10 ޖޫން 2019 - 12:36
އާއިލާއާ އެކު މިދިޔަ ހަފުތާގައި ރާއްޖެ އައި ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީއާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްދަލު ކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވިވެކާ އެކު ބޭއްވި ބައްދަލުވުމުގައި އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރުމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ރާއްޖެއާ ބެހޭ ގޮތުން ވިވެކް ފާޅުކުރި ޝުއޫރުތަކަށް މަރުހަބާ ކިޔާ ކަމަށް ވެސް ބުންޏެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރާއްޖެ އައި ވިވެކް ޗުއްޓީ ހޭދަ ކުރަނީ ރ. އަތޮޅުގައި އަދާރަން އިން ހިންގާ ހެރިޓެންސް އާރަށުގަ އެވެ. މި ދަތުރުގައި ވިވެކާ އެކު އޭނާގެ މަންމަ އާއި ބައްޕަ އާއި އަންހެނުންނާއި ދެ ކުދިން ވެސް ބައިވެރިވެ އެވެ. އަދި މިއީ ވިވެކް އާއިލާއާ އެކު ރާއްޖެ އައި ދެވަނަ ފަހަރު ވެސް މެ އެވެ.
Bollywood legend @vivekoberoi calls on Minister @ali20waheed and discusses the potential for promoting Maldives as a top destination in India. We are delighted by your appreciation of the beauty of our country and the warmth of our people. pic.twitter.com/RvOcEXVXSn
— Ministry of Tourism (@TourismMv) June 10, 2019
އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން މި ފަހުން ޗުއްޓީ ހޭދަ ކުރާ މަންޒިލަކަށް ރާއްޖެވެފައިވާ އިރު، ރާއްޖެ އަށް މި ސަރަހައްދުގެ ގައުމުތަކުން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމަކީ ވެސް އިންޑިއާ އެވެ.
އިންޑިއާގެ ފިލްމުތަކާއި ފިލްމީ ތަރިންނަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ބައެކެވެ.
ވިވެކް ޗުއްޓީ އަށް މި ފަހަރު ރައްޖެ އައިސްފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އަށް ވަޑައިގަތް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް އޭނާ ކުޅުނު ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" މިދިޔަ މަހުގެ 24 ގައި ރިލީޒްކޮށްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންްނި
12 June 2019
ލެޖެންޑަކަށް ވީ ކިހިނެއް ބާ؟ ދެތިން ފްލޮޕް ފިލްމު ކުޅެލާއިރަށް އަދި ލެޖެންޑަކަށްވޭތަ؟ މިހާރު ކުޅޭނެ ފިލްމެއް ނުލިބި އުޅޭތާ އެތައް އަހަރެއް ފަހުން މޯޑީގެ ބަޔޯޕިކް ކުޅެން ލިބުނީ. އެވެސް ސަރުކާރުގެ އެހީގަ އިންތިހާބަށް ނުފޫޒު ފޯރުވަން، ޕްރޮޕެގެންޑާ ފަތުރަން އުފެއްދި އެއްޗެއް. އެންމެ ފަހުން ފިލްމު އެޅުވީމަވެސް 20 ކްރޯޑް ކިރިޔާ ލިބުނީ. އެވަރެޖް ފިލްމެއް. އެކަމަކު ބޮކްސިންގ ތަޅާ މީހުންގެ ބަޔޯޕިކްއާ ދުވާ މީހުންގެ ބަޔޯޕިކްތައް މާ ކާމިޔާބު ހޯދާފަ އެބަހުރި
މީމަށޭ
10 June 2019
ނުވާވަރު ކަމަކާ ހަވާލުވީމަ ވާނީ މިހެން
Sameen
10 June 2019
ތީވެސް ދެން މީހެއްތަ މީހަކު ބައްދަލު ކުރަން ކުރާބެ މަސައްކަތެއް ނުލިބި ވައިވެގެން އުޅޭ މީހެއް ފޮނިކަން އިންތިހާ
ފާރޫގް
10 June 2019
ތިދެން ކާކު? ތި ސޮރު މިހާރު ދެތިންފިލުމް ކުޅެފަ ފުލޮފް ވެގެން ހުއްޓާލީތާ އެތަށް އަހަރެއްވެއްޖެ. އެކަމް އަލީވަހީދު މެންނަށް ތި ނޫން މީހަކު ނުލިބުނި
ބާބާ
10 June 2019
މިތަނަށް ޗުއްޓީއެއް ހޭދަކޮށްލަން އަންނަ މީހުންނާއެކު މީދެން ކޮން ސަކަރާތެއް. އެވެސް އެންމެ އާދައިގެ ފިލްމުސްޓާއަކާއެކު. މީއީތަ އަހަރުމެންގެ ލެވެލްއަކީ؟
މާޓިން ބަޝީރު
10 June 2019
މީ އަލީވަހީދުއާ މަހުލޫފު ދަނެގެން އުޅޭކަމެއް. ފިލްމީ ތަރިއެއް ރަށުން ބޭރުން ފެނުނަސް ރާއްޖޭފެނުނަސް އެމީހުން ފޫބުޑުގަ ސެލްފީއެއް ނުނެގިގެން. ތިގޮތް ދޫކޮށް ތަންކޮޅެއް ސީރިއަސްވާން ވެއްޖެއެއްނުން.
ސަޅި
10 June 2019
ޓޫރިޒަމް ޕްރޮމޯޓްކުރަންވެސް އިންޑިއާ ނޫން ތަނެއް ހޯދާ ހޯދާ ނުފެނުނު. އިންޑިއާއަށް ވަރަށް އާ ވާނެ ރާއްޖެ.
ކަރީމުއްދީން ބާޝާ
10 June 2019
ތި ބައްދަލުކުރެވުނީ މޮޑީއާ.
ހޯރަ
10 June 2019
ކޮބާތަ ހުޅުވާލަށް ބުނި ރިސޯޓް ހަދާ ރަށްތައް. ރަށްއިތަކަށް ފައިދާވާކަމެއް ކޮށްބަލަ. އަބަދުވެސް ތި އުޅެނި ފިލުމް ކުޅޭމީހަކާ ފުޓްބޯޅަކުޅޭ މީހުން ފަހަތުން. އެވެސް އެއްމެ ދަށްފަތީގެ މީހުން. ސުޓާރުންނޭ މިކާ މީހަކު އަދި ނުގެނެވެ.
ކިއްލި ފާތުމަ
10 June 2019
ދެއްކުނތެރިކަމުގައިވެސް ކޮންމެވެސް ލިމިޓެއް އޮންނަންވާނެ. އަލީވަހީދު ކުރާނެކަމެއް ނެތިއްޔާ ގެއަށް ދާންވީނު. ކޮން ސަކަރާތެއް ތިޖަހަނީ؟ އަންނި ރުއްސޭތޯ ޓްވީޓްކޮށްފަ، މަގާމް ގައި ހުރެވޭތޯ ވައިޖެހުން ނޫން ދެން ކޮންކަމެއް މިހާރު އޮތީ؟ އެކަކުވެސް އިތުބާރެއް ނުކުރޭ.