ލިވަޕޫލުގެ ވާޖިލް ވެން ޑައިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
14 މާޗް 2019 - 08:50
މިއުނިކް (މާޗް 14) – ބަޔާން މިއުނިކް އަތުން ރަށުން ބޭރުގައި 3-1 އިން މޮޅުވެ ލިވަޕޫލުން އަދި އޮލިމްޕިކް މާސޭ އަތުން އަމިއްލަ ދަނޑުގައި 5-1 އިން މޮޅުވެ ބާސެލޯނާ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ލަފާކުރެވުނު ގޮތާ ހިލާފަށް ލިވަޕޫލުން މާބޮޑު އުނދަގުލަކާ ނުލާ ބަޔާން ބަލިކުރުމާ އެކު، 2008 ގެ ފަހުން ފުރަތަމަ ފަހަރަށް އިނގިރޭސި ހަތަރު ޓީމެއް މި ވަނީ ގަދަ އަށަކުން ޖާގަ ހޯދައިފި އެވެ. އަނެއް ތިން ޓީމަކީ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
ލިވަޕޫލުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވެފައިވާތީ މިއުނިކުގައި ކުޅުނު ދެ ވަނަ ލެގު އޮތީ ވަރަށް ބޮޑަށް ހުޅުވިފަ އެވެ. ލިވަޕޫލުން ވަނީ 26 ވަނަ މިނެޓުގައި ސަޑިއޯ މާނޭގެ ގޯލުން ކުރި ހޯދައިފަ އެވެ. އެކަމަކު އެ ޓީމުގެ ޔޮއެލް މަޓިޕް އަތުން 39 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑާ އެކު ނަތީޖާ ހަމަހަމަވި އެވެ.
އެގޮތުގައި އޮވެ ނިމުނަސް ކުއާޓާގެ ފުރުސަތު ލިބެން އޮތް ލިވަޕޫލަށް އަލުން ލީޑު ނަގައިދިނީ، ފުރަތަމަ ލަނޑު ޖަހަން މަގުފަހިކޮށްދިން ކުޅަދާނަ ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. އެއާ އެކު އަނެއް ބުރަށް ދިއުމަށް މަދުވެގެން ދެ ލަނޑު ބަޔާން ބޭނުންވި އެވެ. ބަޔާންގެ އުއްމީދުތަކަށް ހުރަސް އެޅުނީ 84 ވަނަ މިނެޓުގައި މާނޭ ވައްދާލި ލަނޑާ އެކު އެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމުގެ ގޭމްޕްލޭން މަސައްކަތް ކުރަން ފެށުމާ އެކު ބަޔާން ރޫޅާލެވުނު ކަމަށާއި މިއީ ހުރިހާ ގޮތަކުން ވެސް ހައްގު މޮޅެއް ކަމަށެވެ. އަދި މިއާ އެކު ސާބިތުވެގެން ދިޔައީ، ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ލިވަޕޫލް އަލުން ޔޫރަޕުގެ ވަރުގަދަ ޓީމުތަކުގެ ސަފަށް އަރާފައިވާކަން ކަމަށް ކްލޮޕް ބުންޏެވެ.
ބާސެލޯނާގެ ލިއޮނަލް މެސީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
ލިޔޯންގެ ދަނޑުގައި އެ ޓީމާއި ބާސެލޯނާ ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވެފައި އޮތުމުން ރޭގެ ދެ ވަނަ ލެގު ވެސް ވެސް ދެ ޓީމަށް އޮތީ ވަރަށް ބޮޑަށް ފުރުސަތު ހުޅުވިފަ އެވެ. އެކަމަކު ފުރަތަމަ 30 މިނެޓުގެ ތެރޭ ލިއޮނަލް މެސީ އާއި ފިލިއްޕެ ކުޓީނިއޯގެ ގޯލްތަކުން ބާސެލޯނާ ހަމަޖެހިލި އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ލިޔޯންގެ ލޫކަސް ޓޫސާ ލަނޑު ޖަހައި ބާސެލޯނާ ކޮންމެވެސް ވަރަކަށް ހާސްކޮށްލި އެވެ. އެކަމަކު މެސީ އާއި ޖެރާޑް ޕީކޭ އަދި އޮސްމާނޭ ޑެމްބެލޭގެ ގޯލްތަކާ އެކު ބާސެލޯނާ އިން ފަސޭހަ މޮޅެއް ހޯދީ އެވެ.
