16 ސެޕްޓެމްބަރ 2020 - 09:38
ލަންޑަން (ސެޕްޓެމްބަރު 16) - ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅުންތެރިއަކަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ވެއްޖެ އެވެ.
ފޯބްސް މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ކުޅިވަރު ކުޅުންތެރިންގެ ލިސްޓު މިދިޔަ މެއި މަހު އާންމުކުރިއިރު، އެ ލިސްޓުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެކަމަކު ދާދި ފަހުން އާންމުކުރި ލިސްޓުގައިވާ ގޮތުން މެސީ ވަނީ އެންމެ ކުރިއަށް ޖެހިލައިފަ އެވެ.
ބާސެލޯނާ ދޫކޮށްލަން ނިންމި މެސީ އަލުން އެ ޓީމުގައި މަޑުކުރަން ނިންމިއިރު މި އަހަރު އޭނާ އަށް ލިބޭ އާމްދަނީއާ އެކު އޭނާ އެންމެ އާމްދަނީ ބޮޑު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް އަރާނެ އެވެ. އެއީ 126 މިިލިއަން ޑޮލަރު ހޯދައިގެންނެވެ. ރޮނާލްޑޯގެ އާމްދަނީ އުޅެނީ 117 މިލިއަަން ޑޮލަރުގަ އެވެ.
މެސީގެ އާމްދަނީގެ 92 މިލިއަން ޑޮލަރަކީ މުސާރަ އެވެ. އިސްތިހާރުތަކުގެ އެންޑޯސްމަންޓް ޑީލުތަކުން މެސީ އަށް 34 މިލިއަން ޑޮލަރު ލިބެ އެވެ. ދެ ވަނައިގައި އޮތް ރޮނާލްޑޯގެ މުސާރަ އަކީ 70 މިލިއަން ޑޮލަރެވެ. އެންޑޯސްމަންޓު ޑީލުތަކުގެ ތެރެއިން ރޮނާލްޑޯ އަށް 40 މިލިއަން ޑޮލަރު ލިބެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މެސީ ބާސެލޯނާގައި މި ސީޒަން އެއްކޮށް ފުރިހަމަކޮށްފިނަމަ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ ދެ ވަނަ ކުޅުންތެރިއަކަށް އޭނާ ވާނެ އެވެ. އެންމެ ފުރަތަަމަ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުޓްބޯޅަ ކުޅުންތެރިއަކީ ރޮނާލްޑޯ އެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބޭ 10 ކުޅުންތެރިންގެ ތެރޭގައި ވަކި ވަކި ކްލަބަށް ބަލާއިރު އެންމެ ގިނައީ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ އަދި ބާސެލޯނާ ކުޅުންތެރިންނެވެ. މެސީގެ އިތުރުން ދެން ބާސެލޯނާގެ އޮތީ އެންޓޮއިން ގްރީޒްމަން އެވެ. ގްރީޒްމަން ލިސްޓުގެ ހަތް ވަނައިގައި އޮތްއިރު އޭނާގެ އާމްދަނީ އަކީ 33 މިލިއަން ޑޮލަރެވެ.
ޕީއެސްޖީގެ ނޭމާ ތިން ވަނައިގައި އޮތްއިރު ހަތަރެއްގައި އޮތީ އެ ޓީމުގެ ކީލިއަން އެމްބާޕޭ އެވެ. ނޭމާ އަށް 96 މިލިއަން ޑޮލަރު ލިބޭއިރު، އެމްބާޕޭ އަށް 42 މިލިއަން ޑޮލަރު ލިބެ އެވެ. ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ހަ ވަނައިގައި އޮތްއިރު އޭނާ އަށް 34 މިލިއަން ޑޮލަރު ލިބެ އެވެ. އަދި އެ ޓީމުގެ ޑެހެއާ 10 ވަނައިގައި އޮތީ 27 މިލިއަން ޑޮލަރު ހޯދައިގެންނެވެ.
