23 ޖެނުއަރީ 2020 - 09:00
ޓިއުރިން (ޖެނުއަރީ 23) - އިޓާލިއަން ކަޕްގައި ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު 3-1 އިން ރޯމާ ބަލިކޮށް ޔުވެންޓަސް މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފި އެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮނާލްޑޯ ރޭ ކާމިޔާބުކުރީ އެންމެ ފަހުން ކުޅުނު 10 މެޗުގައި އޭނާގެ 13 ވަނަ ގޯލެވެ. އޭނާ ވަނީ ގައުމީ ޓީމާއި ކްލަބަށް މި ސީޒަނުގެ މިހާތަނަށް 30 ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ގޯލު ޖެހިއިރު މިއީ އިޓާލިއަން ކަޕްގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މިއާ އެކު ރޮނާލްޑޯ މިހާރު ވަނީ ކްލަބްތަކުގެ މެދުގައި ކުޅޭ ތަފާތު 15 މުބާރާތެއްގައި ލަނޑު ޖަހައިފަ އެވެ.
"ރޮނާލްޑޯގެ ކާމިޔާބީގެ ޝުކުރު އޭނާގެ މަންމަ އަށް ހައްގު. ކުޅުންތެރިއެއް އެހާ މަތީ ލެވެލްގައި މެދުކެނޑުމެއްނެތި ތަފާތު ދައްކާނީ ވަރަށްް ރަނގަޅު އާއިލާއެއް ފަހަތުގައި އޮތީމަ. ތަފާތު ތިން ގައުމެއްގައި ރޮނާލްޑޯ ވިދުމަކީ އޭނާގެ އާއިލާ އަށް ވެސް ކްރެޑިޓް ހައްގުވާކަމެއް،" ރޭގެ މެޗަށް ފަހު ރޮނާލްޑޯއާ ބެހޭގޮތުން ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުންޏެވެ.
އުމުރުން 34 އަހަރުގެ ރޮނާލްޑޯ ވަނީ 2020 ގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތް ގޯލު ޖަހައިފަ އެވެ.
ރޭގެ މެޗުގައި ޔުވެންޓަސް އިން 26 ވަނަ މިނިޓްގައި ރޮނާލްޑޯގެ ގޯލުން ލީޑުނެގުމަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 38 ވަނަ މިނިޓްގައި ޔުވެންޓަސްގެ ލީޑުފުޅާކޮށްދިނީ އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރް އެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ބެންޓަންކޫރު ވަނީ މަޑުމަޑުން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ޑަގްލަސް ކޮސްޓާ ނަގައިދިން ބޯޅަ އަކުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުވެންޓަސްގެ ތިން ވަނަ ގޯލު ޖެހީ ލިއޮނާޑޯ ބޮނޫޗީ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ރޯމާ އިން ލަނޑެއް ޖެހި އެވެ. މިއީ ރޯމާގެ ޗެންގިޒް އުންޑެއާ ޖެހި ޝޮޓަކުން ހުރަސް ދަނޑީގައި ބޯޅަ ޖެހިފައި ކީޕަރު ޖިއަންލުއިޖީ ބުފޮން ގައިގައި ޖެހިފައި ވަން ގޯލެކެވެ. އޭގެ ފަހުން ރޯމާ އިން ފޮނުވާލި ހަމަލާތަށް ބުފޮން ވަނީ ހުއްޓުވައިފަ އެވެ.
އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި ޔުވެންޓަސް ވާދަކުރާނީ ކުއާޓާ ފައިނަލުގައި އަންނަ ހަފުތާގައި އޭސީ މިލާނާއި ޓޮރިނޯ ކުޅެ މޮޅުވާ ޓީމަކާ އެވެ. ސެމީ ފައިނަލުން ދެން ފުރުސަތު ހޯދާފައިވަނީ ލާޒިއޯ ބަލިކުރި ނަޕޯލީ އެވެ. އެ ޓީމު ސެމީގައި ވާދަކުރާނީ އިންޓަ މިލާނާއި ފިއޮރެންޓީނާ ކުޅެ މޮޅުވާ ޓީމަކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭމަރ
23 January 2020
ފާމާސް ލީގް
ހަޖަމު
24 January 2020
ހަޖަމްކުރޭ!! ކަޑަ ނުވޭ އެއީ ޔޫރަޕާ ދުނިޔޭގެ ޓޮޕް 3 ލީގުން އެއް ލީގު.. އަދި ދުނިޔޭގެ މޮޅެތި އެތަށް ލެޖެންޑުންނެއް ވުޖޫދަށް ގެނައިލީގެއް މިދިޔަ 20 އަހަރު ބޮލަބްޑިއޯ ހޯދި ކުޅުންތެރިންގެ ތެރެއިން އެލީގުގަ ނުކުޅޭ ހުރީ އެންމެ 2 ކުޅުންތެރިން.. ސްޕެނިޝްލީގަށް ފަހު ޔޫރަޕްގެ އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށްފަ އޮތީ ސެރީއާގެ ކުލަބުތަކުން.. އަދި މިހާރުވެސް ސއލޯކުރަން އެންމެ އުނދަގޫ ވާނި ސެރީއާގެ ޓީމުތަކުގެ ކޮޅަށް.. ރޮނާ ހަމަ ތަފާތީ މޮޅުވީމަ ގޯލުޖެހެނީ
ރޮނާދަޗެމަޕިއަން
24 January 2020
ޑައެޖިން ކޮޅެއް ފޮނުވާލެވިދާނެ ހަޖަމުގެ މައްސަލަ އުޅެންޏާ.. ތިޔަ މެހިގުއި ނިކަން އެލީގުގެ ޓީމަކަށް ގެނެސްބަލަ ލާހިކެއް ނޫން ރޮނާ އެޖަހާޖެން ގޯލް ޖަހާކަށް އެ ލީގުގަ ރެލިގޭޝަންގަ އޮންނަ ޓީމެއް ކޮޅަށްވެސް.. އަދި ބުނަން އެއީ ދުނިޔޭގެ އެންމެ ޓޮޕް އެއްލޯގު އަދި އެންމެ ގިނަ ލެޖެންޑުން އުފެއްދި ލީގު އެންމެ ގިނަ ބައިނަލްްއަޤުވާމީ ޓްރޮފީތައް ހޯދި ދެ ލީގުން އެއް ލީގު..
ސީއާރު7
24 January 2020
ހަޖަމަށް ޚިޖާމާ ޖަހައިދޭ ވަރަށް އަގު ހެޔޮކޮށް މިހާރު.. ރޮނާ އެ ގޯލު ޖަހަނީ ދުނިޔޭގެ އެންމެ މޮޅެތި ޑިފެންސް އޮންނަ ޓީމުތަކުގެ ކޮޅަށް ޕެސީއަށް އެކަން ވާނެތަ؟ ގުރުޑުބޭ ކުޑައަރުވާލާނެ އެހެރަ ފިސިކަލަ އަދި ޓެކްޓިކަލް ގޭމްތަކުގެ ސަބަބުން..
އޭނަ
24 January 2020
ލޮލް. މިތާގައި އުޅޭ މީހުންގެ ހިތުން ފުޓްބޯޅައިގައި އޮންނަ އެއްޗަކީ ހަމައެކަނި ގޯލް ޖެހުން. އެވެސް މީހުން ދިނީމަ. ރޮނާލްޑޯޔަކީ މޮޅު ކުޅުންތެރިޔެއް. އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ. އެކަމަކު ސެރިޔާގައި ޔުވެންޓަސްއަކީ ކިންގް. އެމީހުންނާ ވާދަކޮށްލެވޭ އަދި ކަމެއް ކޮށްލެވޭ ފެންވަރުގެ ޓީމެއް ނެތް. މިކަން ވަރަށް ސާފުކޮށް އިނގޭނެ އެންމެ ފަހުގެ ސީޒަންތަކުންވެސް. އަނެއްކާ ސެރިޔާގެ ޓޮޕް ސްކޯރާޔަކީވެސް ރޮނާލްޑޯޔެއްނޫން.
ބާސާ ކަލޯ
23 January 2020
ސާރީ އަނެއްކާ ރޮނާލްޑޯ މަންމައާ އަޅައިގަތީތަ؟ އޭނައަށް ތައުރީފްކޮށް ސެޓްކުރަން ތިއުޅެނީ