ކުޅިވަރު / ލިއޮނަލް މެސީ

ބާސެލޯނާގައި މަޑުކުރަން މެސީ ނިންމައިފި

04 ސެޕްޓެމްބަރ 2020 - 22:12

20 comments

ރޮސާރިއޯ، އާޖެންޓީނާ (ސެޕްޓެމްބަރު 4) - މީގެ 10 ދުވަސްކުރިން ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް އެ ކްލަބަށް އެންގިނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް ކްލަބްގައި މަޑުކުރަން ނިންމާފައިވާ ކަމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ ބުނީ އެގޮތަށް ނިންމީ ކޯޓަށް ގޮސްގެން ޓީމު ދޫކޮށްލަން ބޭނުންނުވާތީ ކަމަށެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު މެސީ ބާސެލޯނާ ދޫކޮށްލަން ހުށަހެޅީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެއީ ކޮންޓްރެކްޓްގައިވާ ވަކި މައްދާއެއްގެ ދަށުންނެވެ. އެކަމަކު ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. ބާސެލޯނާގެ ވާހަކަތަކަށް ތާއީދުކޮށް ސްޕެނިޝް ލީގުން ވެސް ވަނީ މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ބުނެފަ އެވެ.

ލަލީގާ އާއި ބާސެލޯނާ އިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އެ އަގު ދައްކައިގެން ކަމަށް ބުނަމުންދިއުމާ އެކު މެސީ އެންމެ ފަހުން ކްލަބްގައި މަޑުކުރަން ނިންމީ އެވެ. ގޯލް.ކޮމް އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ކްލަބްގައި އަންނަ ސީޒަނުގެ ނިޔަަލަށް އޭނާ ކޮންޓްރެކްޓް ނިމެންދެން މަޑުކުރަން ނިންމީ ހުރިހާ ގޮތަކަށް ވިސްނުމަށް ފަހު ކަމަށެވެ.

"އަހަންނަށް އޮތް ފުރުސަތު ކޯޓަށް ހުށަހަޅައިގެން ކުރިއަށްދާން. އެކަމަކު އަހަރެން ލޯބިވާ ކްލަބް ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން ދުވަހަކު ވެސް ބޭނުމެއް ނޫން. އަހަންނަށް މި ދިރިއުޅުން ހޯދައިދިނީ މި ކްލަބުން. އަދި އަހަރެން މި ކްލަބަށް ވެސް ހުރިހާ ކަމެއް އެންމެ ރަނގަޅަށް ކޮށްދިނިން. އަހަރެންގެ ހިތަށް އެއްވެސް އިރެއްގައި ނާރާ ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން،" 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ ބުންޏެވެ.

ކޮންޓްރެކްޓްގައިވާ 700 މިލިއަން ޔޫރޯ ދައްކައިގެން މި ވަގުތުގެ ހާލަތު އޮތްގޮތުން އެއްވެސް ކްލަބަކަށް މެސީ ގެންދެވޭނެ ފުރުސަތެއް ނެތް ކަމަށް މެސީ ގަބޫލުކުރެ އެވެ.

އާޖެންޓީނާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރުގެ މެސީ ކްލަބް ބަދަލުކުރުމުގެ ކަންތައްތައް އެންމެ ސުލްހަވެރިކޮށް ކުރިއަށްގެންދިއުމަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި މެސީ ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ މެސީ ގާތުގައި ބުނެފައިވާ ކަމަށްވެ އެވެ.

ހަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ބުނީ ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ގާތުގައި ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ކުރިން ވެސް ބުނި ކަމަށެވެ. އަދި ކްލަބް ދޫކޮށްލުމުގެ ނިންމުން ނިންމަން ފުރުސަތު ލިބޭނީ ސީޒަން ނިމުމުން ކަމަށް އޭރު ކްލަބުން އޭނާ ގާތުގައި ބުނެފައިވާކަން މެސީ ފާހަގަކޮށްފައިވެ އެވެ.