ލިސްޓުގައި ދެން ހިމެނެނީ ލިވަޕޫލްގެ މުހައްމަދު ސަލާހާއި ރެއާލް މެޑްރިޑްގެ ގަރެތު ބޭލް އަދި ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އެވެ. ފަސް ވަނައިގައި އޮތް ސަލާހަށް 37 މިލިއަން ޑޮލަރު ލިބެ އެވެ. ބޭލް އަށް 29 މިލިއަން ޑޮލަރު ލިބޭއިރު، ލެވަންޑޯސްކީ އަށް 28 މިިލިއަން ޑޮލަރު ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
16 September 2020
މިގައުމަކު ތިކަމެއް ނުވާނެ ކޮރަޕުސަންނެތީމަ
ވައިސޫރި
16 September 2020
މިފަހަރުވެސް ރާއްޖޭގެ ކުޅުންތެރި އަކު ލައްވައެއްނުލާ ވަރައްދެރަ ދިވެހިން ހާދަހާ ދެކެންބޭނުންވާ ދުވަހެއްއެއީ
ކްއިކްގަން މުރުގަން
16 September 2020
ކަލޯ މާޒިޔާ އަށް ތިޔަކަންވާން އޮތީ !! ޢެކަމަކު ގެއްލުން ވީކަމަށް ބުނީ އިހަކަށް ދުވަހު ދެން ކިހިނެއް ދޭނީ؟؟؟
ރަދީފްއޮފިޝިއަލް
16 September 2020
ކޮބާ ފެނޭތަ؟ ފެނޭ ދޯ.
އާއިޝަތު ރަދީފާ
16 September 2020
ކޯއްޗެއްތަ؟ ރޮނާލްޑޯގެ ފަހަތުން 2ވަނައަށް ބިލިއަން ޑޮލަރު ކްލަބަށް ވަންނަން އުޅޭ ވާހަކަ. ޚަބަރު އެއްކޮށް ކިޔާބަލަ.
އޭނަ މީނަ
17 September 2020
އާއިޝަތު ރަދީފާޔަށް. ކަލެޔަށް ކިހިނެތްތަ އިނގެނީ މެސީޔަކީ ބިލިޔަނަރެއްނޫންކަމެއް. އޭނަގެ އާއިލީ ވިޔަފާރީގެ މަޢުލޫމާތުތައް އޮންނަނީ ސިއްރުކޮށްފައި. ފޯބްސްއަށްވެސް އާންމުކުރެވޭނީ އެމީހުންނަށް އޮފިޝިއަލީ ޔަޤީންކުރެވޭ އެއްޗެހި. މެސީޔަށް އެނގޭނީ އޭނަގެ މިލްކިއްޔާތުގައި ހުރިވަރު. ރޮނާލްޑޯހެން މެސީ އޭނަގެ ޕާރސަނަލް ކަންތައްތައް މީޑިޔާޔަށް ތިލަނުކުރޭ.
އާއިޝަތު ރަދީފާ
18 September 2020
ޓެކްސް އަށް މަކަރު ހަދަންތަ ހާމަނުކުރަނީ؟
އޭނަ މީނަ
20 September 2020
އާއިޝަތު ރަދީފާޔަށް. ކަލޭގެ ހީރޯޔާ މެސީގެ ތެރެއިން ކާކުތަ އެންމެ ބޮޑު އަދަދުން ޓެކްސްއަށް މަކަރުހެދީ. އަނެއްކާ މެސީގެ އެކަންތައް ފާހަގަވީ އޭނަގެ ޓީނޭޖް ދުވަސްވަރު. އޭރު އޭނަޔަށްވެސް ނޭނގޭނެ މާކަގިނަ ކަންތައްތަކެއް. މިބުނީ 17 އަހަރާއި 18 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިން ޓެކްސް ކަންތައްތަކުގައި މާކަބޮޑަކަށް ނުވިސްނާނެޔޭ.
ރޯބަ
16 September 2020
ބޮޑު މުސާރަދެނީ އެހެން ބައެއް، އެކަމަކު ފުޓުބޯޅަ ހަލާކުރާކަމުގެ ތުހުމަތުވެސް އެންމެ ގިނައިން މިކުރަނީ، ހަމަ ބޮޑު މުސާރަދޭ ފަރާތްތަކުން، މިއީ ދުނިޔޭގެ އާދަ، ގުދޯގުދޯގޮވުން.