"މި އަހަރުގެ ޗެމްޕިއަންސް ލީގަށް އަހަރެމެން ވަރަށް ސަމާލުކަންދީގެން މި ކުޅެނީ. އެކަމަކު އަހަރެމެންނަށް އެނގޭ އުނދަގޫވާނެކަން. ވާދަވެރި ޓީމުތަކުގެ ފެންވަރު ވަރަށް މަތި،" މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން ބަލިވި ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީޝް
14 March 2019
ޕެނަލްޑޯ ކިޔާ ކުދިންނަށް ޕެސީ ފެނޭ؟
ސުލޮމޮން
14 March 2019
ކަންތަކާ ޖެހުނީ، ޗެމްޕިއަންސް ލީގުގެ ޓީމުތައް ވިސްނާލަން ޖެހޭ ކަމަކީ އަނެއްކާވެސް ބާސެލޯނާ ކުއާޓަރ ގަ ކުޅެން ޖެހޭނެ ކަމާ ކުރީ ފަހަރު ބާސާއަށް މޮޅު ހޯދާދިން ރެފްރީން ތަކުގެ ސަސްޕެންސަނުގެ މަތިން މީހުން ހަނދާންނެތިފަ ތިބިކަން. ޔޫއެފާއިން އެމީހުންގެ ޓީމު މިފަހަރުވެސް ވީހާވެސް ދުރަށް ނުވަތަ ތައްޓެއް ލިބޭތޯ ވަރަށް މަސައްކަތްކުރާނެ. ޔޫއެފާލޯނާ ކިޔަނީ މަޖަލަކަށް ނޫންކަން ދުނިޔޭގެ ފުޓްބޯޅަ ބަލާ އެތައް މިލިޔަން ބަޔަކަށް އިނގޭނެ
ބޮންދު
14 March 2019
"އޮލިމްޕިކް މާސޭ އަތުން އަމިއްލަ ދަނޑުގައި 5-1 އިން މޮޅުވެ ބާސެލޯނާ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ." ނޫސްވެރިކަމުގެ ފެންވަރު......
ނަސީ
14 March 2019
ދެން؟
ނަސޫ
14 March 2019
ނަސީ، ބާސާ ކުޅުނީ ލިއޯންއާ ދެކޮޅަށް.
ނިއުމާ.
14 March 2019
ލިވަޕޫލް އެއީ އެހާ މޮޅުބައެއް ނޫން.ފައިނަލްގަ މިލާން ބަލިކުރި ދުވަސްވަރު ފެނުނު ވަރުގަދަ ލިވަޕޫލް ކޮބާ!!
ފާތުމާ
14 March 2019
ދެން ތި ބުނާ މޮޅު ބައެއްގެ ނަންވެސް ކޮމެންޓް ގަ ޖަހާލި ނަމަ...
އަންްނި
14 March 2019
ކޮބާ އިނގިރޭސި ލީގުގެ ފެންވަރަށް މަލާމާތްކުރާ ރަދީފަށް އެއްޗެއް ވިސްނިއްޖެތަ؟ 4ޓީމުން ކުއާރޓަރ ފައިނަލަށް ދިއުމުން ފެންވަރު އެނގޭނެކަމަށް ހީކުރަން. މިއީ ކުއާރޓަރގައި ކުޅޭ ޓީމުތަކުގެ 50%. ދެން ތިބީ، ސްޕެއިން، އިޓަލީ، ޕޯޗުގަލް އަދި ނެދަރލޭންޑްސް، ކޮންމެ ލީގަކުން ޓީމެއް. އެއީ 12.5% ލީގަކަށް. މިވަރުން ނޭނގެންޏާ ރަދީފް ކިޔާ ޔޫރޯ ކްލަބް އިންޑެކްސް ޓޮޕް10ގައި އިނގިރޭސި 4 ޓީމް، ޓޮޕް15 ގައި އިނގިރޭސި 6 ޓީމް. ދެން އެންމެ ކައިރީ ގަދަ 15ގައި ސްޕެއިން 3ޓީމް
ލކއވ
14 March 2019
ފާއިތުވެދިޔަ 5 ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މީހުނަށް ބަލާލީމަ އިގޭނެ. އިނގިރޭސި ޓީމްތަކުގެ ފެންވަރު. ދަމަކުން ބަޑިއެއް ޖަހާބީދައިން 11 އަހަރަށްފަހު 4 ޓީމް ކްއާރޓަރ ފައިނަލަށް ދިއުމީ އަހަރެމެން ހައިރާންވާވަރުގެ ކަމެއްނޫން.
