު ގޮތެއް ނުވިސްނުނު.