ސިޓީގެ ޑިބްރޭނާ (ވ) އަތުން ބޯޅަ ހޯދަން ރެއާލްގެ ރާމޯސް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
27 ފެބުރުއަރީ 2020 - 08:42
މެޑްރިޑް (ފެބްރުއަރީ 27) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ ރެއާލް މެޑްރިޑް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު އަތުން ފަހަތުން އަރައި 2-1 އިން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
މިއީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން ސިޓީ އަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި މިއީ އިނގިރޭސި ޓީމެއް އަތުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލް ބަލިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ފުރަތަމަ ލެގުން ސިޓީ މޮޅުވުމާ އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް އެ ޓީމަށް ވަނީ ފަސޭހަތަކެއް ކުރިމަތިވެފަ އެވެ. އެ ގޮތުން އަންނަ މަހު 17 ވަނަ ދުވަހު ސިޓީ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ކުއާޓާގެ ފުރުސަތު ހޯދޭނެ އެވެ.
ރޭގެ މެޗުގައި ރެއާލަށް ލީޑުނަގައިދޭން ކަރީމް ބެންޒެމާ އާއި ވިނީޝިއުސް ޖޫނިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. އަނެއްކޮޅުން ސިޓީގެ އެންމެ ކުރިއަށް ކުޅެމުންދިޔަ ގަބްރިއެލް ޖީސޫސް ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. ރެއާލުން ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ވިނީޝިއުސް ދިން ބޯޅައަކުން މި ގޯލު ޖެހީ އިސްކޯ އެވެ.
ސިޓީން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ފަހު 12 މިނިޓް ތެރޭގަ އެވެ. ފުރަތަމަ ގޯލު މެޗުގެ 78 ވަަނަ މިނިޓްގައި ޖެހީ ޖީސޫސް އެވެ. އޭނާ މި ގޯލު ޖެހިއިރު ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ފައުލުކުރި ކަމަށް ބުނެ އެ ޓީމުގެ ކުޅުންތެރިން އެޕީލްކުރި އެވެ. އޭގެ ފަސް މިނިޓް ފަހުން ސިޓީ އަށް ލީޑުނަގައިދިން ގޯލު ޕެނަލްޓީ އަކުން ޖެހީ ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކެވިން ޑިބްރޭނާ އެވެ. މިއީ ސިޓީގެ ރަހީމް ސްޓާލިން އަށް އޭރިއާތެރެއިން ޑެނީ ކާވަހާލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ލެގަށް ނުކުންނައިރު މި މެޗުން ބަލިވުމުގެ އިތުރުން ރެއާލަށް އޮތް އަނެއް މާޔޫސްކަމަކީ ރާމޯސް ސަސްޕެންޑްވުމެވެ. ރޭގެ މެޗުގައި ރާމޯސް އަށް ދެއްކި ރަތް ކާޑާ އެކު އޭނާ އަށް ސިޓީ ދަނޑުގައި އޮންނަ މެޗު ނުކުޅެވޭނެ އެވެ.
ކޯޗިން ކެރިއަރުގައި ރެއާލްގެ ކޯޗު ޒިނެދިން ޒިދާންއާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މި ވަނީ ކުރިހޯދައިފަ އެވެ. ގާޑިއޯލާ ބުނީ މެޗަށް ނުކުތީ ރަނގަޅު ރޭވުމަކާ އެކު މޮޅުވުމަށް ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި މެޗުން ސިޓީ މޮޅުވި ނަމަވެސް އެ ޓީމަށް ކުއާޓާގެ ޖާގަ ލިބުނުކަން ޔަގީންނުވާކަން ގާޑިއޯލާ ފާހަގަކުރި އެވެ.