"އެންމެ މަތީ ލެވެލްގައި ވާދަކުރަން އަހަރެން ބޭނުންވި. ތަށި ހޯދަން. ޗެމްޕިއަންސް ލީގުގައި ވާދަކުރަން. އެ މުބާރާތުގައި ބަލިވެސް ވާނެ އަދި މޮޅު ވެސް ވާނެ. ވަރަށް އުނދަގޫ ވިޔަސް ރަނގަޅު ވާދައެއް ކުރެވެން ޖެހޭނެ. އަހަރެމެން ރޯމްގައި (ރޯމާއާ ދެކޮޅަށް) ލިވަޕޫލްގައި އަދި މި ފަހަރު ލިޒްބަން (ބަޔާން އަތުން 8-2 އިން ބަލިވި މެޗު) ދިޔައި ވާދައެއް ވެސް ނުކުރެވި. މި ހުރިހާ ނަތީޖާއެއްގެ ސަބަބުން އަހަރެން އާ ޗެލެންޖަކާ ދިމާލަން ދާން ބޭނުންވީ،" މެސީ ބުންޏެވެ.

ބާސެލޯނާ ދޫކޮށްލަން އޭނާ ބޭނުންވާ ކަމަށް އާއިލާ މީހުން ގާތުގައި ބުނުމުން އެ މީހުންނަށް ލިބުނީ ފުން ހިތާމައެއް ކަމަށާއި އޭނާގެ ދަރިން ވެސް ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން ކަމަށް ވުމުން މީގެ އުނދަގޫ ނިންމުމެއް ނިންމަން ޖެހޭ ކަމަށް ވިސްނުނު ކަމަށް މެސީ ބުންޏެވެ. އެހެންވެ މި ހުރިހާ ކަމަކަށް ބެލުމަށް ފަހު އޭނާ ނިންމީ ބާސެލޯނާގައި މަޑުކުރުމަށް ކަމަށް އޭނާ ބުންޏެވެ.

އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާގެ ޕްރެކްޓިސްތައް ފަށާފައިވާއިރު، މެސީ އަދި ޕްރެކްޓިހުގައި ބައިވެރިއެއްނުވެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މެސީ ބާސެލޯނާގެ ޕްރެކްޓިހުގައި ބައިވެރިވަން ނިންމާފައިވާއިރު އޭގެ ކުރިން ޕްރޮޓޮކޯލްގެ އުސޫލުތަކުގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގޮތުން ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

20 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބިލީސް

05 September 2020

މެސީ އަކީ ވ ބޮޑާ ހާކާ ގޮލައެއް. މިހުރިހާ ކަމަކީވެސ 8-2 ން ބަލިވީމަ ޖެއްސި ޑްރާމާ

The name is already taken The name is available. Register?

އަލީ އަލީ

05 September 2020

ބަދެގެން ނަމަވެސް މެސީލައްވާ ކުޅުވާތި! ގަދަކަމުން ކުރުވާފަ ހުރި ކައިވެންޏަކާ އެއް ހަމައެއް! ތިއޮތީ މިއަންނަ ސީޒަންގެ ތަށިވެސް ލިބިފަ! ދެން ލަލަލާ!

The name is already taken The name is available. Register?

ރުޒައިނާ

05 September 2020

އަހަރުންނަށް ކުރިންވެސް އެނގޭ މުސާރަ ބޮޑުކުރަން ކުޅުނު ޑްރާމާއެއްކަން

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

05 September 2020

ކަލެއަށް ތިއޮތީ އެނގިފަ.މުސާރައިގެ މައްސަލައެއް ނޫން މިކަމުގަ އުޅެނީ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

05 September 2020

އޮއިލް އެފްސީ ފޭނުންނަށް ވަރަށް ވެދުން.

The name is already taken The name is available. Register?

