ލަނޑު ޖެހުމަށް ފަހު އާސެނަލްގެ އޮބާމަޔަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
02 ސެޕްޓެމްބަރ 2019 - 08:57
ލަންޑަން (ސެޕްޓެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ލީޑުނަގާފައިވަނިކޮށް އާސެނަލުން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު އާސެނަލް ވަނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ލީގުގެ ކުރިއަށް ޖެހިލައިފަ އެވެ. ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އާސެނަލް ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި މި ވަގުތު އޮތް ކްރިސްޓަލް ޕެލަސްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.
އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ މިއީ އާސެނަލަށް އެންމެ ރަނގަޅު ނަތީޖާ ނޫން ކަމުގައި ވިޔަސް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި ސީޒަނުގެ ކުރީކޮޅުގައި މި ރޫހުގައި ކުޅެވޭނަމަ ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.
ލަންޑަނުގެ އެންމެ ދުވަސްވީ ވާދަވެރިންނަކީ އުތުރު ލަންޑަނަށް ނިސްބަތްވާ އާސެނަލާއި ޓޮޓެންހަމް އެވެ. ރޭ އާސެނަލް ދަނޑުގައި ކުޅުނު މެޗު ފަށައިގެން އާސެނަލުން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ 10 ވަނަ މިނިޓްގައި ޓޮޓެންހަމް އިން ވަނީ ކްރިސްޓިއަން އެރިކްސަންގެ ގޯލުން ލީޑުނަގައިފަ އެވެ. އެރިކް ލަމޭލާ ޖެހި ބޯޅަ އާސެނަލްގެ ކީޕަރު ބާން ލެނޯ އަތުގައި ޖެހިފައި ނުކުތް ވަގުތު އެރިކްސަން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އާސެނަލުން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް މެޗުގެ 40 ވަނަ މިނިޓްގައި ޓޮޓެންހަމުން ލީޑުފުޅާކުރީ ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން އެވެ. މިއީ ޓޮޓެންހަމްގެ ސޮން ހެއުން މިން އަށް އޭރިއާ ތެރެއިން އާސެނަލްގެ ކެޕްޓަން ގްރޭނިޓް ޝާކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އާސެނަލްގެ ގެންޑޫޒީ (ވ) ކައިރިން ޓޮޓެންހަމްގެ ވިންކްސް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ:އޭއެފްޕީ
ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލަށް އުއްމީދެއް ހޯދައިދިނީ އަލެކްސަންޑަ ލަކަޒޭޓް އެވެ. ނިކޮލަސް ޕެޕޭ ދިން ބޯޅައެއް އޭރިއާތެރެއިން ހޯދައި ލަކަޒޭޓް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފި އެވެ.
ދެ ވަނަ ހާފް ފަށައިގެން އާސެނަލުން ކުރިއަށް ޖެހިގެން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ޓޮޓެންހަމަށް ލިބުނު ފުރުސަތެއްގައި އެ ޓީމުގެ ކޭން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އަނިޔާގެ ސަަބަބުން ލަކަޒޭޓްގެ ބަދަލުގައި އާސެނަލުން ވަނީ ހެންރިކް މިކިތާރްތަން އަރުވައިފަ އެވެ. އަދި ލޫކަސް ޓޮރޭރާގެ ބަދަލުގައި ޑެނީ ސެބާޔޯސް ވަނީ ކުޅެން އަރައިފަ އެވެ. އާސެނަލަށް އެއްވަރުކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގައި ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މަޓެއޯ ގެންޑޫޒީ ދިން ހިތްގައިމު ޕާހަކުން އޮބާމަޔަން ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އާސެނަލް މޮޅުކޮށްދޭން ގްރީސްގެ ޑިފެންޑަރު ސޮކްރަޓިސް ޕަޕަސްތޮޕަލަސް ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން ބަލިވި މެޗަށް ފަހު ޓީމަށް ލިބުނު މާޔޫސްކަމުން އަރައިގަންނަން ބޭނުންވާވަރުގެ ކުޅުމެއް މި މެޗުގައި ޓޮޓެންހަމްގެ ފަރާތުން ފެނިގެންދިޔަ ކަމަށެވެ. އަދި މެޗުން މޮޅުނުވެވުނީ ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށް ބުންޏެވެ.
ލީގުގައި ރަށުންބޭރުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ޓޮޓެންހަމަށް މޮޅެއް ނުހޯދެ އެވެ. އަދި ޕްރިމިއާ ލީގުގެ ތާރީހުގައި މޮޅުވާން ދަނިކޮށް ޓޮޓެންހަމް އަތުން އެންމެ ގިނައިން ޕޮއިންޓް ގެއްލިފައިހުރީ ވެސް އާސެނަލާ ދެކޮޅަށް ކުޅުނު މެޗުތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮޗެޓީނޯ
06 September 2019
އާސެނަލް ށޯޑް ދެއާ ދިފެރެންސް. ނިއުމޭން ޕެޕޭ ވޯޒް އެމެއިޒިން އައުޓް ދެއާ. ހީ ޕްލެއިޑް ރިއަލީ ވެލް.
އެންޓި ރަދީފް
02 September 2019
މަރުހަބާ އާސެނަލް! މަރުހަބާ!!! ރަދީފް އަވެސް މަރުހަބާ!
ހަގީގަތުގެ އަމާ
02 September 2019
ހަގީގަތް ކަލޭގެ ސްޕާސް އޮންނާނި ބަލިކޮށްފަ.
ހަގީގަތްް
02 September 2019
ބަލިވިތަ؟
ހަޑިގިއްލާ
02 September 2019
އާސެނަލް ވަރަށް ތަފާތު..... ޝުޑް ވިން 3 ޕޮއިންޓްސް
ރަދީފް
02 September 2019
ރޭގެ މެޗް އެއީ އަސްލު އާސެނަލް 3 ޕޮއިންޓް ލިބެންޖެހޭ މެޗެއް.އާސެނަލްގެ ދަނޑުގަ ކުޅެގެން ޖެހިޖެހިގެން 2 މެޗުން ސްޕާސް އެންމެ ފަހުން މޮޅުވެފައިވަނީ 1925 އަދި 1926 ވަނަ އަހަރު.ޔޫރަޕްގެ 02 ކްލަބް ރޭގަ ދެއްކި ކުޅުންވެސް ރަނގަޅު.15 ސެޕްޓެންބަރުގަ ވޮޓްފޯޑް އަދި އާސެނަލް ބައްދަލުކުރާ މެޗުން އާސެނަލް މޮޅުވާނެ.އިންޝާﷲ
ހަގީގަތްް
02 September 2019
ރޭގަ މެޗުން އާރސެނަލަށް ލިބެން ޖެހޭ ވަރަށްވުރެ 1 ޕޮއިންޓް އިތުރަށް ލިބުނީ. ޝުކުރު ކޮށްބަލަ.
ރަދީފް
02 September 2019
މަރުހަބާ އާސެނަލް،އަންނި އަދި ނިއުމާ.
ައަލީ.
02 September 2019
ރަދީފުގެ 3 ވަނަ ޓީމަށް މަރުހަބާ!
އޭނަ
02 September 2019
މަރުހަބާ ރަދީފް. ލަންޑަނުގެ 3ވަނަ ކްލަބަށް 1ވަނަ ކްލަބް ސްޕަރސް އަތުން މިލިބުނީ މުހިއްމު ޕޮއިންޓެއް.
ވެންގަރ
02 September 2019
ނޯރތް ލަންޑަން އިސް ރެޑް، ކަމޯން ޔޫ ގަނާރސް