01 ޖޫން 2019 - 12:28
ބީނޯޒް އޭރީޒް (ޖޫން 1) – އާޖެންޓީނާ އަށް ކާމިޔާބު ހޯދުމުގެ ޒިންމާ ހަމައެކަނި އޮތީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ނޫން ކަމަށާއި އެކަމަށް ހަމައެކަނި އޭނާ އަށް ޕްރެޝަރުކުރުމަކީ ގޯހެއް ކަމަށް އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މެސީ މާޗު މަހު އަލުން ޓީމާ ގުޅުނީ މި މަހު އޮތް ކޮޕަ އެމެރިކާ މުބާރާތުގައި ކުޅުމަށެވެ. އަދި މިއީ ވޯލްޑް ކަޕުގެ ފަހުން އަގުއޭރޯ އަށް އާޖެންޓީނާ ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރުގައި އޮތް ވޯލްޑް ކަޕްގެ އިތުރުން ޖެހިގެން އައި ދެ އަހަރު ކުޅުނު ކޮޮޕަ އެމެރިކާގެ ފައިނަލުން އާޖެންޓީނާ ބަލިވިއިރު މެސީ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވި އެވެ. ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު މެސީ ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް އާޖެންޓީނާގައި އެކަން ތަކުރާރުނުކުރެވޭތީ އެކަމާ ބެހޭގޮތުން ފުޓްބޯޅައިގެ އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަ އެވެ.
ގައުމީ ޓީމުން އެއް ފަހަރު ރިޓަޔާކުރުމަށް މެސީ އެނބުރި އައީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕުން އާޖެންޓީނާ އަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ. އަގުއޭރޯ ބުނީ މެސީ އަކީ އަބަދުވެސް ގައުމީ ޓީމަށް އިސްކަންދޭ ކުޅުންތެރިއެއް ކަމަށާއި އެކަން އާޖެންޓީނާގެ ހުރިހާ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ.
"ގައުމީ ޓީމު ދެކެ މެސީ ލޯބިވާ މިންވަރު މި ޓީމުގައި މިދިޔަ 10 ވަރަކަށް އަހަރު ކުޅުނު ހުރިހާ ކުޅުންތެރިންނަށް އެނގޭނެ. އަހަރެމެން ހުރިހާ ކުޅުންތެރިންނަށް މެސީގެ އެހީތެރިކަން ލިބޭ. އެހެންވީމަ އާޖެންޓީނާ އަށް ކާމިޔާބު ނުލިބޭތީ ހަމައެކަނި މެސީ އަށް ފާޑުކިއުން ގޯސް،" އާޖެންޓީނާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އަގުއޭރޯ ބުންޏެވެ.
މި ފަހަރުގެ ސީޒަނަށް ބާސެލޯނާއާ އެކު މެސީ ކަނޑައެޅި އެންމެ ބޮޑު ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ދިޔައިރު، އޭގެ ފަހުން ސްޕެނިޝް ކަޕުގެ ފައިނަލުން ވެލެންސިއާ އަތުން ވެސް ވަނީ ބަލިވެފަ އެވެ. އަގުއޭރޯ ބުނީ އެ ހުރިހާ ތަޖުރިބާއެއްގެ ބޭނުންހިފައި މެސީ ހުރީ ގައުމީ ޓީމު ގޮވައިގެން ވަރުގަދަ އަށް ކުރިއަށް ދިއުމުގެ އަޒުމުގައި ކަމަށެވެ.
"ފުޓްބޯޅައިގައި މެސީ އަށް ގިނަ ތަޖުރިބާތަކެއް ލިބިފައި ހުންނާނީ. އެ ހުރިހާ ކަމެއް ރަނގަޅު ގޮތުގައި ނަގައިގެން ކުރިއަށްދާން އޭނާ އަށް އެނގޭނެ،" ޔޫތު ގައުމީ ޓީމުތަކުގައި ވެސް މެސީއާ އެއް ޓީމަކަށް ކުޅުނު އަގުއޭރޯ ބުންޏެވެ.
މި މަހު 14 ވަނަ ދުވަހު ފަށާ ކޮޕަ އެމެރިކާ އަށް އާޖެންޓީނާ އިން އަންނަނީ އަމިއްލަ ގައުމުގައި ފަރިތަކުރުންތައް ބާއްވަމުންނެވެ. ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާޖެންޓީނާ އިން އެންމެ އަވަހަށް ކުޅޭ މެޗަކީ މި މަހު ހަތް ވަނަ ދުވަހު ނިކަރަގުއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ބްރެޒިލްގައި އޮތް ކޮޕަ އެމެރިކާ މުބާރާތުގައި އާޖެންޓީނާ ލައްވާލާފައިވަނީ ކޮލަމްބިއާ އާއި ޕެރަގުއޭގެ އިތުރުން އޭޝިއާގެ ޗެމްޕިއަން އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ގަތަރާ އެއް ގްރޫޕަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
02 June 2019
މެސީއަކީ މޮޅު މީހެއް ގައުމީޓީމާއެކު 0
ރަށްދު
02 June 2019
މެސީއަށް ޕުރެސަރ ކުރުމަކީ ގޯހެއްނޫން ދުނިޔޭގެ އެންމެމޮޅު ކުޅުންތެރިޔާ ގައުމީޓީމާއެއްކޮން ކުޅޭއިރު ކޮސްވެފަ ހުންނަތަން ބަލާކަށް ގައުމުގެ އެއްވެސް މީހަކު ބޭނުމެއް ނުވާނެ. އަދި ސަޕޯޓަރން ވެސް ބޭނުމެއްނުވާނެ ސާފްވެއްޖެތޯ؟
ރަށްދު
02 June 2019
މެސީ ލާންވީނު ގޯލްކީޕަރަށް ސައްޕު ޖަހާފަ ފޯވާޑަކަށް އަރާނީ އަނެއްކާ ގޯލަޔަށް ބޯޅަ އަންނަންހެދީމަ ގޯލަޔަށް އަރާނީ
ކިއްލިބާޝާ
01 June 2019
މެސީއަކީވެސް އިންސާނެކެވެ.