ރަދީފް
14 March 2019
މަރުހަބާ ބޮޑާ އަންނި.އިގިރޭސި ކްލަބްތަކުން މިފަހަރު ޔޫސީއެލްގަ ހޯދާ ކާމިޔާބީއަށް މަރުހަބާ.އިނގިރޭސި 04 ކްލަބް ޖިއޮގްރަފީގެ ގޮތުން އިނގިރޭސި.ނަމަވެސް ބިދޭސީ ކޯޗުން . ކުޅުންތެރިން އަދި އޯނަރުން ވެސް ބިދޭސީ ކޮންމެވެސް ކުންފުންޏެއް.ލަންޑަނުގެ ކުންފުންޏަކުން މެނޭޖްކުރަނީ ސްޕާސް އެކަނި.އެހެންވީމަ އިނގިރޭސި ފުޓްބޯޅަ ދުނިޔޭގެ ރަސްކަންކުރަން ފެށީކަމަށް ދެކިގެން ދުނިޔެ ރަނަށް ބަދަލިވީކަމަށް ހޯބޯލައްވާ ނޫޅެ މައިތިރިވުމަށް ގޮވާލަން.ވ.ވެދުން
އަންްނި
14 March 2019
މިދިޔަ އަހަރުވެސް ނޮކްއައުޓް ސްޓޭޖުގައި ކުޅުނު އިނގިރޭސި 5 ޓީމް. 4 ޓީމުން ގްރޫޕް ސްޓޭޖް އެއްވަނަ ހޯދިއިރު، ގްރޫޕްގައި ސްޕެނިޝް ޓީމަކަށް އިނގިރޭސި ޓީމެއްގެ މައްޗަށް ކުރިހޯދިފައެއް ނެތް. ޓޮޓެންހަމުން ގްރޫޕް އެއްވަނަ ހޯދިއިރު ދެވަނަ ރެއާލް. ޗެލްސީއިން ގްރޫޕްގެ 2ވަނަ ހޯދިއިރު 3ވަނަ އެތްލެޓިކޯ މެޑްރިޑް. ލިވަރޕޫލުން ގްރޫޕްގެ އެއްވަނަ ހޯދިއިރު ދެވަނަ ސެވިއްޔާ. މިއީ އެހެން ލީގެއްގެ ޓީމުތަކަކަށް ހޯދިފައި ހުރި ނަތީޖާތަކެއް ނޫން.
ސަނީ
14 March 2019
ލޮލް ރަދީފްގެ ފެންވަރު އެނގި ހާމަ މިވަނީ. މޮޅުވީމަ އިނގިރޭސިއެއް ނޫން. ބަލިވީމަ އިނގިރޭސި. މެސީއާ ރޮނާލްޑޯއާ ގްރީޒްމޭން އެއީ ރަދީފް ގަބޫލުކުރާގޮތުގަ ސްޕެއިން ކުޅުންތެރިން. ނެކްސްޓް ޖޯކް ޕްލީޒް؟
ސުލޮމޮން
14 March 2019
އިނގިރޭސި ލީގުގެ ޓަފް ކަމުން ފިސިލަލީވެސް އުނދަގޫވީމަ ހަމައެކަނީ ޗެމްޕިއަންސް ލީގަށް ހުސްވެގެން ނުތިބެވޭނެ. މިއީ އީޒީ ލަލީގާއެއްނޫން. އަނެއްކޮޅުން ބާސާއަށް އޮންނަ އެޑްވާންޓޭޖް ތަކެއް ގިނަ ޓީމުތަކަށް ނޯވޭ
ރަދީފް
14 March 2019
@ސަނީ.ކަލެއަށް އަހަރެންގެ ކޮމެންޓް ދޭހަނުވުން އެއީ ކަލޭގެ މައްސަލައެއް ނުވަތަ ކަލޭ ކިބައިގަ ހުރި އުނިކަމެއްގެ ސަބަބުން ދިމާވިކަމެއް.އެސްއެސްސީ އިމްތިހާން ދިވެހި މާއްދާގެ ދޭހަ ސެކްޝަނުން ލިބުނީ ކިތައް މާކްސްތޯ އަަހާލަން ބޭނުން.ވ.ވެދުން
ސުޒޭންް
14 March 2019
