19 ސެޕްޓެމްބަރ 2019 - 08:48
ޕެރިސް (ސެޕްޓެމްބަރު 19) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން 3-0 އިން ރެއާލް މެޑްރިޑް ބަލިކުރިއިރު، ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑާ 2-2 އިން އެއްވަރުވެއްޖެ އެވެ.
އަލުން ރެއާލް ކޯޗުކަމާ ހަވާލުވެ ޒިނެދިން ޒިދާން އެ ޓީމު ހަމަމަގަށް އަޅުވަން މަސައްކަތްކުރަމުން އަންނައިރު، މިހާތަނަށް އެ ޓީމަށް އެންމެ ރަނގަޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. ރޭގެ މެޗުގައި ޕީއެސްޖީން ވަނީ ރެއާލްގެ އެޓޭކް ހިފެހެއްޓުމުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގަރެތު ބޭލް އާއި އެޑެން ހަޒާޑަށް ރޭގެ މެޗުގައި ތަފާތެއް ނުދެއްކުނެވެ. އެ ޓީމަށް މުޅި މެޗުގައި ގޯލަށް އަމާޒުކޮށް ޝޮޓެއް ހެދިފައެއް ނުވެ އެވެ.
ޕީއެސްޖީން ރޭގެ މެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ އާޖެންޓިނާގެ ވިންގް އެންހެލް ޑި މާރިއާ އެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެއާލާއި ބާސެލޯނާ ކޮޅަށް އެއް މެޗެއްގައި ދެ ލަނޑު ޖެހި ދެ ވަނަ ކުޅުންތެރިޔާ އެވެ. ރޭގެ މެޗުގައި ޕީއެސްޖީގެ ފަހު ލަނޑު ޖެހީ ފުލްބެކް ތޯމަސް މޮނިއޭ އެވެ.
މީގެ ކުރިން ރެއާލަށް ވެސް ކުޅުނު ޑި މާރިއާ ރޭގެ މެޗުގައި ދެއްކި ކުޅުމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ތައުރީފް ކޮށްފަ އެވެ. އަދި މި ސީޒަނުގައި ޗެމްޕިއަންސް ލީގު މޮޅަކުން ފެށުމަކީ ކުރިއަށްދާން ލިބޭނެ ހިތްވަރެއް ކަމަށާއި މީގެ ބޭނުން އެންމެ ރަނގަޅަށް ހިފާނެ ކަމަށް ބުންޏެވެ.
ރެއާލުގެ ކޯޗު ޒިދާން ބުނީ ބަލިވުމުން އޭގެ ޒިންމާ ނަގާނީ މުޅި ޓީމު ކަމަށާއި ހަގީގަތަކީ މި މެޗުގައި ފެނުނު ކުޅުމަށް ބަލާއިރު މޮޅުވުން ހައްގީ ވެސް ޕީއެސްޖީ ކަމަށެވެ. އަދި ރެއާލުން ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައް ފާހަގަވި ކަމަށް ޒިދާން ބުންޏެވެ.
އެތުލެޓިކޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމު ބަލިނުވެ ސަލާމަތްވީ ފަހު 20 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. ދެ ވަަނަ ހާފް ފަށައިގެން ހުއާން ކުއަޑްރާޑޯ އާއި ބްލައިސް މަޓުއިޑީގެ ދެ ލަނޑުން ޔުވެންޓަސް ކުރީގައި އޮއްވައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު ޖެހީ ސްޓެފަން ސަވިޗް އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް އެއްވަރުކޮށްދިނީ ހެކްޓަ ހެރޭރާ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ބަޔާން މިއުނިކް ވަނީ 3-0 އިން ރެޑްސްޓާ ބެލްގްރޭޑް ބަލިކޮށްފަ އެވެ. މެންޗެސްޓާ ސިޓީން 3-0 އިން ޝަހުތަރު ޑޮނެސްކުގެ މައްޗަށް ކުރިހޯދިއިރު، އޮލިމްޕިއާކޯސްއާ ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާއިޝަތު ރަދީފާ
19 September 2019
މަރުހަބާ ރަދީފް. ސްޓޭޑިއަމުގައި ޔުވޭ މެޗު ބަލާފަ މިއަދު އަދި ކޮމެންޓްކޮށްލާނެ ވަގުތެއް ނުވަނީތޯ؟
ރަދީފް
19 September 2019
بِسْمِ اللهِ.ޝުކުރިއްޔާ ރަދީފާ ސިސް.އަހަރެން ކޮމެންޓްނުކުރިއަސް އަހަރެންގެ ހިޔަނީގަ ތިބެގެން ކޮމެންޓްކުރާ ''އަނދިރި ޖަމާއަތެއް''ގެ ބަޔަކު އުޅޭކަން ސިސްއަށްވެސް އެނގޭނެ.ފޭކް މީހުން ގިނަ މިދުނިޔެ އެއީ ކެހިވެރިތަނެއް އެހެންނޫންތޯ.ރަދީފް މިބުނާއެއްޗެއް ސިސްއަށް ދޭހަވާނެކަމަށް އުންމީދުކުރަން.ވ.ވެދުން.