ބޮޑު ރަދީފު
01 June 2019
ގްރީޒްމަނަކީ ހުރިހާގޮތަކުންވެސް މެސީއަށްވުރެ މޮޅު ކުޅުންތެރިއެއް. ގްރީޒްމަން އެއޮތީ ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފަ. ޔޫރޯވެސް ކާމިޔާބުކޮށްފަ. މެސީއަށް ކޮޕާގައިވެސް އަތެއް ނުލެވޭ. ވޯލްޑްކަޕް އަދި ކޮބާ؟
ހަގީގަތް
02 June 2019
ކަލޭ އަޅެ ފުޓްބޯޅަ ބަލަންތަ؟ ކަލޭ ބުނާ ގޮތުން އަރްބެލޯއާ މެސީ އަދި ރޮނާލްޑޯއަށްވުރެ މޮޅު. އޭނަވަނީ ޔޫރޯ އަދި ވާރލްޑް ކަޕް ކާމިޔާބުކޮށްފައި. ޓޮނީ ކްރޫސްވެސް މިމީހުންނަށްވުރެ މޮޅު. އެހެންވީމާ ޔޯހަން ކްރައިފްއަށްވުރެ މޮޅުތާ ގްރީޒްމަން.
ހަގީގަތް
02 June 2019
ކޮން އިރަކުތަ ގްރީޒްމަން ޔޫރޯ ކާމިޔާބުކުރީ. ހިތުން މީނަ ވަރުގެ މީހެއް ނެތް؟ ބަލަ މައުލޫމާތު ނޭނގެންޏާ ކޮމެންޓްނުކޮށް ހުރެބަލަ.
ޗަބޭ
02 June 2019
ޢަހަންނަށް މޮޅީ ކަލޭ
ކޮޕާ
01 June 2019
ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ދައުވަތު ލިބިގެން އެހެން ކޮންފެޑެރޭޝަންތަކުގެ ޓީމުތައް އާއްމުގޮތެއްގައި ކުޅޭ. މިފަހަރު އުތުރު އަދި މެދުތެރޭ އެމެރިކާގެ ގައުމުތަކަށް ދައުވަތުނުދީ އެފުރުސަތު ދިނީ އޭއެފްސީގެ ދެގައުމަށް. އެއީ ގަތަރާއި ޖަޕާން. އާއްމުގޮތެއްގައި މިމުބާރާތުގައި ކުޅޭ މެކްސިކޯ މިފަހަރު ނުފެންނާނީ އެހެންވެ.
ތަރަބެ
01 June 2019
އާޖެންޓީނާގެ މައްސަލަ އަކީ ރަގަޅު ގޯލްކީޕަރެއް ނެތުން. ބޯޅަ ފަހަތައް ދާއިރަށް ޑިފެންސް ލައިން ހާސްވަނީ ކީޕަރާ ދޭތެރޭ ޔަޤީން ކަން ކުޑަކަމުން ޑިފެންސް ލައިން މާ އަވަހަށް ޕްރެޝަރަށް ވެއްޓެނީ. ހަޤީޤީ މައްސަލަ އަކީ މީ. އެއްވެސް ކޯޗެއް މިކަންފާހަގަ ނުކުރޭ. ޑިފެންޑަރުން ކައިރި ވަކި ވަކިން އަހާލީމަ މީ ހަޤީޤަތް ކަން އެނގޭނެ
ކޮރަލް
01 June 2019
ގަތަރުވެސް ކުޅެއެވެ . މިއޮތީ މިސްޓޭކެއް ހަދާފަ އެވެ.
ރަށްދު
01 June 2019
މެސީ މިފަހަރުވެސް ކަރުތެރޭގަ ހިތިރަހާލެ
ޝަމްް
01 June 2019
އަހަރެމެންނަށް ތިކަން އެނގޭ. އެކަމަކު ދެރައީ އާރޖެންޓީނާ، ޚާއްސަކޮށް ބާރސާ ކުދިންނަށް ހަޖަމުނުވުން. ނާކާމިޔާބުވާ ކޮންމެ ފަހަރަކު އަމިއްލަ ފޭނުން މެސީއަށް ބަވާ، ފުރައްސާރަކޮށް، ދިމާކުރުމަކީ ނާތަހުޒީބު އަމަލެއް.
ހަގީގަތް
01 June 2019
އެއީ ޕްލާސްޓިކް ފޭނުން. ހަގީގީ ބާސާ ފޭނުންނެއްނޫން.