ރެއާލްގެ ކޯޗު ޒިދާން ބުނީ މިހާރު އޮތް ހާލަތުން ދެން ކަންތައް ކުރަން ޖެހޭ ގޮތް ވަރަށް ސާފު ކަމަށާއި ސިޓީ ދަނޑުގައި މޮޅުވުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި އެކަން ހާސިލްކުރެވޭނެ ފެންވަރު ރެއާލްގައި އެބަހުރި ކަމަށާއި އެހެން ނަމަވެސް އެއީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ނޫނީ ހާސިލްނުވާނެ ކަމެއް ކަމަށް ޒިދާން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ohttas
28 February 2020
ސިޓީ އަކާ ނުކުޅެވޭނެ. ވަރަށް ސާފު
މެސީ
27 February 2020
ވަރަށް އުފާވި ރެއާލް ބަލިވީމަ
ބާބާ
27 February 2020
އެންމެ ފަހުން ކުޅުނު ލީގު މެޗުން ބަލިވުމުން ލީގުގެ 1 ވަނަ މަގާމު ގެއްލިއްޖެ. އަމިއްލަ ދަނޑުގަ ކުޅެ ޗެންޕިއަންސް ލީގު ފުރަތަމަ ލެގްގެ މެޗު ގެއްލިއްޖެ، ދެން އޮތީ މިއަންނަ ހަފުތާގަ އެލްކްލެސްކޯ. އެމެޗުން ބާސާ އަތުން ބަލިވެއްޖެއްޔާ ޒިދާން ތަންމަތި ބަނދެގެން ހުރުން ކަންނޭގޭ ރަގަޅީ؟
ހެރިޓޭޖް ޓިންޓިން
27 February 2020
ކޮބާ ފެނޭތަ؟ ގާޑިޔާބެ ރުޅިއަރުވަންޏާ ވަރައް ގޯސްވާނެ. މިފަހަރު ތަށިނަގާނެ ހެން ވީހަނީ
އަންްނި
27 February 2020
ރޭގަ ފެނުނީ ފޯރި ގަދަ، ހަމަހަމަ ކުޅުމެއް ފެނުނު މެޗެއް. ބާރސާއާ ޚިލާފަށް ދެ ޓީމުންވެސް ފާސްޓް ގޭމެއް އެޓޭކަށް ކުޅެ މޮޅުވާން ކުޅުނުތަން ފެނުނު. އަމިއްލަ ހާފުގައި ސްލޯކޮށް ޕާސް ކޮށްކޮށް ތިބެ ވަގުތު ދުއްވާލާތަނެއް ނުފެނޭ. މިއީ ބަލަން ބޭނުންވާ ފުޓްބޯޅައަކީ. ދެވަނަ ލެގުގައި ގިނަ ގޯލްތަކެއް ފެންނާނެ ކަމަށް އުއްމީދުކުރަން. މިދިޔަ އަހަރު ސިޓީ ޓޮޓެންހަމާ ކުޅުނު ދެވަނަ ލެގުގައިވެސް ފެނުނުކަހަލަ، ގިނަ ގޯލް ޖަހާ މެޗެއް ފެންނާނެ ކަމަށް އުއްމީދުކުރަން.
ރަދީފް
27 February 2020
ތިބޭފުޅާއަށް އެނގޭ ހަމައެކަނި ކްލަބަކީ ބާސާ ތަ؟ ޖުމްލައެއް ލިޔުނަސް ބާސާ ބާާސާ ނުހިނަމާ ނުލިޔެވޭކަން ފާހަގަކުރެވޭ.
އޭނަ
27 February 2020
ރޭގެ ތަފާތަކީ ބަސް ޕާކުކުރުމާއި އޯޕަން ގޭމް. މިއީ ފުޓްބޯޅަ ކުޅެންޖެހޭ ގޮތަކީ. ކޮންމެހެން ނުޖެހޭ 11 ކުޅުންތެރިން ގޯލް ކުރިމަތީގައި އަޅާފައި ބާއްވާކަށް. ފުޓްބޯޅަ ބަލާހިތްވެސްވާނީ ބަސް ޕާކުނުކޮށް އެޓޭކްކުރަން މަސައްކަތްކޮށް އަދި އޯޕަން ގޭމެއް ކުޅުމުން. އަނެއްކޮޅުން ގާޑިޔޯލާ ޔަޤީންކަން ދޭނެ އެންޓަޓެއިމެންޓް.
މެސީ
27 February 2020
އޭގެން ވެސް އެނގެނީ ބާސާދެކެ އޭނާ ލޯބިވާކަން
ރަދީފްް
27 February 2020
ކޮބާ ލެއްގި ކޮމިޝަނަރު؟ ވަރުގަދަ ލަލީގާގެ 2 ވަނައިގަ އޮތް ރެއާލް ދަނޑުގަ އެއްކަލަ ކައްޕަޅި އިނގިރޭސި ލީގުގެ 2 ވަނައިގަ އޮތް ސިޓީއިން ބޭނުން ގޮތެއް ހަދާލުމުން ލީގުގެ ފެންވަރު ވަޒަން ނުވޭތޯ؟
ލެއްގި ކޮމިޝަނަރ
27 February 2020
މޔަހުޔާ ކާޅުވެސްހިފާދޯ؟ ކަޅުފައިސާދޮންނަ ލީގުގެ ހަތަރު ޓީމުންކުރެއް އެއްޓީމްދޯ އަދިމޯޅުވީ. ތިންޓީމް ބަލިވިއިރު 1 ވަނާގަ 22 ޕޮއިންޓް ލީޑުގައޮތް ވީއޭއާރުޕޫލް ބަލިކުރީ ސްޕެނިޝްލީގުގެ ކިތައްވަނާގަ އޮތް ޓީމުތޯ ވެސް ބުނެލިނަމަ. ޝަހުސު އޮޅުވާލައިގެން ކޮމެންޓް ކުރިޔަސް ކަމަކުނުދާނެ
ރަދީފްް
27 February 2020
ލަލީގާގެ ކިތައް ޓީމު ބާ މޮޅުވީ؟ އެންމެ ޓީމެއް!