ކޮބާ 8 އަހަރު ވަންދެން ބަޔާން އަތުން އާރސެނަލް ބަލިވެގެން މަލާމާތްކުރި ރަދީފަށް ފެނޭތަ ރަނގަޅު ޓީމަކާ ޖެހުނީމަ ޖަރުމަނު ޓީމުތަކަށް ވާގޮތް؟ ޑޯޓްމަންޑަކަސް، ޝާލްކޭއަކަސް، ބަޔާނަކަސް އިނގިރޭސި ރަނގަޅު ޓީމަކާ ޖެހުނީމަ މިދަނީ ޗޮކުން. އެހެންވެ އެދުވަހުވެސް ބުނީ، އާރސެނަލަށް މޮޅު ނުވެވުމުން އެނގެނީ އާރސެނަލުގެ ފެންވަރޭ، އިނގިރޭސި ލީގުގެ ފެންވަރެއް ނޫނޭ. އަނެއްކޮޅުން އިނގިރޭސި 4 ޓީމު މިއޮތީ ކުއާރޓަރއަށް ގޮސް. ރޯނުއެދުރަށް މަރުހަބާ
މައުމޫން ޢޤ
14 March 2019
މަރުހަބާ ރަދީފް. ފުރަތަމަ ލެގަށް ފަހުވެސް އަޅުގަނޑު ބުނިން އެރޭ ކުޅުނު ކުޅުން ތަކުރާރުކޮށްފިނަމަ ލިވަރޕޫލް މޮޅުވުން ގާތޭ މިމެޗުން. އެކަމަށް މަލާމާތްކޮށްފަ ރަދީފް ޖެހި ޖޯކު މިއޮތީ އަތަށް ގޮވާފަ. ލިވަރޕޫލް ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އަވޭގައި ކުޅުނު މެޗުތަކުގެ ނަތީޖާތަކުގެ ވާހަކަ ރަދީފް ދެއްކީމަ ބުނިން ޑިޕެންޑްވާނީ ކުރީގެ ނަތީޖާތަކަކަށް ނޫނޭ، އެވަގުތު ދައްކާ ކުޅުމަށޭ. މިއަދު މިއޮތީ އެތަން ފެންނަން. މަރުހަބާ
ރަދީފް
14 March 2019
މަރުހަބާ މައި ގުޑް ފްރެންޑް މައުމޫން.ކޮމެންޓްގައި ހަގީގަތާއި ހިލާފް ވާހަކަތަކެއް މަނިކްފާނު ހިމެނީތީވެ ހިތާމަކުރަން.
މައުމޫން ޢޤ
14 March 2019
ހަގީގަތާ ޚިލާފަށް އިނީ ކޮން ވާހަކައެއްކަން ބުނެދެއްވާ؟ އެދުވަހު "މަރުހަބާ މައުމޫން.މަރުހަބާ ލިވަޕޫލް." މިހެން ރަދީފް ކުރި މަލާމާތަށް އަޅުގަނޑު ބުނީ ލިވަރޕޫލް ދެއްކި ކުޅުމުން ލިވަރޕޫލް ދެވަނަ ލެގުން މޮޅުވުން ގާތޭ. ރަދީފްގެ ރިޕްލައި: "މައުމޫން.މިސީޒަނުގަ ލިވަޕޫލް އަވޭގަ ކުޅުނު މެޗްތަކުގެ ރިޒަލްޓް:- ނަޕޯލީ 1 ލިވަޕޫލް 0 ، ރެޑް ސްޓަރ 2 ލިވަޕޫލް 0 ، ޕީއެސްޖީ 2 ލަވަޕޫލް 1 . ލިވަޕޫލް އަދިވެސް ބޮޑު މަންޒަރުގަ އެބައިން. މައުމޫންގެ ހިޔާލަކީ ކޮބާ؟؟"
މައުމޫން ޢޤ
14 March 2019
"ރޭގަ ދެއްކި ކުޅުމާ އަޅާ ބަލާއިރުއޭ އަޅުގަނޑު ބުނީ. ސީޒަނުގަ އެކި ދުވަސްވަރު އޮންނާނީ އެކި ފޯރމުގަ. ރޭގަ ދެއްކި ކުޅުން ތަކުރާރުކޮށްފިނަމަ ލިވަރޕޫލް މޮޅުވުން ގާތް. ނަމަވެސް ކުރިއަށް ވަރުގަދަ މެޗުތަކެއް ހުރުމުން އޭގެ އަސަރުވެސް ކުރާނެ. ޓީމުގެ މޯޓިވޭޝަން ރަނގަޅުކުރަން އެމެޗުތަކުން މޮޅުވުން މުހިއްމު" މިއީ އަޅުގަނޑުގެ ރިޕްލައި. ބްރޯ މާ ގިނަ ނަންނަމުގަ ހުރިހާ ޚަބަރަކަށް ކޮމެންޓް ކުރަންޏާ ހަނދާން ނެތުމަކީވެސް އެކަށީގެންވާ ކަމެއް
ރަދީފް
