ޔުއެފާ އެވޯޑް ހަފްލާގެ ތެރެއިން ރޮނާލްޑޯ (ކ) އާއި މެސީ.-- ފޮޓޯ: އޭއެފްޕީ
30 އޯގަސްޓް 2019 - 13:45
މޮނާކޯ (އޮގަސްޓް 30) - ޔުއެފާގެ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިންނާއި ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން ފުޓްބޯޅައިގެ އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އެކެއް އަނެކަކަށް ތައުރީފުކޮށްފި އެވެ.
ރޮނާލްޑޯ އާއި މެސީއާ ވާދަކޮށް ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. މިއީ ފަހަކަށް އައިސް ރޮނާލްޑޯ އާއި މެސީ އަށް މި އެވޯޑް ނުލިބި ދިޔަ ދެ ވަނަ ފަހަރެވެ. އެންމެ ފަހުން މި އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެވެ.
ރޭގެ އެވޯޑް ހަފްލާގައި ވާހަކަ ދައްކަމުން މެސީ ބުނީ ރޮނާލްޑޯ ސްޕެނިޝް ލީގުގައި ކުޅުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ވެސް ރަނގަޅެއް ކަމަށާއި އޭގެ ސަބަބުން އޭނާ އަށް ވެސް ފައިދާތަކެއް ކުރި ކަމަށެވެ.
"ވަރަށް ރަނގަޅު ކަންތައްތަކެއް ކުރިމަތިވި ކްރިސްޓިއާނޯ (ރޮނާލްޑޯ) ލަލީގައި ކުޅުނީމަ. ހާއްސަކޮށް އޭނަ ރެއާލަށް ކުޅުނީމަ. މިހާރު އޭނަ އެ ކުޅެނީ އެހެން ވަރުގަދަ ކްލަބަކަށް އަހަރެމެން މިހާރު އޭނަގެ މެޗުތައް ބަލަނީ ސްޕެއިނުގައި ތިބެ،" މެސީ ބުންޏެވެ.
ރޮނާލްޑޯ އާއި މެސީ މި ޖީލުގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ އިތުރުން ފުޓްބޯޅައިގެ ތާރީހުގައި އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ދެ ތަރިންނެވެ. ރޮނާލްޑޯ ކުރިން ކުޅެމުން އައީ މެސީގެ ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑަށް ކަމަށް ވުމުން، ވާދަވެރިކަން ވަރަށް ބޮޑުވި އެވެ. އެކަމަކު ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުން ފޯރިވަނީ ކޮންމެވެސް ވަރަކަށް ކެނޑިފަ އެވެ.
ދާދި ފަހުން ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރު މެސީ އަށް ވުރެ ފުރިހަމަވަނީ ގިނަ ކްލަބްތަކެއްގައި ހޯދި ކާމިޔާބީ އިތުރުވުމުން ކަމަށް ބުނެފަ އެވެ. އެކަމަކު މެސީއާ އޮތް ވާދަވެރިކަމުގެ ސަބަބުން ފުޓްބޯޅަ އަށް ވެސް ގިނަ ފައިދާތަކެއްކުރިކަމަށް ރޮނާލްޑޯ އޭރު ބުންޏެވެ.
އެވޯޑް ހަފްލާގެ ތެރެއިން މެސީ އާއި ރޮނާލްޑޯ ވާހަކަ ދައްކަނީ.
ރޭގެ އެވޯޑް ހަފްލާގައި ވެސް އުމުރުން 34 އަަހަރުގެ ރޮނާލްޑޯ ވަނީ މެސީ އަށް އިހުތިރާމްކޮށް ވާހަކަ ދައްކައިފަ އެވެ.
"ވަރަށް ހައިރާންކަމާ އެކު ވެސް ގަބޫލުކުރަންޖެހޭ ކަމަކީ 15 އަހަރުގެ ބޮޑު ވާދަވެރިކަމަކަށް ފަހު ވެސް އަހަރެމެން ދެ މީހުންގެ ގުޅުން ރަނގަޅުކަން. އަހަރަމެން އެކުގައި އަދި މިހާތަނަށް ކެއުމަކަށް ނުދިޔަ ނަމަވެސް މުސްތަގުބަލުގައި އެވެސް ވެދާނެ ކަމެއް،" ރޮނާލްޑޯ ބުންޏެވެ.
ރެއާލުގައި ރޮނާލްޑޯ ނުވަ އަހަރު ހޭދަކުރިއިރު މެސީއާ ބޮޑު ވާދަވެރިކަމެއް އޮތެވެ. މިދިޔަ 13 ވަރަކަށް އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑްތައް ލިބިފައިވަނީ މެސީ ނޫނީ ރޮނާލްޑޯ އަށެވެ. ރޮނާލްޑޯ ބުނީ އެ ވާދަވެރިކަން އަަބަދުވެސް އުފަލާ އެކު ފާހަގަކުރާނެ ކަމަށެވެ.
