25 އޯގަސްޓް

August 25, 2019 3
އިންޑިއާ-ޕާކިސްތާން ވައިގެ ހަމަލާ އަށް ފިލްމެއް ހަދަނީ

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕުލްވާމާ އަށް ދިން ހަމަލާ އާއި އެކަމާ ގުޅިގެން އެ ގައުމުން ޕާކިސްތާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އަސްކަރީ ވައިގެ އޮޕަރޭޝަނަށް ބިނާކޮށް ވިވެކް އޮބެރޯއީ ފިލްމެއް ހަދަން ނިންމައިފި އެވެ.

10 ޖޫން

June 10, 2019 15
ޓޫރިޒަމް މިނިސްޓަރު، ވިވެކާ ބައްދަލުކޮށްފި

އާއިލާއާ އެކު މިދިޔަ ހަފުތާގައި ރާއްޖެ އައި ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީއާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްދަލު ކުރައްވައިފި އެވެ.

06 ޖޫން

June 06, 2019 3
މޯދީގެ ރޯލް ކުޅުނު އެކްޓަރު ވިވެކް ރާއްޖޭގައި

މިދިޔަ މަހު ރިލީޒް ކުރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ޑްރާމާގައި މޯދީގެ ރޯލް ކުޅުނު ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

23 މެއި

May 23, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ބާހްބަލީ" އިން ވިދައިލި އެކްޓަރު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ސާހޯ" އަންނަ އޮގަސްޓް މަހުގެ 15 ގައި ރިލީޒްކުރާ ގޮތަށް ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

22 މެއި

May 22, 2019 2
އައިޝްވާރިޔާއަށް ވިވެކް ނިސްބަތްކުރި ޓްވީޓް ޑިލީޓްކޮށްފި

އިންޑިއާގެ އާންމު އިންތިހާބު ނިމުމާ ދިމާކޮށް އެކްޓަރު ވިވެކް އޮބެރޯއީ ކުރީގެ ލޯބިވެރިޔާ އައިޝްވާރިޔާ ރާއީ އަށް ނިސްބަތްކޮށް ހޯމަ ދުވަހު ކުރި ޓްވީޓެއްގެ ސަބަބުން އޭނާ އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން އެ ޓްވީޓް އަންގާރަ ދުވަހު ޑިލީޓްކޮށްލައިފި އެވެ.

05 މެއި

May 05, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ އާންމު އިންތިހާބު ކުރިއަށްދާތީ، އިލެކްޝަން ކޮމިޝަނުން ހުއްޓުވި ވިވެކް އޮބެރޯއީގެ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" މި މަހުގެ 24 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

18 އެޕްރީލް

April 18, 2019
މޯދީގެ ފިލްމުގެ ޓްރެއިލާ ގެއްލިއްޖެ

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ނުކުރެވި، ފިލްމު ދެން ރިލީޒް ކުރެވޭނީ މިހާރު ކުރިއަށްދާ އާންމު އިންތިހާބުގެ ފަހުން ކަމަށް އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އެންގުމާ އެކު ފިލްމުގެ ޓްރެއިލާ ވެސް ޔޫޓިއުބުން ގެއްލިއްޖެ އެވެ.

07 އެޕްރީލް

April 07, 2019
"ޕީއެމް ނަރެންދުރަ މޯދީ" މި މަހުގެ 11 އަށް ފަސްކޮށްފި

ކުރިން މިދިޔަ ހުކުރު ދުވަހު ރިލީޒްކުރަން އޮތް އިންޑިއާގެ މިހާރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒްކުރުން ފަސްކޮށް ދޭން އެދި ކޯޓާއި އިންޑިއާގެ އިލެކްޝަން ކޮމިޝަނަށް ވެސް އެކި ފަރާތްތަކުން ހުށަހެޅުމާ ގުޅިގެން ފިލްމު މި މަހުގެ 11 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

29 މާޗް

March 29, 2019
މޯދީގެ ފިލްމު ހުއްޓުވަން ކޯޓަށް

އިންޑިއާގެ އާންމު އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ނެރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް އެ ފިލްމު ރިލީޒް ކުރުން ހުއްޓުވައި ދޭން މުމްބާއީގެ ކޯޓަކަށް ހުށަހަޅައިފި އެވެ.

