01 ޖުލައި 2019 - 13:30
ބާސެލޯނާ (ޖުލައި 1) - އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާ ގައުމީ ޓީމުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް ހޯދަން ބާސެލޯނާ އިން ބޮޑު ބިޑެއް ތައްޔާރުކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 22 އަހަރުގެ މާޓިނޭޒް މީގެ އެއް އަހަރު ކުރިން އިންޓަ އަށް ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އާޖެންޓީނާގެ ރޭސިން ކްލަބަށް 22 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އިންޓަ އިން ގެނައި މާޓިނޭޒް ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް 35 މެޗުން ނުވަ ގޯލު ޖަހައި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ލުއިސް ސުއަރޭޒްގެ މަގާމަށް ޒުވާން ފޯވާޑެއް ހޯދަން ބާސެލޯނާ އިން މަސައްކަތްކުރަމުން އަންނައިރު، އެ ކްލަބުން ބޭނުންވާ ކުޅުންތެރިއަކަށް ފާހަގަކުރެވުނީ މާޓިނޭޒް އެވެ. އިންޓަ އިން އަންނަނީ މެންޗެސްޓާ ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ހޯދަން މަސައްކަތް ކުރަމުންނެވެ. ލުކާކޫ އާއި އިތުރު ފޯވާޑެއް ގަންނަން ފަންޑް ހޯދުމުގެ ގޮތުން އިންޓަ އިން މާޓިނޭޒް ދޫކޮށްލާނެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
އިންޓަ އިން މާޓިނޭޒް ދޫކޮށްލަން 112 މިލިއަން ޔޫރޯ އަށް ޑިމާންޑްކުރާނެ ކަމަށް މީޑިއާތައް ރިޕޯޓްކުރެ އެވެ. ބާސެލޯނާގެ ވިސްނުން ހުރީ 30 މިލިއަން ޔޫރޯ ދައްކާގޮތަށް ލޯން އެއްބަސްވުމެއްގައި މާޓިނޭޒް ގެނައުމަށް ފަހު އެއްބަސްވުން ދާއިމީކުރާނަމަ އިތުރު 50 މިލިއަން ޔޫރޯ ދެއްކުމަށެވެ.
ކުރިން އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑުން ވެސް ހޯދަން މަސައްކަތްކުރި މާޓިނޭޒް އަންނަނީ މި ފަހަރުގެ ކޮޕަ އެމެރިކާގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އެންމެ ފަހުން އާޖެންޓީނާ ކުޅުނު ދެ މެޗުގައި ވެސް ލަނޑުޖަހައިފަ އެވެ.
އަންނަ ސީޒަނަށް ބާސެލޯނާގެ އެޓޭކަށް ގިނަ ބަދަލުތަކެއް ގެންނަން މަސައްކަތްކުރަމުން އަންނައިރު، ބާސެލޯނާ އިން އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން ގެންނަން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ވަރަށް އަަވަހަށް އެ ޓީމަށް ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ވެސް އަލުން ބާސެލޯނާ އަށް ކުޅެން ބޭނުންވާ ކަމަށް އެ ކްލަބްގެ ނައިބު ރައީސް ރައީސް ޖޯޑީ ކަޑޯނިއާ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
03 July 2019
ތި ޖެހުނީ އާޖެންޓީނާގެ ގައުމީ ޓީމުން ރިޓަޔަރ ކުރަން، އެމީހުން ނުދޭނެ ފުރުސަތެއް ގައުމީޓީމުގައި ރަނގަޅަށް ކުޅެލާކަށް. ޖެހޭނީ ބާސާއަށް އަޅުވެތިވާން
ހަގީގަތް
01 July 2019
އަޅުގަނޑު ވަރަށް އިހްތިރާމާއެކު ބުނެލަން މިހާރަށް ދޮގު ޚަބަރު ނުފެތުރުމަށް. ތަނަކުން އެއްޗެއް ފެންނައިރަށް ރިޕޯރޓް ނުކުރުމަށް އެދެން. މާރޓިނޭޒް ހޯދާކަށް ބާސާޔަކުން ނޫޅޭ އަދި އެކަހަލަ ޚިޔާލެއްވެސް ނުކުރޭ.
ނުޤަބޫލް
01 July 2019
ސުވަރޭޒް ދޫކޮށް ލަނީ ތޯއެވެ.ތީތި ކަޑައެވެ.
ރަދީފްް
01 July 2019
މެސީއަށްވުރެ މޮޅަށް ކުޅެ، ބާރސާ ނޫނީ ރެއާލަށް ގެންދިޔައިމަ މެސީ ފޭނުންނަށް ރޭކާމިލަނީ. އެއީ މިތާ އަބަދު ކޮމެންޓް ކުރޭ ވިއްޔާ އާރޖެންޓީނާގަ ތިބީ ޔޫރަޕުގެ ތަޖުރިބާ ނެތް، ދެރަ ކުޅުންތެރިންނޭ. އެކަމަކު ދެތިން ކުޅުންތެރިން ފިޔަވާ ހައްތަހާވެސް ޔޫރަޕުގެ ޓީމުތަކަށް ކުޅޭ ކުޅުންތެރިން ތިބީ.
ރަދީފް
01 July 2019
އެހެންމީހުންގެ ހިޔަނިން ނެއްޓިގެންހުރެ ކޮމެންޓްކުރާނެ ހިތްވަރެއް ނެތް ދޯ.ލަދު ކޮބާ؟؟؟
ހަގީގަތް
01 July 2019
އަހަރެން ވަރަށް އުފާވޭ އާރޖެންޓީނާގެ ކުޅުންތެރިޔެއް ކޮޕާ އެމެރިކާގަ މެސީޔަށްވުރެ މޮޅަށް ކުޅޭތީ. އަދި އެގޮތަށް ވާން އަބަދުވެސް އެދެން. އާރޖެންޓީނާގަ ޔޫރަޕުގައި ކުޅޭ ކުޅުންތެރިން ތިއްބަސް އެހެން ވަރުގަދަ ޓީމްތަކާ ޚިލާފަށް އެ ކުޅުންތެރިންގެ އެކްސްޕީރިއަންސް މަދު. ގިނަ ކުޅުންތެރިން އަދި 20 މެޗުވެސް އެއްކޮށް ނުކުޅޭ. އެހެންވީމާ ކޮމްބިނޭޝަންގެ މައްސަލަ އުޅޭނެ. އެކަމަކު މުސްތަޤްބަލުގައި މިޓީމް ރަނގަޅުވާނެކަމަށް ބެލެވޭ.
އަޙްމަދު ނާފިޒު
02 July 2019
އޯލްޓައިމް ބެސްޓް ޕްލޭޔާ ލިއޮނެލް މެސީ، ދެން ލަލަލަލަލަލަ
ވާލުސޮރު
03 July 2019
މެސީ ފޭނުންނަކީ ކުޑަކުދިން ކުޅޭ އެއްޗަކަށް ބަލަހައްޓައިގެން ތިބޭ ގޮތަށް އާވާރާ ސަޕޯޓަރުން، ވާނުވާއެއް ނޭންގޭ ދުނިޔޭގަ ދެން ތިބި ހުރިހާ ފުޓްބޯޅަ ކުޅުންތެރިން ދައްކޮށްލައިގެން އުޅޭ ބައެއްތީ. މެސީގެ ހޭޓާސް ކުރިއޭޓް ކުރާ ބައެއް