21 އެޕްރީލް 2019 - 08:39
ޓިއުރިން (އޭޕްރިލް 21) - ފިއޮރެންޓީނާ 2-1 އިން ބަލިކޮށް އިޓާލިއަން ލީގު ރޭ ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ކާމިޔާބުކޮށް، މި އަދަދަށް ވިދިވިދިގެން ތަށި ހޯދި ޔޫރަޕުގެ ބޮޑު ލީގެއްގެ ފުރަތަމަ ޓީމުގެ ޝަރަފް ޔުވެންޓަސް ރޭ ހޯދިއިރު އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މިވަނީ ހާއްސަ ރެކޯޑެއް ހަދައިފަ އެވެ. އެއީ އިންގްލިޝް ޕްރިމިއާ ލީގާއި ސްޕެނިޝް ލަ ލީގާ އަދި އިޓާލިއަން ސެރިއާ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ.
ޔުވެންޓަސް އިން 100 މިލިއަން ޔޫރޯ އަށް ރޮނާލްޑޯ ގެނައި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގު ހޯދުމެވެ. އެކަމަކު އެ މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓިތާ ތިން ދުވަސް ފަހުން ހޯދި މި ކާމިޔާބަށް ފަހު ރޮނާލްޑޯ ވަނީ އަންނަ ސީޒަނުގައި ވެސް ޓީމުގައި މަޑުކޮށް ޔޫރަޕުގެ އުއްމީދު ހާސިލްކުރުމަށް އެހީވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އަހަރެން ޔުވެންޓަސްގައި މަޑުކުރާނަން. އެއްހާސް ޕަސެންޓް ޔަގީން،" މެންޗެސްޓާ ޔުނައިޓެޑާ އެކު ޕްރިމިއާ ލީގު ތިން ފަހަރު އަދި ރެއާލް މެޑްރިޑާ އެކު ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބުންޏެވެ. "ޗެމްޕިއަންސް ލީގުގައި ދިޔައީ ރަނގަޅަކަށް ނޫން. އެކަމަކު އަންނަ ސީޒަނަކީ އާ ސަފުހާއެއް. ސަޕޯޓަރުން ވެސް އެކަން ބޭނުންވޭ އަހަރެމެން ވެސް."
ރޮނާލްޑޯ ބުނީ ޗެމްޕިއަންސް ލީގު ނުލިބުނަސް ނިމިގެން ދިޔައީ ވަރަށް ރަނގަޅު ސީޒަނެއް ކަމަށާއި އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރެވުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
ބާކީ ފަސް މެޗު އޮއްވާ ޔުވެންޓަސް އިން ލީގު ކާމިޔާބުކުރީ 87 ޕޮއިންޓާ އެކު އެވެ. އެންމެ ގާތުގައި، ދެ ވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. ބާކީ ފަސް މެޗުން ކޮންމެ ނަތީޖާތަކެއް ނުކުތަސް ޔުވެންޓަސްއާ ހަމަކުރެވޭނެ ގޮތެއް އެހެން ޓީމަކަށް ނެތެވެ.
ޔުވެންޓަސް އިން 28 މޮޅު ހޯދައި ތިން މެޗު އެއްވަރުވިއިރު ބަލިވީ ޖެނޯއާ އާއި ސްޕާލް އަތުންނެވެ. މި މެޗުތަކުގައި ރޮނާލްޑޯ ވަނީ 19 ގޯލް ޖަހައި ހަ ގޯލް ޖަހަން އެސިސްޓްކޮށްފަ އެވެ. ރަންބޫޓަށް އޭނާ އަންނަނީ 22 ލަނޑު ޖަހާފައިވާ ސަމްޕްޑޯރިއާގެ ފަބިއޯ ކުއަލިއެރެއްލާ އާއި 21 ލަނޑު ޖަހާފައިވާ އޭސީ މިލާނުގެ ކްރިސްޓޮފް ޕިއޮންޓެކާ ވާދަކުރަމުންނެވެ.
އަމިއްލަ ދަނޑުގައި ޔުވެންޓަސް ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ނިކޮލާ މިލެންކޮވީ ލީޑު ނެގި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ އެލެކް ސެންޑްރޯ އެވެ. އަދި އެ ޓީމަށް ލީޑު ލިބުނީ ފިއޮރެންޓީނާގެ އަލެޔޯ ޕެޒެއްޔާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ލީގުގައި ރޭ ރޯމާއާ 1-1 އިން އެއްވަރުކޮށް އިންޓަ މިލާން ވަނީ 61 ޕޮއިންޓާ އެކު ތިން ވަނައިގައި މިވަގުތަށް ހަމަޖެހިލައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭ ފަހު މަގާމް ކަމަށްވާ ހަތަރު ވަނައިގައި 56 ޕޮއިންޓާ އެކު އޮތީ އިއްޔެ ޕާމާ 1-1 އިން އެއްވަރުވި އޭސީ މިލާނެވެ. އެ ޓީމަށް މޮޅުނުވުމުގެ ފައިދާ ނަގަން ރޯމާ އަށް ލިބުނު ފުރުސަތުގައި ރޭ އިންޓަ އަތުން މޮޅުނުވެވުނީ އެވެ. ރޯމާ އޮތީ 55 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
22 April 2019
ބުރޯ ހަޖަމް ކުރާނީ ކިހިނެއް ރޮނާލްޑޯ ޔުވެންޓަސް އަށް ގެންދިޔަ އެންމެ ބޮޑު ބޭނުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން. އެކަން ނުވީމަ ރޮނާލްޑޯގެ އަސްލު ބޭނުމެއްނެތޭ ބުނާނީ
ވިކިޕީޑިއާ
21 April 2019
ކަެއޭމެންނަށް ނުވާނެ ހަޖަމެއް... ތިކިޔާ މެސީ ކައިރި ބުނެބެއަރ އެހެން ޓީމަކަށްގޮސް ކުޅޭން. އޭރުން ފެންވަރު އެނގޭނީ. އާޖެންޓިނާ ޓީމުގަ ކިހިނެއްތަވަނީ ތިޔަކިޔާ މެސީއަށް....