25 މާޗް

March 25, 2019
ޖާވިދާއި ސަމީރަށް ކްރެޑިޓް ދިން ސަބަބު ސާފުކޮށް ދީފި

އަންނަ މަހު ރިލީޒްކުރާ، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ ޕޯސްޓަރުގައި މަޝްހޫރު ދެ ޅެންވެރިން ކަމަށްވާ ޖާވިދު އަހްތަރާއި ސަމީރަށް ކްރެޑިޓް ދިނުމުން އެ މީހުންނަށް އެރި އޮޅުން ފިލްމުގެ ޕްރޮޑިއުސަރު ސަންދީޕް ސިންގް ސާފުކޮށް ދީފި އެވެ.

22 މާޗް

March 22, 2019 1
ޕީއެމް ނަރެންދުރަ މޯދީ: ވިވެކް މޯދީއާ ވައްތަރުތަ؟

ގިނަ ބަޔަކު އެ ފިލްމަކަށް އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އިންޑިއާގެ މިހާރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

20 މާޗް

March 20, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒް ކުރާ ތާރީހު އަވަސްކޮށްފި އެވެ.

18 މާޗް

March 18, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހު ރިލީޒްކުރާ ފިލްމު "ކަލަންކް" ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

16 މާޗް

March 16, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ރޯލް، ޝްރަދާ ކަޕޫރު ކުޅެން ސޮއިކޮށް، މިދިޔަ އަހަރު އޭނާ ބެޑްމިންޓަންގެ ތަމްރީނުތަކެއް ވެސް ހެދި ބައޮގްރަފިކަލް ޑްރާމާ "ސައިނާ" ގެ ބަތަލާއަކަށް ޕަރިނީތީ ޗޯޕްޅާ ހަމަޖައްސައިފި އެވެ.

17 ފެބުރުއަރީ

February 17, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގައި މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅެމުން އަންނަ އިރު، ފިލްމުގައި އޭނާގެ މަންމަގެ ރޯލް ކުޅެން ޒަރީނާ ވައްހާބް ސޮއިކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ ޝޫޓިން ފަށައިފި އެވެ.

16 ޖެނުއަރީ

January 16, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެކްޓަރު ކަމަލް ހަސަންގެ ވަދާއީ ފިލްމު "އިންޑިއަން 2" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

08 ޖެނުއަރީ

January 08, 2019 6
މޯދީގެ ގޮތުގައި ވިވެކް ދައްކާލައިފި

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

05 ޖެނުއަރީ

January 05, 2019
ބޮޑުވަޒީރު މޯދީގެ ރޯލް ކުޅެން ވިވެކް ތައްޔާރުވެއްޖެ

އިންޑިއާގެ މިހާރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތާ ބެހޭ ފިލްމެއް ހަދާ ވާހަކަ ދެކެވޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން މޯދީގެ ރޯލުން ބޮޑު ސްކްރީނުގައި ކުޅޭނީ ދުވަސްވީ އެކްޓަރުން ކަމަށްވާ ޕަރޭޝް ރާވަލް ނޫނީ ޝަތުރަގަން ސިންހާ އެވެ. އެ ދެ އެކްޓަރުންނަކީ ވެސް މިހާރު ސިޔާސީ...

08 އޯގަސްޓް

August 08, 2017
ސްކައިލިމިޓް ވެލްނެސްގެ ބޮޑު ހިއްސާއެއް ވިވެކަށް

ބޮލީވުޑްގައި މާ ބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް، އެކްޓަރު ވިވެކް އޮބެރޯއި އަކީ އޭނާގެ ފައިސާ އިޖުތިމާއީ ހިދުމަތްތަކަށް ވަރަށް ބޮޑަށް އިންވެސްޓް ކުރާ އެކްޓަރެކެވެ. ގެދޮރު ނެތް މީހުންނަށް ގެދޮރު ހޯދައި ދިނުމަކީ މިހާރު ވެސް އޭނާ ރިއަލް ސްޓޭޓް ވިޔަފާރީގެ ތެރެއިން ކުރާ ކަމެކެވެ.