ހިސޭ

05 September 2020

2014ގެ ފަހުން ކުޅުންތެރިން ގަތުމަށް އެންމެ ބޮޑު ޚަރަދެއްކުރި ޓީމުގެ ފޭނުން އެހެން ޓީމުތަކަށް ނަންނަމުން ގޮވުން މާ ރީއްޗެއްނޫން. މެސީ ކަހަލަ ކްލަބުގެ ލެޖެންޑުންނަށް ފުރައްސާރަކުރާ ސަޕޯރޓަރުން އެހެން ޓީމުތަކަށް އިހްތިރާމް ނުކުރާނެކަންވެސް އެއީ ސްޕޯރޓްސް ސައިކޮލޮޖީން ފެންނަ ކަމެއް. ވެދުން.

The name is already taken The name is available. Register?

އަލީ އަލީ

05 September 2020

އެފްސީ ފޯސްޑް މެރީޑް ގެ ކުދިންނަށް ވަރަށް ސަލާން! އަދި މިވަރުން ދަންޏާ ބަދެގެންވެސް ދަނޑަށް އަރުވާނެ ހެންހީވަނީ! މަޖްބޫރުކޮށްގެން ކުޅުވުމާއި މަސަތްކަ ކުރުވުން ހުއްޓުވާ!

The name is already taken The name is available. Register?

އަންނި.

05 September 2020

ރަދީފް ކީކޭބާ ބުނަނީ މިކަމާ؟ އޭނަ ބުުނި ގޮތަށް މިވީ!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

05 September 2020

ހެހެހެހެ.އަހަރެން ބުނިން ދޯ މެސީ ކޮއްކޮ އަދި 1 ސީޒަން ބާސާއަށް ކުޅެދޭނެއޭ.މެސީ އެއީ އިހްލާސްތެރިއެއްކަން އަހަންނަށް އެނގޭ.

The name is already taken The name is available. Register?

މިވީ ކިހެނެއް؟

05 September 2020

އެކަމަކު ކުރީ ދުވަހެއްގަ ގައިމު ބުނެފަ އޮތް އާޖެންޓީނާގެ ރައީސް ބުނާގޮތް ހަދައިގެން ދެން ގައުމައް ދިއުމޭ އެންމެ ރަނގަޅު ގޮތަކީ! ރަދީފޫ ތީދެން ތަންފުކެއް ބޮޑުވަރު

The name is already taken The name is available. Register?

.ނިއުމާ

05 September 2020

ރަދީފުގެ ބަހެއް މިކަމުގަ ވަރަށް މުހިއްމު!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

05 September 2020

ރަދީފް ދެން މިކަމުގަ ކީކޭ ބުނާނީ.މީގެ 5 ދުވަސްކުރިން އަހަރެން ބުނިން ދޯ މެސީ ކޮއްކޮ އަދި 1 ސީޒަން ބާސާއަށް ކުޅެދޭނެއޭ.#ވިސްކައެލްބާސާ #ވިސްކައެލްބާސާ

The name is already taken The name is available. Register?

ދަރަނި ދަންތުރަ

04 September 2020

އުނބަންޖެހުމަކީ ކޮބައިބާ ؟

The name is already taken The name is available. Register?

އާރީ

04 September 2020

ބާސާއިން ނާއި ލަލީގާއިން މެސީއަށް ބިރުދެށްކީ. އެކަން އެގޭނެ ލީގު ފެށީމަ. މެސީ ބެންޗުގަ ބައިންދާފަ ކުޅުން ހަލާކޮށްލާނެ ބަލަށް ތިބޭ

The name is already taken The name is available. Register?

ވިޒް

05 September 2020

މެސީބެންޗުގަ ބައިން ދާގެން. ހަލާކު ވާނީ ބާސާ އޯކޭ

The name is already taken The name is available. Register?

ދޮންހަސަނު

04 September 2020

ކަނޑަ. %90 މެސީގެ ފޭނުން މިހާރު ބަލާލަން ބޭނުންވާނީ މެސީ އެހެން ޓީމަކާއެކު ކުޅެލާތަން.

The name is already taken The name is available. Register?

އާދަމް ބާއީ

04 September 2020

މެސީ އުނބަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454