ރަދީފްް
19 September 2019
ރޮނާލްޑޯ ޕެނަލްޓީ ބޮކްސް ތެރޭގަ ހުންނަނީއޭ ކިޔާ ކުދިންނަށް ރޭ އިތުރު ވަގުތުގައި ރޮނާލްޑޯ ޖެހި ބޯޅަ ފެނުނުކަމަށް ހީކުރަން. ތިން ހަތަރު ކުޅުންތެރިން ގައިން ނައްޓާފަ ބޯޅަ ޖެހިއިރު އެކުޅުންތެރިން ތިބީ ވިނަ މަތީ ފަތަ ފަތާ. އުމުރުން ދުވަސްވިޔަސް އަދިވެސް ޒުވާން ކުދިންނަށްވުރެ ހަލުވި.
ވާލުސޮރު
19 September 2019
މަރުހަބާ ޕީއެސްޖީ. އަސްލު ހަގީގީ ޗެލެންޖު ކޮންމެ ބަޔަކަށްވެސް އަންނާނީ ޔޫއެފާލޯނާ އާ ޖެހޭ ހިސާބުން.
ޒަންޖަބީލު
19 September 2019
މި ފަހަރު ޔުވެންޓަސް ދާނީ ހަމަ ޗޮކުން. އިޓަލިއަން ލީގުވެސް ހީނުވޭ އަތުޖެހޭނެހެން. ތާކުންތާކު ނުޖެހޭ ކޯޗެއް ވިއްޔާ މިހާރު އެހެރީ އެލެގްރީ އެއްލާލާފަ ގެނެސް
ހާލަތު.
19 September 2019
މޮޔަ ކޯޗެއް.. އެކަމު ލޯކަލް ލީގު އަތުޖައްސާނެ އެންމެ ފަހު ހަޑީގަ މަމަވެސް.. ރެލިގޭޝަން ޒޯނުގަ އޮވެފަ އަރާފަ ވެސް ލީގު ހޯދާ ސީޒަން ދެބައިވިއިރު 15 ވަނައިގަ އޮވެފަ ވެސް އެމީހުން މިފަހުން ލީގު ހޯދި.. އެއީ މެޗު ފިކްސިންގެ އައްޕައިންތަކެއް.. އިދިކޮޅު ގޯލު ކީޕަރުނއނާ ޑިފެންޑަރުން ގަނެގެންވެސް އެކަން ކުރާނެ ލާރި އެބައޮތް އެކަމަށް ބޯކޮށް
ރޮނާލްޑޯ
19 September 2019
އުފާވި، ރެއަލްމެޑްރިޑް ބަލިވީމަ... ހެހެހެހެ
އަސްލު ހަގީގަތް
19 September 2019
މަރުހަބާ ޕީއެސްޖީ އަދި ރޭގަ މޮޅުވި ހުރިހާ ޓީމްތަށް. ރިއަލް މެޑްރިޑްގެ ފަރާތުން ރޭގަ ފެނުނީ ވަރަށް ދަށް ކުޅުމެއް. އަހަންނަކީ ބާސެލޯނާގެ ސަޕޯރޓަރެއް ނަމަވެސް ރިއަލް މެޑްރިޑްގެ މެޗުތައް ޤަވާއިދުން ބަލަން. ހަމަގައިމުވެސް ރޭގައި އެފެނުނީ މިސީޒަނުގައި ރިއަލްގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުން. ފަހަރެއްގަ ވެދާނެ މޮޑްރިޗާއި ރާމޮސް އަންއަވެއިލެބަލް ވީމަކަމަށް. އުންމީދުކުރަން މިއަށްވުރެ ރަނގަޅު ކުޅުމެއް ރިއަލްގެ ފަރާތުން ފެންނާނެކަމަށް.