ޜާއްޖެ
22 April 2019
ވޯލްޑް ކަޕް ފައިނަލް ކުޅުމަކީ ކުޑަކަމެއް ނޫން.
ކަޅޭ
21 April 2019
ބުރޯ ޔުވެންޓަސް އަކީ އިޓަލީ ލީގުގަ އެންމެ މުއްސަނދި ޓީމް. ޓީމްގެ ހުރިހާ ދިމާލަކައްވެސް އެއްވަރުގެ މޮޅެތި ކުޅުންތެރިން ތިބީ.. އެމީހުންނަށް ބޭނުން ފެންވަރެއްގެ ކުޅުންތެރިން ގަނެވޭ.. އަދި ރޮނާލްޑޯ ޔުވެންޓަސް އައް ބަދަލްވުމުގެ ކުރިންވެސް ޖެހިޖެހިގެން 7 ފަހަރު ލީގު ތަށި ހޯދާފަ އޮތީ. އެހެންވީމަ ރޮނާލްޑޯ ޔުވެންޓަސްގަ ނެތަސް އެމީހުންނަށް އެކާމިޔާބު ލިބޭނެ.. ރެކޯޑް ހަދަން ބޭނުމިއްޔާ އަނެއްކާވެސް ދޭ އެހެން ލީގެއްގެ އެންމެ މޮޅުޓީމަށް.. މާލޭ ލީގުވެސް އޮތީ
ހުދޭ
21 April 2019
ބުރޯ ޓީމް އަދި މުއްސަދިވިޔަކަސް އަދި ރޮނާ ހުއްޓަސް ތައްޓެއްނުލިބޭނެ! މިފަހަރު ރޮނާހުރެގެން ޓީމް ހާދަ މޯޓިވޭޓޭ!!. އޯވަރއޯލް ޓީމް ހަމަ ޓީމް ޑިޕެންޑްވެފަ އޮތީވެސް ހަމަ ރޮނާއަށް. ކޮން މާލޭލީގެއްތަ؟
ނިއުމާާ
22 April 2019
ދެން ލަލީގާގެ ބާރސެލޯނާއޯ؟ ދެވަނައަށް އެންމެ އަގުބޮޑު ސްކޮޑް ރެއާލް އެއީ ގާތްގަނޑަކަށް ބާރސާ ސްކޮޑްގެ ދެބައިކުޅަ އެއްބައި
މެސީ
21 April 2019
ޖަމަލޭސިޔާއަށް އަސަރު ކޮއްފި... މެސީ އަށް ބާސާނޫން އެހެންޓީމެއްގަ ފެންވަރުނުދެއްކެނީމަ އެއީ ރޮނާ ދެކެ ހަސަދަ ވެރިވާން ޖެހޭކަމެއް ނޫން..
ޖަމަލޭސަ1231
21 April 2019
ރޮނަލްޑޯއާ ދެކޮޅަށް އެއްޗެއް ބުނެފިއްޔާ އެއީ މެސީ ފޭނެއް. މެސީޔާ ދެކޮޅަށް އެއްޗެއް ބުނެފިއްޔާ އެއީ ރޮނާލްޑޯ ފޭނެއް. މިއިން އެކަކަށްވެސް ސަޕޯރޓު ނުކުރާ މީހަކުހުރެދާނެދޯ ؟
މެސީ ބައްޕަ
21 April 2019
ނުޖެހޭ މެސީ ދާކަށް.. ފެންވަރު ަހަރަމެންނަށް އެބަފެނޭ ކުޅޭކުޅުމުން.. ރޮނާލްޑޯ މޮޅިއްޔާ އިންޓަރމިލާންއަށްގޮސް ލީގު ނަގާބަލަ.. ނޫނީ ނަޕޯލީއަށް ގޮސް ތަށި ނަގާބަލަ.. ނުވާނެ.
ގޯޕާލް
21 April 2019
ނޯ. ނުހުންނާނެ. ހަމަ ނުހުންނާނެ. މިބުނީނު ނުހުންނާނެއޭ. ދެން ކިޔާބަލަ. ކިޔާބަލަ. ޒުވާބު ކުރަން ނޫޅެއްޗޭ!
ޖަމަލޭސަ123
21 April 2019
ޔުވެންޓަސް އަށް ލީގު ތަށި ލިބުނީ 30 އަހަރަށް ފަހު، އެވެސް ރޮނާލްޑޯކިޔާ މީހަކު ގެންދިޔާމަ ކަމަށް ހަބަރު ލިބެނީ.. ގަދަ އިނގޭ