"ސްޕެއިނުގައި ކުޅުނު މަތިން އަހަރެން އަދިވެސް ހަނދާންވޭ. މެސީއާ އަހަރެންގެ ވާދަވެރިކަން ވަރަށް ފުރިހަމަ. އެކެއް އަނެކަކު މޮޅުވާން އަހަރެމެންނަށް ނޭނގުމެއްގެ ތެރޭގައި ވެސް އެހީވެވުނު. އަހަރެމެންގެ ވާދަވެރިކަމަކީ ފުޓްބޯޅަ ތާރީހުގައި ވެސް އޮތް އެންމެ ފުރިހަމަ ވާދަވެރިކަން،" ރޮނާލްޑޯ ބުންޏެވެ.
ދެ ކުޅުންތެރިން ވެސް އަމާޒުހިފާފައިވަނީ ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގައި ކާމިޔާބު ހޯދުމަށެވެ. ރޭގެ އެވޯޑް ހަފްލާގައި ރޮނާލްޑޯ އަށް އެވޯޑެއް ނުލިބުނު ނަމަވެސް މެސީ އަށް ވަނީ އެންމެ މޮޅު ފޯވާޑްގެ މަގާމު ލިބިފަ އެވެ. މޮޅު ކުޅުންތެރިޔާ ހޮވުމުގައި ވެން ޑައިކް އެއް ވަނަ އަށް ދިޔައީ 305 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔައީ 207 ޕޮއިންޓާ އެކު މެސީ އެވެ. އަދި ތިން ވަނަ ހޯދީ 74 ޕޮއިންޓާ އެކު ރޮނާލްޑޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮގުބަ
30 August 2019
ވެންޑައިކަށް ހައްގެއްނޫން އެއީކޮންކަމެއްކުރި ކާކު؟ ޗެމްޕިއަންސް ލީލުގެ މޮޅު ކުޅުންތެރިއަކީ މެސީ
ޢިބޫ
30 August 2019
ތީ ވަރަށް ރަނގަޅު ވާހަކައެއް.. މެސީއަށް ނުދޭންވެގެން ވ ރަނގަޅަށް އެމީހުން ވެންޑެއިކް ޕްރޮމޯޓް ކުރި.
ރަޑީފް
31 August 2019
މޮޅު ނުވީމަ ޗެމްޕިއަންކަން ނުލިބުނީ. ހަޖަމް ކުރޭ.
ފޭން
01 September 2019
ޗެމްޕިއަންސް ލީގު އެކަނިތަ ފުޓްބޯޅަ ސީޒަނެއް ނިމޭއިރު ކުޅެނީ؟؟؟
އަހޫ
30 August 2019
އަބަދުވެސް އެމީހުން އިޙްތިރާމްކުރޭ. ނޫސްވެރިންނާއި ސަޕޯޓުކުރާމީހުން ޒުވާބުގަ އުޅެނީ.
އޭނަަ
30 August 2019
ރަދީފްމެންކަހަލަ ދެތިން ފޭން ބޯއީސް އުޅޭނެ. ރޭގަ ވެންޑައިކަށް މަރުހަބާ ކިޔާލަންވެސް ނުކެރުނު...
އަނބިމީހާގެފިރިމީހާގެއަނބިމީހާ
30 August 2019
ހުރިހާއެންމެންވެސް މެސީއާ ރޮނާލްޑޯ އުޅޭހެން އުޅޭނެނަމަ.....
އައްޕި 1
30 August 2019
ބަޔަކު ދިން އެއްޗެއް ދެވިދާނެ. އެކަމު މެސީއާއި ރޮނާލްޑޯއާއި ދެމެދުގައި އެހާ ބޮޑު ތަފާތެއް އޮވެގެންނުވާނެ. މިބުނީ ހުސްވި ސީޒަންގެ ޕޮިންޓްސް. އަދި އެންމެ މޮޅު ކުޅުންތެރިޔަކީ ލިވަޕޫލުގެ ހުރިހާ ކާމިޔާބެއް އަދި ބްރެޒިލްގެވެސް ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ހުރި ކީޕަރު އެލްސަން ބެކާ. ދެވަން ވެންޑައިކް. ތިންވަން ބާރނާޑް ސިލްވާ. އޭގެ ފަހުން މެސީ އަދި ރޮނާލްޑޯ އަންނަންވީ
ޢިބޫ
30 August 2019
ޢައްޕި.. ތީހަމައެކަނި ޗެމްޕިއަންސް ލީގަށްދޭ އެއްޗެއްތަ..
އޭނަ
30 August 2019
އައްޕި. އިންޑިވިޖުއަލީ ދައްކަބަލަ އެންމެ ސްޓެޓެއްވެސް މެސީޔަށްވުރެ ތިޔަ ބުނި ކުޅުންތެރިން މޮޅުވެފަ. ނުދެއްކޭނެ. ޓީމުން ހޯދާ ކާމިޔާބަށްވުރެ ބޮޑަށް އިންޑިވިޖުއަލީ އެއް ހަމައެއްގައި ކުޅުނު ކުޅުންތެރިންނަށް ބަލަންޖެހޭ.