ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
07 އޮކްޓޯބަރ 2019 - 09:16
ބާސެލޯނާ (އޮކްޓޫބަރު 7) - ލުއިސް ސުއަރޭޒް އޯވަހެޑް ކިކަކުން ޖެހި މޮޅު ގޯލާ އެކު 4-0 އިން ސެވިއްޔާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލާއިރު ލީގުގެ އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތްއިރު، ރޭ ކުޅުނު މެޗުން ވަނީ ރެއާލް ވަަލޮޑޮލިޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އެތުލެޓިކޯ އަށް އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.
މެޗު ފަށައިގެން 27 ވަނަ މިނިޓްގައި ސުއަރޭޒް އޯވަހެޑް ކިކަކުން ލަނޑު ޖެހީ ސެމޭޑޯ ނަގައިދިން ހުރަހަކުންނެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން ކޮޅަށް ދެ ގޯލު ޖެހި ސުއަރޭޒް ފަހަކަށް އައިސް ހުރީ ރަނގަޅު ފޯމެއްގަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާގެ އަނެއް ދެ ގޯލު ޖެހީ އާޓޫރޯ ވިޑާލް އާއި އޮސްމާން ޑެމްބެލޭ އެވެ.
ބާސެލޯނާގެ ފަހު ގޯލު ޖެހީ ދެ ވަނަ ހާފުގައި ޓީމުގެ ކެޕްޓަން ލިއޮަނަލް މެސީ އެވެ. ސީޒަނުގައި މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލު ޖެހީ ހިލޭޖެހުމަކުންނެވެ. ބާސެލޯނާ އިން މި މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 87 ވަނަ މިނިޓްގައި އެ ޓީމުގެ ރޮނާލްޑް އަރައުހޯ އާއި ޑެމްބެލޭ އަށް ރަތް ކާޑު ދެއްކުމުންނެވެ. އަރައުހޯ އަށް ރަތް ކާޑު ދެއްކީ ސެވިއްޔާގެ ހަވިއޭ ހެނާންޑޭޒަށް ފައުލުކުރުމުންނެވެ. އަދި ޑެމްބެލޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކީ ރެފްރީގެ ނިންމުމާ މެދު މާ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މި ވަގުތު ހާލަތު އޮތްގޮތުން މިއީ ބާސެލޯނާ އަށް ވަރަށް މުހިއްމު މޮޅެއް ކަމަށާއި ސީޒަންގެ ފެށުން އެންމެ ރަނގަޅަށް ނުދިއުމުން ހަމަޔަކަށް އެޅެން ވީހާވެސް ގިނަ މެޗުތަކަކުން މޮޅުވުން މުހިއްމު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޑީފް
09 October 2019
މޮޅުވެއްޖިިއްޔާ މެސީ.. ބަލި ވެއްޖިއްޔާ އާނެސްޓޯ ވަލްވޭޑޭ.
ރޮނާލްޑޯ
07 October 2019
މެސީ ހަބޭސް ބާސާ ހަބޭސް.... މެސީއަށް ނުރުހުމުގެ އެއްޗެއް ބުނެލާނެ މީހަކުވެސް ނެތްތަ؟
ޢިބޫ
07 October 2019
މެސީ ފިޓްވީ ބާސާވެސް ފިޓްވީ..
އަސްލު ހަގީގަތް
07 October 2019
އަދިވެސް އެއްކޮށް ފިޓެއްނުވޭ. އިންޓަނޭޝަނަލް ބްރޭކަށްފަހު ފިޓްވާނެކަމަށް އުންމީދުމިކުރަނީ. މެޗްގެ ރިދަމް ހޯދަން އަދި އެއް މެޗުވަރު ފުރިހަމަ ކުރަންޖެހޭނެ. މެސީ ފިޓްނޫނަސް އޭނަވަރުގެ ކުޅުންތެރިޔެއް ދަނޑުމަތީގައެއް ނުހުރޭ. ރޭގަވެސް ރޭޓިންގްއަށް 10.
އަސްލު ހަގީގަތް
07 October 2019
ރޭގެ މެޗު ބެލި މީހަކަށް އިނގޭނެ ރެފްރީ ބައޭސްޑް ވެފަހުރި މިންވަރު. ލަހޯޒަކީ ޓެބަސްއާއި ޕެރޭޒްގެ ޕަޕެޓެއް. އޭނަ ބެލީ ބާސާ ކުޅުންތެރިޔަކަށް ކާޑެއް ދެއްކޭނެ ވަގުތަކަށް. ޑެމްބެލޭ ރެފްރީޔާ ދިމާލަށް ބުނީ ކަލޭ ވަރަށް ވަރަށް ގޯހޭ. އެހެން ބުނުމާއެކު ދެއްކީ ސީދާ ރަތް ކާޑެއް. މިވާހަކަ ދައްކަން އަންނި، ނިއުމާ، ލޯންސްޓާ އަދި ނިތާގައި ބާސާޔަށް ޒާތީ ހަސަދަ ލާފަ ތިބޭ މީހުން ދެކޮޅުހަދާނެ. ބާސާޔަށް ކިރިޔާވެސް އެހީޔެއް ލިބޭއިރަށް ކޮމެންޓް ސެކްޝަން ފުރާލާނެ.
ރަދީފް
07 October 2019
ރެއަކީ ޔޫރަޕްގެ ފުޓްބޯޅައިގަ އުފާވެރިކަން ގެނެސްދިން ނަތީޖާތަކެއް ފެނިގެންދިޔަ ރެއެއް.#ވިސްކައެލްބާސާ #ވިސްކައެލްބާސާ . ވ.ވެދުން
އަސްލު ހަގީގަތް
07 October 2019
ރަދީފްގެ ޓީމްތައް މޮޅުވީމަތަ ތިހެން ބުނީ. ސިޓީ ބަލިވުމުން ހަމަގައިމުވެސް އަހަރެން ވަރަށް ދެރަވިން.
ކެންޑްރިކް
07 October 2019
ސެމޭޑޯ މީ މޭން އެކޭ. ރައިޓް ބެކް ގަ ހުރެފަ ބޯޅަ ހިފައިގެން އަރިމަތިން ދުވެފަ އަރާއިރު ވަރަށް ސަޅި. ސެމޭޑޯގެ އެފޯޓަށް ސާބަސް ހަމަ.
އޭނަ
07 October 2019
ސަމޭޑޯ ރޭގަ ކުޅުނީ ލެފްޓް ބެކަކަށް. އޭނަގެ ވީކް ފަޅިގަ ކުޅެ ދެއްކީ ތަޢުރީފު ޙައްޤު ކުޅުމެއް.