ކުޅިވަރު / ސްޕެނިޝް ލީގް

މެސީ އަށް ހާއްސަ ޕްރެޝަރެއް ނެތް: ވަލްވޭޑޭ

ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޭޕްރީލް 21) - މި އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދަން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ހާއްސަ ޕްރެޝަރެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

މެސީ އަށް އެންމެ ފަހުން މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ 2015 ވަނަ އަހަރު އެވެ. އެންމެ ފަހުން ދިން ބެލޮންޑިއޯ އެވޯޑުގައި މެސީ އޮތީ ދުނިޔޭގެ ފަސް ވަނައިގަ އެވެ.

ރަޝިއާ ޓުޑޭ (އާރްޓީ) ގެ ފުޓްބޯޅަ ޝޯއެއްގައި ވާހަކަ ދައްކަމުން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނީ މި ސީޒަނުގައި މިހާރު ޗެމްޕިއަންސް ލީގު އޮތްގޮތުންނާއި މިދިޔަ އަހަރުތަކުގައި މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ އަށް ލިބިފައި ނެތުމުން އެ މަގާމު ހޯދަން އޭނާ އަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮންނާނެ ކަމަށެވެ. އަދި އެ ޕްރެޝަރު މި ފަހަރުގެ ކޮޕަ އެމެރިކާގައި ވެސް ފެނިގެންދާނެ ކަމަށް މޮރީނިއޯ ބުންޏެވެ.

ވަލްވޭޑޭ ބުނީ މެސީ އަކީ އަބަދުވެސް ޓީމަށް ލިބޭ ކާމިޔާބީ ފާހަގަކުރާ ކުޅުންތެރިޔެއް ކަމަށެވެ. އަދި ވަކި އިންޑިވިޖުއަލް މަގާމެއް ހޯދުމަކީ މެސީގެ ވިސްނުން ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުންޏެވެ.

"މެސީ އަށް ހާއްސަ ޕްރެޝަރެއް ނެތް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދަން. މެސީ އަކީ ޓީމު ޕްލޭޔަރެއް. އޭނާ އަށް އެންމެ ބޮޑުވާނީ ޓީމުގެ ކާމިޔާބީ. އޭގެތެރެއިން ހާސިލްކުރެވޭ އެއްޗެއް މެސީ ގަބޫލުކުރާނީ،" ރޭގެ މެޗަށް ފަހު ވަލްވޭޑޭ ބުންޏެވެ.

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް އަދި ޔަގީންނުވާ ކަމަށާއި އެހެން ކަމުން ބާކީ އޮތް ހަ މެޗަށް ނުކުންނަން ޖެހޭނީ މޮޅުވުން މަޖުބޫރުކަމަށް ދެކިގެން ކަމަށް ވެސް ބުންޏެވެ. އަދި ބާސެލޯނާގެ މި ސީޒަނުގެ އެންމެ ބޮޑު ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.

"ލިވަޕޫލަކީ ވަރުގަދަ ޓީމެއް. އެ ޓީމު މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު. މި ފަހަރުގެ ޕްރިމިއާ ލީގަށް ވާދަކުރޭ. މިއީ ވަރަށް ވާދަވެރިކޮށްދާނެ މެޗެއް. ބެލުންތެރިންނަށް ވަރަށް ކަމުދާ އެޓޭކިން ފުޓްބޯޅައެއް ފެނިގެންދާނެ،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.

މި ސީޒަނުގައި ލީގުގައި 33 ގޯލު ޖަހައި މެސީ މި ވަގުތު އޮތީ ޔޫރަޕްގެ ރަން ބޫޓު ރޭހުގައި އެންމެ ކުރީގަ އެވެ. މި ފަަހަރުގެ ރަން ބޫޓު ހާސިލްކޮށްފިނަމަ އެ ގެންދާނީ މެސީ އެ މަގާމު ހާސިލްކުރާ ހަ ވަނަ ފަހަރަށެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 2-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑުދަމަހައްޓައިފަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 33 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި އެއިބާ އަތުން 1-0 އިން މޮޅުވެ، 33 މެޗުން 68 ޕޮއިންޓް ހަމަކޮށްފަ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454