18 ސެޕްޓެމްބަރ 2020 - 11:45
ޝަންހާއީ (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ބާކީ މެޗުތައް ޗައިނާގައި ދެއްކުމަށް ޓެންސެންޓް ސްޕޯޓްސްއާ އެކު ވަގުތީ އެއްބަސްވުމެއް ހަދައިފި އެވެ.
ޕްރިމިއާ ލީގުގެ މެޗުތައް ޗައިނާގައި ސްޓްރީމް ކުރަން ކުރިން އޮތީ ޕީޕީޓީވީއާ އެކު އެވެ. އެކަމަކު ޕީޕީޓީވީއާ އެކު ހަދާފައި އޮތް އެއްބަސްވުން ކުއްލި ގޮތަކަށް މި މަހު ކުރީކޮޅު ވަނީ އުވާލައިފަ އެވެ.
ޕްރިމިއާ ލީގުން 700 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ޕީޕީޓީވީއާ އެކު ސޮއިކުރީ 2019 އިން 2022 އަށް ކޮންމެ ސީޒަނެއްގެ 380 މެޗު ދެއްކުމަށެވެ. އެ ޑީލަށް އެއްބަސްވި ފުރަތަމަ ސީޒަނުގައި ކޮވިޑް-19ގެ ސަބަބުން ތިން މަސް ދުވަހަށް ޕްރިމިއާ ލީގުގެ މެޗެއް ނުކުޅެ ތިބެން ޖެހުމުން އެ މުއްދަތަށް ކެނޑުމަށް ފަހު ފައިސާ ދޭން ޕީޕީޓީވީ އިން ބޭނުންވި އެވެ. އެކަމަކު ޕްރިމިއާ ލީގުން އެގޮތަށް އެއްބަހެއްނުވި އެވެ. އަދި މާޗް މަހުގެ ކުރިން ޕީޕީޓީވީ އިން ދޭން ޖެހޭ 160 މިލިއަން ޕައުންޑް (212 މިލިއަން ޑޮލަރު) ދޭން ދެކޮޅު ހަދާތީ ދިގު މަޝްވަރާތަކަކަށް ފަހު އެއްބަސްވުން އުވާލަން ނިންމީ އެވެ.
China TV deal huttumun premier league ah gellun
The most trusted news source in the Maldives
Mihaaru
ޗައިނާގެ ޕީޕީޓީވީއާ އެކު ޕްރިމިއާ ލީގުގެ ޑީލް ހުއްޓާލުމުން ގެއްލުންތަކެއްވި.
ޗައިނާގައި އެންމެ ގިނައިން ބަލާ ލީގަކީ ޕްރިމިއާ ލީގު ކަމަށްވާއިރު، ޕްރިމިއާ ލީގުގެ އާ ސީޒަންގެ މެޗުތައް ނުފެންނާތީ ގިނަ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ޓެންސެންޓް ސްޕޯޓްސް އިން ޕްރިމިއާ ލީގާ އެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން މި ސީޒަނުގައި ބާކީ ދެން އޮތް 372 މެޗު ޗައިނާގައި ދައްކާނެ އެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއްބައި މެޗު ހިލޭ ދެއްކުމުގެ ވިސްނުމެއް ޓެންސެންޓް ސްޕޯޓްސް އިން ގެންގުޅެ އެވެ. ހުރިހާ މެޗެއް އެއްކޮށް ބެލޭނީ ޓެންސެންޓް ސްޕޯޓްސްގެ މެމްބަޝިޕް އޮތް މީހުންނަށެވެ.
މި ޑީލުގެ ތެރެއިން ޓެންސެންޓް ސްޕޯޓްސް އިން އެ މީހުންގެ ޕްލެޓްފޯމްތަކުގައި ގިނަ އަދަދެއްގެ ޕްރިމިއާ ލީގުގެ ގޭމިން ވީޑިއޯތައް ވެސް އާންމުކުރާނެ އެވެ. ޓެންސެންޓް ސްޕޯޓްސްގެ ޖެނެރަލް މެނޭޖަރު އެވެލް ޒާއޯ ވިދާޅުވީ ޕްރިމިއާ ލީގުގެ ޗައިނާ ސަޕޯޓަރުންނާއި ހުރިހާ ސަޕޯޓަރުންނަށް ހާއްސަ ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ.
ޕްރިމިއާ ލީގާއި ޓެންސެންޓް ސްޕޯޓްސް އިން މި ކޮންޓްރެކްޓްގެ އަގެއް ހާމަކޮށްފައިނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުން މިއީ 200-300 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. މި ކޮންޓްރެކްޓްގައިވާ ކަންތައްތައް ފުރިހަމަކޮށް ގޮސްފިނަމަ ދިގު މުއްދަތަކަށް ޓެންސެންޓް ސްޕޯޓްސްއާ އެކު އެއްބަސްވުން ހެދުމުގެ ވިސްނުން ޕްރިމިއާ ލީގުން ގެންގުޅެ އެވެ.
ޗައިނާއާ އެކު ހެދުނު މި ޑީލާ އެކު ޕްރިމިއާ ލީގަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ އެވެ. އެއީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހޭތީ ކްލަބްތަކުގެ އާމްދަނީ އަށް ބޮޑު ވެއްޓުމެއް އަައިސްފައިވާއިރު، ޗައިނާ ފަދަ ޕްރިމިއާ ލީގުގެ ބޮޑު މާކެޓަކުން އާމްދަނީއެއް ނުލިބޭނަމަ ކްލަބްތަކަށް ގެއްލޭ ފައިސާ އިތުރުވާތީ އެވެ. ޗައިނާގައި ޕްރިމިއާ ލީގު ނުދައްކާނަމަ ލީގުގެ ކޮންމެ ކްލަބަކަށް އަހަރަކު މަދުވެގެން 10-25 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށް ޕްރިމިއާ ލީގުގެ ތަޖުރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާގުކޮބާ؟
18 September 2020
ދިރާގުންވެސް އެބަޖެހޭ ކޮންމެވެސް ގޮތެއް ހޯދަން!
ދިރާގު
18 September 2020
ތިހާ ބަލާހިތް ވަންޏާ މީޑިއާނެޓް ގުޅާބަލަ. ދެރަ ކަމެއްނު