ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން މެސީ (ކ) އާއި އަގުއޭރޯ.-- ފޮޓޯ: އޭއެފްޕީ
15 މެއި 2019 - 10:47
މެންޗެސްޓާ (މެއި 15) - މި ސީޒަނުގައި ވަކިވަކި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހައްގުވަނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ކަމަށް މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.
ޖެހިޖެހިގެން ދެ ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން އިނގިރޭސި މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބެން ޖެހޭނީ މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ތެރެއިން ކުޅުންތެރިއަކަށް ނޫން ކަމަށާއި އެ އެވޯޑް ހައްގީ ސިޓީގެ ކުޅުންތެރިއަކަށް ކަމަށް އަގުއޭރޯ ބުނި ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
އަގުއޭރޯ ބުނީ މީޑިއާގައި އޭނާގެ ވާހަކަތައް ގެނައީ އޮޅުވާލައިގެން ކަމަށާއި އެއީ އެކަން ކޮށްގެންވާނެ ގޮތެއް ނޫން ކަމަށެވެ.
"އަހަރެން އެހާ ހިތްހަމަޖެހޭކަމެއް ނޫން ބުނާ އެއްޗެއް ގިނަ ފަަހަރު އޮޅުންފިލުވައިދޭންޖެހުމަކީ. ހަގީގަތުގައި އެންމެ ރަނގަޅު ގޮތެއް ނޫން އަހަރެން ބުނި އެއްޗެއް އޮޅުވާލައިގެން މީޑިއާގައި ގެނައުމަކީ،" އަގުއޭރޯ ބުންޏެވެ.
"އަހަރެންގެ ނަޒަރުގައި ބެލޮންޑިއޯ ލިބެންޖެހޭނީ މެސީ އަށް އޭނާ ފުޓްބޯޅަ ކުޅޭހާ ހިނދަކު. އެއީ އެ ފެންވަރުގެ ކުޅުންތެރިއަކު ދެން ނެތް. ހާއްސަކޮށް މި ސީޒަނުގައި މެސީ ދެއްކި ކުޅުމަށް ބަލާއިރު އޭނާ އަށް އެ އެވޯޑް ހައްގު."
މެސީ އަށް އެންމެ ފަހުން މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ 2015 ވަނަ އަހަރު އެވެ. މެސީ ވަނީ ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހާސިލްކޮށްފަ އެވެ.
އިނގިރޭސި މީޑިއާ އިން ބޭނުންވީ މި ފަހަރުގެ ބެލޮންޑިއޯ އަށް ވާދަކުރާ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ޕްރޮމޯޓްކުރުމަށް ކަމަށާއި އެކަމަކުއެ ގޮތް އޭނާ އަށް ކަމުނުދާކަމަށް އަގުއޭރޯ ބުންޏެވެ.
"ސުވާލުތައް ކުރިމަތިވީ އަހަރެންނަށް މި އަހަރު އެ އެވޯޑް (ބެލޮންޑިއޯ) ލިބޭނެތޯ ދެކެވޭ ވާހަކަތަކަށް. އަހަރެން ބުނީ ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނުކުޅޭއިރު އަހަންނަށް އެ އެވޯޑް ހައްގުވާނެ ގޮތެއް ނެތޭ. މި ގޮތަށް ދެއްކި ވާހަކައެއް މީޑިއާގައި އޮޅުވާލަންވީ ސަބަބެއް ނުވިސްނުނު،" އަގުއޭރޯ ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނު ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗަށް އެ މަގާމު ލިބުނީ ޗެމްޕިއަންސް ލީގާއި ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމުންނެވެ. މި ފަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު މެސީ އަށް ލިބެން އޮތް އެންމެ ބޮޑު މަގަކީ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްގެން ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ކުރިމަތިވި ނާކާމިޔާބީގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމާ
16 May 2019
4-0 މިހެން ޖަހާލީމަ ބާސާ ކުދިން ތެޅި ބާލާ ވަރެއް.
ހަގީގަތް
15 May 2019
ވެން ޑައިކް މިސީޒަނުގައި މާ މޮޅަށް ކުޅުނު. ގައުމީ ޓީމުގައި ތަފާތު ދައްކައިފި. ޕްރިމިއަރ ލީގުގައި ތަފާތު ދައްކައިފި. އަދި ޗެމްޕިއަންސް ލީގުގައި ތަފާތު ދައްކައިފި. މެސީމެން ލަލީގާގެ އެއްވަނާގައި އޮވެ ސީޒަން ނިންމާލާއިރުވެސް ވެން ޑައިކް މެންނާ އެއްވަރަށް ޕޮއިންޓް ނުލިބޭ. ލިބަރޕޫލް ސީޒަނުގައި ބަލިވީ އެންމެ މެޗަކުން. ވެން ޑައިކަށް ޙައްޤު ނުވެ ކާކަށް ޙައްޤުވާނީ؟
ހުވަފެނީ ތަށި
15 May 2019
އާދެ ލައްބަ. ވެން ޑައިކް މެންނަށް ލިބުނު 'ސޯ މެނީ ޕޮއިންޓްސް ޓްރޮފީ'. އެހެންވީމަ ހަމަ ރަނގަޅު މާނޭ އަށާއި ވެން ޑައިކަށާއި ސަލާހަށް ކޮންމެ މީހަކަށް ބެލޮންޑިއޯ އެއް ދޭން. އަދި ބެކާ އަށްވެސް. އޭރުން ވަރަށް އުފާވާނެ.