ރަޑީފް
27 February 2020
ލެއްގި ކޮމިޝަނަރ..ވީއޭއާރުޕޫލްއިން އެންފީލްޑް ގަ ތި ބުނާ އެތްލެޓިކޯ ފުޑާލާ ތަން ބަލަން އިންނާތި.
ރަދީފް
27 February 2020
މަރުހަބާ ސިޓީ. ރެއާލުން ކުރި ހިތްވަރަށް ސާބަސް.އެހެން ދުވަސްދުވަހު ވާދަވެރި ޓީމްތައް ބަލިވީމަ މަލާމާތުގެ ކޮމެންޓްކުރަން ތިބޭ މީހުން މިއަދު ކޮބާ؟؟ ހޮރުގަ ބާ؟! #ޕުތަމެޑްރިޑް
ލެއްގި ކޮމިޝަނަރު
27 February 2020
ކޮން ހޮރެކޭ ކިޔާކަށް. ރަދީފްގެ އެއްވަނަ ކްލަބް ޔުވެންޓަސް އެއްކަލަ ފާރމާސް ލީގުގެ 7ވަނައިގަ އޮތް ލިޔޯން އަތުން ބަލިވި ވާހަކަ ދައްކަބަލަ. ރެއާލް ބަލިވީމަ ފޯރިއެއް އެބަ ހުއްޓެއްނު. ރަދީފްގެ 3ވަނަ ކްލަބް ބާރސާ އިޓަލީ ލީގުގެ 6ވަނައިގަ އޮތް ނަޕޯލީއާ ކުޅެ ގޯލަށް އެންމެ ޝޮޓެއް ހަދާ، ނަސީބު ރަނގަޅުކަމުން ބަލި ނުވެ ސަލާމަތްވި ވާހަކަ ދައްކަބަލަ. މިހިރީ އީޒީ ފިކްސްޗަރސް ލިބުނީމަ ވާ ވަރު. ސިޓީ ނޫނީ ބަޔާރން ކަހަލަ ޓީމަކާ ޖެހުނީމަ ކިހާ ވަރަކުން ދާނެބާ؟
ރަދީފް
27 February 2020
@ލެއްގިކޮމިޝަނަރާ.ތިބުނި މެޗްތަކުގަ ހަބަރުތަކުގަ ހުރި ކޮމެންޓްސް ކިޔާލަބަލަ.ބަލިވިޔަސް / މޮޅުވިޔަސް އަހަރެން ކޮމެންޓްކުރާނެ.ފާމާސް ލީގޭ ކޮމާންޑޭ ކިޔާނެކަމެއް ނެތް.ވ.ވެދުން
ނާޢިމް
27 February 2020
ބާސާ އަތެއް ނުވާނެ... އެވަރެއްނެތް ???
ނިއްޓެ
28 February 2020
ޕީއެސްޖީ ލީގު ނެގީމަ އެއީ ފާމާސް ލީގު. އެކަމް ފާމާސް ލީގު 7 ވަނަ ޓީމުއަތުން ވެސް އެއްކަލަ މޮޅެތި ލީގު ތަކުގަ ކުޅޭ ޓީމު ވަނީ ބަލި. ލަދު.
ލިވަޕޫލް
27 February 2020
ޜިއާލް ކަޑައޭ މިހާރު
ދިންވޭނުގެ ހިތާމައިގާ
27 February 2020
އިޓަލީގެ ރެފްރީ މެންޗެސްޓާރ ސިޓީން ހުރީ ގަނެފަތަ؟ ސިޓީ ފޯވަޑު ލަނޑުޖެހީ ރިއަލްގެ ޑިފެންޑަރު ބްރަކަށީ އަތްއަޅާ ކޮށްޕާލުމަށްފަހު؛ ދަންޑުގަ ހުންނަ މޮނީޓަރުން ރިޕުލޭވެސް ބަލަން ނުއުޅުނު.
ގަދަބެ
27 February 2020
ހެހެ
އޭނަ
27 February 2020
ލޮލް. އެއީ ފައުލެއްނަމަ ދެން ފުޓްބޯޅަ ކުޅޭނެކަމެއްނެތް. އަހަރެންވެސް ރިޕްލޭ ބެލިން. އެއްވެސް މައްސަލައެއްނެތް.
ޒަރީރް
28 February 2020
ދެއައް ވިއްދާ ކޮއްޕުން އެެއީ ފުޓްބޯޅައިގް ހަމަ ފައުލެއް. ރަގްބީ ގޮތެއް ނޭގެ މަށަކައް.