14 March 2019
@މައުމޫން.މަނިކްފާނު 30 އަހަރު ވެރިކަން ކުރިއެއްކަމަކު އަދި ދޭހަވުމުގެ ލެވެލް ހަމަ ވަރަށް ނިކަމެތި.''ލިވަޕޫލް އަދިވެސް ބޮޑު މަންޒަރުގަ އެބައިން.'' .ކުޅިވަރުގެ ބަހުރުވަ ދޭހަވިނަމަ ވަރަށް ރަނގަޅަށް އިނގޭނެ ރަދީފް މިބުނީ ކުއާޓާގެ ޖާގައިގެ ފުރުސަތު ބޮޑީ ލިވަޕޫލަށްކަން. (ބޮޑު މަންޒަރު = ކުއާޓަރ ފައިނަލް).މިފަދަ ބަސްތައް ވިސްނައިދޭން ޖެހުނީމަ އެއީ ލަދުވެތިކަމެއް.ވ.ވެދުން
ރަދީފް
14 March 2019
@މައުމޫން.އަހަރެން ނުކުރާނަން އެހެންނަމެއްގަ ކޮމެންޓެއް.އަދި ނުވެސް ޖެހޭނެ ކުރާކަށް.ކަލޭމެން އަހަރެންގެ ނަމުގަ ވެސް ގިނައިން ފޭކްކޮމެންޓްސް ކުރަނީ. އިމްޕާސަނޭޓްވުން އެއީ ހާދަހަވާ ނާތަހުޒީބް ސިފައެކޭ.ވ.ވެދުން
މައުމޫން ޢޤ
14 March 2019
"އަދިވެސް" މިބަހުން އެނގޭ ކުރިން ކުރީ މަލާމާތެއްކަން. އަމިއްލަ ދަނޑުގައި އެއްވަރުވީމަ މަރުހަބާ ކީމަ އެއީ ކުރި ޖެއްސުމެއް. ދެން ދެއްކީ މިސީޒަނުގަ ލިވަރޕޫލް އަވޭ ހުރިހާ މެޗަކުން ބަލިވި ވާހަކަ. އެއީ ދެން މެޗަކުންވެސް ބަލިވުމުގެ ފުރުސްތު ބޮޑުކަމަށް ދެއްކި ވާހަކައެއް. އަދި އެވާހަކަ ދެއްކީވެސް އަޅުގަނޑު ލިވަރޕޫލް މޮޅުވުމުގެ ފުރުސަތު ބޮޑޭ ބުނީމަ އެއާ ވިދިގެން. މިހާރު ތިޔަ ދައްކަނީ ނަޝީދު ދައްކާ ކަހަލަ ވާހަކަ. ހެއްދޭނީ ކުޑަކުދިން.
ފާތުމާ
14 March 2019
ލިވަރޕޫލް އަށް މަލާމަތް ކުރި ކުދިންނަށް ވަރަށް ސަލާމް...މަރުޙަބާ ލިވަރޕޫލް....
ރަދީފް
14 March 2019
މަރުހަބާ ބާސާ އަދި ލިވަޕޫލް.ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ތިބި ބާސާ އަދި ލިވަޕޫލްގެ ހުރިހާ ފޭނުންނަށް ވަރަށް ބޮޑަށް މަރުހަބާ.ބަޔާން އަދި ލިޔޯން ކުރި ހިތްވަރަށް ސާބަސް.
ނިއުމާ.
14 March 2019
މަރުހަބާ ރަދީފްގެ 2 ވަނަ ޓީމް!
ނިއުމާ.
14 March 2019
ރަދީފް ކަލޭ އަނގަ!
ނިއުމާާ
14 March 2019
އަޅުގަނޑުގެ ނަމުގަ ކޮމެންޓް ނުކުރެއްވުން އެދެން. މަރުހަބާ ރަދީފްގެ 3 ވަނަ ޓީމް. 6ވަނަ ޓީމު ކެޓުމުގެ ހިތާމާގައި ބައިވެރިވަން.
ރަދީފް
14 March 2019
@ނިއުމާގެ ފްލާވާގެ ޓްރެޕީޒިއަމް.
ރުޒައިނާ
14 March 2019
ކަލޭގެ ސިލިންޑަރގެ މެގްނިފައިއިންގ ގްލާސް
އަޙުމަދު
14 March 2019
މަރުޙަބާ ލިވަރޕޫލް.........