ފާތުމާ
16 May 2019
4-0 ބާސާ ކުދިން ޔޫސީއެލް ބަލާނީ ގޭގަ ތިބެގެން..ލޮލް...
މީނަ
16 May 2019
ފާތުމަ ޔޫސީއެލް ބަލާނީ ދަނޑަށް ގޮސްފަތަ؟ އެކްސްޓްރާ ޓިކެޓެއް ލިބިއްޖިއްޔާ މަށަށްވެސް ދެއްޗޭ. މަވެސް ބޭނުން ފާތުމަޔާއެކު މެޗު ބަލާލަން ދާން.
އަންްނި
15 May 2019
ވެން ޑައިކަށް ލިބިދާނެތީ ހަސަދަވެރިވެގެން އަގުއޭރޯ އެއުޅެނީ. މިފަހަރު ހައްޤީ ވެން ޑައިކް
ކޮސްފަތި
15 May 2019
ވެން ޑައިކަށް ކޯއްޗެއް ލިބިގެން؟ އެހެންވެއްޖެއްޔާ ރަނގަޅުވާނެ ލޫކަސް މޯރާ އަށް ދޭންވެސް!
މީނަ
15 May 2019
ކަލޯ ތިކިޔޭ އެއްޗެއް އެބަ އިނގޭތަ؟ ވެން ޑައިކު މެސީއަށްވުރެ މޮޅީ ކޮންގޮތަކުން. ޔޫސީއެލް އަދި ލީގުގެ ސްޓެޓް ބަލާލަބަލަ. މެސީޔާ ކައިރި ކުރެވޭ ކުޅުންތެރިޔެއްވެސްނެތް. ވެން ޑައިކަށް ޔޫސީއެލްގައި ޕްލެޔާ އޮފް ދަވީކް ލިބުނީ ކިތައް ފަހަރުތަ؟
ހަގީގަތް
16 May 2019
ޑިފެންޑަރުންގެ ސްޓެޓަށް ބަލަންޏާ އާރސެނަލްގެ އުޅޭ ޑިފެންޑަރެއްވެސް ވެން ޑައިކަށްވުރެ މޮޅު. މި ސީޒަނުގައި ލިވަޕޫލްގެ މޮޅު ކުޅުންތެރިޔާ އަސްލު ޙައްޤީ މާނޭއަށް.
ކަންނަންނޫރު
15 May 2019
ނޭޝަންސް ލީގުގެ ފައިނަލް މެޗްގަ ވިހި މިނިޓް ރޮނާލްޑޯ ކުޅެލާފަ ފައި އަނބުރާލަނިކޮށް ތިޔަ ދޭނީ އޭނައަށް.
ބާރު
15 May 2019
ކުޅޭ ކުޅުމަށް ބަލާފާ ދޭއެއްޗެއް ނަމަ، މިފަހަރަކު މެސީއަކަށް ރޮނާލްޑޯއަކަށް ތިއެއް ހައްގެއް ނުވާނެ. އެކަމަކު އެއްބަޔަކު މިތިބެނީ މެސީ އަށާ ރޮނާލްޑޯ އަށް ހުސްވެފާވިއްޔަ. އޭތި ކަޑައޭ އަސްލު.
ބައްޓޭ
15 May 2019
ކުޅޭކުޅުމައް ބެލިޔަސް ޔޫރަޕްގަ ޖެހިގޯލައް ބެލިޔަސް މެސީނޫންމީހަކު ނެެތް މިފަހަރަކުއެއް ތިއެވޯޑު ހައްގުވާ، ލިވަޕޫލްގެ ތަފާތަކީ މުޅިޓީމް، ޗެންޕިއަންސް ލީގުގަ މިފަހަރު އެންމެގިނަ ގޯލްޖަހާފަވެސް ތިއޮތީ މެސީ އެހެނަވީމަ ވަރައްސާފްކޮށް ފެންނަންދޯ ތިއޮތީ...
ބާރުބައްޕަ
15 May 2019
ކުޅޭ ކުޅުމަށް ބަލާފަ މެސީއަކަށްނު ތިލިބޭނީ.. މެސީއެއްނު މުޅިސީނުގަވެސް ކުޅުނު މީހަކަށް ހުރީ. ދެން ކާކު މެސީއާ ކައިރި ކޮއްލަންވެސްހުރީ.. ލޮލް .
ޢިބޫ
15 May 2019
މެސީނޫން ކާކުދެން ހުރީ ތިއެވޯރޑް ހައްގުވާ ލޮލް. ޗެމްޕިއަންސް ލީގުން ކެޓިޔަސް ކުޅުނު ހުރިހާ މެޗްއެއްގައި މޮޅު ކުޅުމެއް ދެއްކި.
ފާތުމާ
15 May 2019
4-0
ރަދީފް
15 May 2019
@ފާތުމަ ސިސް. 2001/2002ގެ ޔޫސީއެލްގެ ގްރޫޕް ސްޓޭޖްގަ ބާސާ އަދި ލިވަޕޫލް ބައްދަލު ކޮއްގެން ނިކުތް އެގްރިގޭޓް ނަތީޖާ ވެސް ބާލަލަބަލަ.އެފަހަރު ތުރުކީގެ ކްލަބް ގަލަޓަސާރާއި ބަލިނުކުރެވުނު ލިވަޕޫލްއަށް.މިކިޔާދިނި އޭރުގެ ހާލަތު ، އަބަދު 4 0 ކިޔާއިރު އެއީ މިއަދުގެ ހާލަތު.އަދި 1 އަހަރު ފަހުން މިހާލަތު އޭގެ އަނެއްކޮޅަށް ވެސް ބަދަލުވުން އެއީ އެކަށީގެންވާކަމެއްކަން @ފާތުމައަށް ނޭނގުން އެއީ ދެރަކަމެއް.ވ.ވެދުން
ފާތުމަގެ ދޮންދަރި
15 May 2019
ބަލަ ސްކޯޔަކުން މެސީއާއި ކޮން ގުޅުމެއް އޮތީ. މެސީވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 10 މެޗުން 12 ގޯލް ޖަހައި 3 އެސިސްޓް ފުރިހަމަ ކުރުމާއެކު 9 ބިގް ޗާންސް ކްރިއޭޓްކޮށްފައި. ދެން ލަލީގާގައި ކުޅުނު 33 މެޗުން އޭނަވަނީ 34 ގޯލް ޖަހައި 13 އެސިސްޓް ފުރިހަމަކޮށް 33 ބިގް ޗާންސް ކްރިއޭޓްކޮށްފައި. އެވެސް 29 މެޗުގައި ފުރަތަމަ އެގާރަޔަށް އަރައިގެން. ކޮޕަ ޑެލްރޭގައި 2 ގޯލް ޖެހި. މިއަށްވުރެ މޮޅު ސްޓެޓެއް ދައްކަބަލަ.
އަލީ އަހުމަދު
15 May 2019
ފާތުމާ ތި ބަލަނީ ސްކޯއަށް ދެއްތޯ؟
ފާތުމާ
16 May 2019
މެސީ ޔޫސީއެލް ބަލާނީ ގޭގަ އިދެގެން ދޯ...
މީނަ
16 May 2019
މެސީ ޔޫސީއެލް ކުޅި އެމުބާރާތް 4 ފަހަރު ކާމިޔާބުކުރި. ފާތުމަޔަށް އެވަރު ނުވިތާ މެޗެއް ބަލާލަންވެސް ނުދެވޭ.
ފާތުމާ ހާން
16 May 2019
މެސީ ޖެހޭނީ މިފަހަރު ފެންފޮތި ލާން..
ހަސަން ނުވަވަނަ
15 May 2019
ތްރޫ އައުޓް ދަ ސީޒަންގަ ދައްކާ ކުޅުމަކަށް ދޭ އެއްޗެއް ނޫން ތިއީ. އެހެން ނަމަ 2003ގަ ޒިދާނަކަށް ނުލިބޭނެ. 2010ގަ މެސީއަކަށް ނުލިބޭނެ.
ރަދީފް
15 May 2019
ކޮބާ ފެނޭތަ؟؟
ސަނީީ
15 May 2019
ކޯއްޗެއްތަ؟
ބައްޓޭ
15 May 2019
މެސީ އަށް ލިބުން ދުރު ..އެއީ ޗެމްޕިއަންސް ލީގުން ކެޓީމައި
މީނަ
15 May 2019
މެސީއަކީ ބެލެންޑޯ ހޯދަން ކުޅޭ މީހެއްނޫން. އޭނަޔަށް ވަރިހަމަ އެއެވޯޑު ނުލިބުނަސް. ދެން އިޓަލީ ލީގުގައި އާ ޗެލެންޖް ހޯދަން އުޅޭ ސޮރު ރޯމާ ދުވާލުގަ އުޅެނީ އޭތި ނުލިބިގެން. ގޯލް ކުރިމަތީ ބަނޑު އަޅައިގެންވެސް ލީގުގެ ޓޮޕް ސްކޯރާ ނުހޯދޭ.
ޓޫލޭޓް
15 May 2019
ކިތަންމެ ދުރަސް ލިބޭނީ ހަމަ މެސީއަށް.